Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގއ. އަތޮޅު ކައުންސިލް

ގއ. އަތޮޅު ކައުންސިލުން މާލީ ހިސާބުތައް ބަރާބަރަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް

މުޢާމަލާތްތަކުގެ ތަފުޞީލް މާލީ ބަޔާނުގައި ހިމަނާފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2020 | އަންގާރަ 07:25
ގއ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި އެ އިދާރާގެ މުވައްޒަފުން

ގއ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި އެ އިދާރާގެ މުވައްޒަފުން

ގއ. އަތޮޅު ކައުންސިލުން އެ އިދާރާގެ މާލީ ހިސާބުތައް ބަރާބަރަށް ބަލަހައްޓާފައި ނުވާކަން އެ އިދާރާގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެ ކައުންސިލްގެ ބަޖެޓު ބާކީގެ ގޮތުގައި ކައުންސިލްގެ އިދާރާއަށް ދޫކޮށްފައިވާ ފައިސާއަކީ، އެކިއެކި ކޯޑު ތަކުގައި އަހަރުގެ ނިޔަލަށް ހުރި ބާކީކަން ކަށަވަރު ނުކުރެވުމާއި މި މުޢާމަލާތުގެ ތަފުޞީލު މާލީ ބަޔާނުގައި ހިމަނާފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިނިސްޓްރީ އޮފް ފިނޭންސް އިން ކައުންސިލް އިދާރާގެ ބަޖެޓް ބާކީގެ ގޮތުގައި 1،387،561 (އެއް މިލިއަން ތިން ލައްކަ އަށްޑިހަ ހަތް ހާސް ފައްސަތޭކަ ފަސްދޮޅަސް އެކެއް) ރުފިޔާ 31 ޑިސެމްބަރ 2018 ގައި ކައުންސިލްގެ އިދާރާގެ ޖީއެލް އަށް ޕޯސްޓް ކޮށްދީފައިވާއިރު، މިފައިސާއަކީ 2018 ވަނަ އަހަރުގެ ބަޖެޓް ބާކީގެ ތެރެއިން ކޮންކޮން ކޯޑުތަކެއްގެ ބާކީކަން އެނގޭނެ ފަދަ ގޮތަކަށް ތަފުޞީލު ކައުންސިލްގެ އިދާރާއިން ފޯރުކޮށްދީފައި ނުވެއެވެ.

އަދި ކައުންސިލްގެ އިދާރާގެ ޖީއެލް އިން ފައިސާ އުނިކުރެވުނީ ކޮން ކޯޑުތަކަކުން ކަން އޮޑިޓަރުންނަށް ސާފުކޮށްދެވިފައި ނުވާތީ، މި ފައިސާ އަކީ ކައުންސިލްގެ އިދާރާގެ އަހަރުގެ ނިޔަލަށް ހުރި ބަޖެޓް ބާކީ ކަން ޔަޤީން ނުކުރެވުނުކަމަށާއި، އަދި މި ފައިސާ ކައުންސިލްގެ އިދާރާގެ މާލީ ބަޔާނުގައި ހިމަނާފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން މި ޢަދަދު ގެނެސްފައިވާ ގޮތުގެ ތަފުޞީލް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭނޭސްގައި އެދިފައި ވީނަމަވެސް، 19 ޑިސެމްބަރ 2019 ގެ ނިޔަލަށްވެސް މި އެންޓްރީގެ ތަފުޞީލް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޯރުކޮށް ދީފައި ނުވެއެވެ.

މިގޮތުން މި ފައިސާ މާލީ ބަޔާނުގައި ހިމަނާފައި ނުވާތީ، ސުވާލު ކުރުމުން ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ދީފައިވަނީ މިފައިސާ މިނިސްޓްރީ އޮފް ފިނޭންސް އިން 31 ޑިސެމްބަރ 2018 ގެ ތާރީޚުގައި ޖީއެލް އަށް ޕޯސްޓް ކޮށްފައިވީ ނަމަވެސް، ކައުންސިލްގެ އިދާރާގެ ބޭންކް އެކައުންޓަށް ޖަމާވެފައިވަނީ 28 މާރޗް 2019 ގައި ކަމަށާއި، ކައުންސިލުން މާލީ ބަޔާން ތައްޔާރުކޮށް ހުށަހަޅަންޖެހެނީ 31 މާރޗް 2019 ކަމަށްވެފަ،އި މި މުޢާމަލާތުގެ މަޢުލޫމާތު ހިމެނޭ ސަރކިއުލަރ 12 މެއި 2019 ގައި އެލްޖީއޭ އަށް ފޮނުވުމުން، އެލްޖީއޭ އިން ކައުންސިލްގެ އިދާރާތަކަށް ފޮނުވާފައިވަނީ 14 މޭއި 2019 ގައިކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަދި މާލީ ބަޔާން ތައްޔާރު ކުރުމަށްފަހު އޮޑިޓް ކުރުމަށްޓަކައި ހުށަހަޅަންޖެހޭ ތާރީޚު ކަމުގައިވާ 31 މާރޗް 2019 ގެ 3 ދުވަސް ކުރިން މަޢުލޫމާތު ލިބިފައިވާތީ އާއި އަދި ބަޖެޓް ބާކީ ފޮނުވިއިރު އުނި ކޮށްފައިވަނީ ޖީއެލްގެ ކޮން ކޯޑުތަކެއްކަން އެނގޭނޭ ގޮތަށް މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުވާފައި ނުވާތީ، މާލީ ބަޔާނުގައި ނުހިމެނު ކަމަށް ބުނެފައިވެއެވެ.

މިކަން އިޞްލާޙުކުރަން އޮޑިޓް އޮފީހުން ލަފާ ދީފައިވަނީ ފިނޭންސް މިނިސްޓްރީ އާއި މަޝްވަރާ ކުރުމަށްފަހު މި ފައިސާ އަކީ ބަޖެޓް ބާކީ ކަމުގައިވާނަމަ، ފައިސާ އުނިކުރެވުނީ ކައުންސިލްގެ އިދާރާގެ ޖީއެލްގެ ކޮން ކޯޑުތަކަކުންތޯ ބެލެމަށްފަހު މާލީ ހިސާބުތައް ރަނގަޅު ކުރުމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި މާލީ ބަޔާން އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަޑް (އިޕްސަސް): ފައިނޭންޝަލް ރިޕޯޓިންގ އަންޑަރ ދަ ކޭޝް ބޭސިސް އޮފް އެކައުންޓިންގ" އާއި އެއްގޮތަށް ތައްޔާރު ކުރުމަށް ވެސް ވަނީ އަންގާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު