Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫ

އުރީދޫގެ ޢާންމު ހިއްސާދާރުންގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމިޓީ އިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2020 | ހޯމަ 07:50
އުރީދޫގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން

އުރީދޫގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން

އުރީދޫ މޯލްޑިވްސް އިން ޢާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އުރީދޫ އިން ބުނީ ޢާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލާ، އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު 25 ޖަނަވަރީ 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް އިތުރުކުރެވިފައިވާ ކަމަށެވެ.

އުރީދޫ އިން ބުނީ ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީން ބަލާ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމިޓީން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ މާރޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާއާއެކު، ޢާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގަ ބޯޑަށް އިންތިޚާބުކުރަން ޝަރުޠު ހަމަވާ ފަރާތްތަކުގެ މަޢުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް ޢާންމުކޮށް އަންގާ އިޢުލާނު ކުރާނެ ކަމަށެވެ. އަދި އަންނަ އަހަރު ބާއްވާ އަހަރީ ޢާންމު ޖަލްސާގެ ތެރެއިން ހިއްސާދާރުންގެ ވޯޓުން ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރެވިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގަ ހުންނަންޖެހޭ ޝަރުޠުތަކަކީ:

އުރީދޫ އިން ބުނީ 16 ޑިސެންބަރު 2019 ވީ ހޯމަ ދުވަހު ބާއްވާފައިވާ ޚާއްޞަ ގޮތުން ކުރާ ޢާންމު ޖަލްސާގައި ހިއްސާދާރުން އިޞްލާޙު ކުރަން ފާސްކޮށްފައިވާ، ކުންފުނީގެ ހިންގާ ޤަވާއިދުގެ 110 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ޢާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެމަޤާމުގަ ދެމިހުންނާނީ ޑިރެކްޓަރުކަމަށް އިންތިޚާބުކުރެވޭ އަހަރީ ޢާންމު ޖަލްސާއިން ފެށިގެން ތިންވަނަ އަހަރީ ޢާންމު ޖަލްސާގެ ފެށުމާ ހަމައަށެވެ. އެހެންކަމުން، 2020 ވަނަ އަހަރުގެ މާރޗު މަހު ބާއްވާ އަހަރީ ޢާންމު ޖަލްސާގައި އިންތިޚާބު ކުރާ ޑިރެކްޓަރު، އެ މަޤާމުގަ ދެމިހުންނާނީ 2022 ވަނަ އަހަރު ބާއްވާ އަހަރީ ޢާންމު ޖަލްސާއާ ހަމައަށް ކަަމަށް އުރީދޫ އިން ބުނެއެވެ.

ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓްhttp://www.ooredoo.mv/investors/އިން ލިބެން އެބަހުއްޓެވެ. އަދި، ފިޒިކަލް ފޯމު، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ.ސަންލީޓު (5 ވަނަ ފަންގިފިލާ) އިން ހަފުތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ (އާދިއްތަ އިން ބުރާސްފަތި ދުވަހަށް) ހެނދުނު 8:30 އިން ހަވީރު 4:30 އަށް ލިބޭނެ ކަމަށް އުރީދޫ އިން މަޢުލޫމާތުދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 އުރީދޫގެ ހިއްސާ ގަނެވިއްކުމަށް ހުޅުވާލައިފި

އުރީދޫގެ ހިއްސާ ގަނެވިއްކުމަށް ހުޅުވާލައިފި

09 އޯގަސްޓު 2017
އުރީދޫގެ ހިއްސާ ސްޓޮކް އެކްސްޗޭޖްގައި ޖަމާކޮށްފި

އުރީދޫގެ ހިއްސާ ސްޓޮކް އެކްސްޗޭޖްގައި ޖަމާކޮށްފި

06 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
އުރީދޫގެ ހިއްސާ ވިއްކުން ހުއްޓާލައިފި

އުރީދޫގެ ހިއްސާ ވިއްކުން ހުއްޓާލައިފި

31 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

28 މެއި 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު