Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގއ. އަތޮޅު ކައުންސިލް

ގއ. އަތޮޅު ކައުންސިލަރުން ސަލާމާއި އާއިލީ ޒިންމާއަށް ފޯމް ހުށަނާޅާ މުސާރައާ އިނާޔަތް ނަގާފައިވޭ: އޮޑިޓް

20 ޖެނުއަރީ 2020 | ހޯމަ 04:04

ކައުންސިލަރުން ސަލާމުގެ ޗުއްޓީ ނުވަތަ އާޢިލީ ޒިންމާ ޗުއްޓީގެ ފޯމު ހުށަހަޅާފައި ނުވާ ދުވަސްތަކަށް 41,066 ރުފިޔާ ނަގާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖެނުއަރީ 2020 | ހޯމަ 04:04
ގއ. އަތޮޅު ކައުންސިލްގެ ތިން މެންބަރުންނާއި އެކު ރައީސް ސޯލިހު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ގއ. އަތޮޅު ކައުންސިލްގެ ތިން މެންބަރުންނާއި އެކު ރައީސް ސޯލިހު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ގއ. އަތޮޅު ކައުންސިލަރުން ސަލާމާއި، ޢާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު ހުށައަޅާފައިނުވާ ދުވަސްތަކަށް މުސާރައާއި އެލަވަންސް ނަގާފައިވާކަން އަތޮޅު ކައުންސިލްގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އޮޑިޓަރ ޖެނެރަލް އޮފީހުން ޢާންމު ކުރި ގއ. އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންނެވެ. މި ރިޕޯޓުގައި ބުނެފައިވަނީ ކައުންސިލަރުންގެ ޗުއްޓީގެ އުޞޫލުގައި ކައުންސިލަރަކު މެޑިކަލް ލިޔުން ހުށަހަޅަންނުޖެހޭ ގޮތަށް ސަލާމުގެ ޗުއްޓީގައި ނުވަތަ ޢާއިލީ ޒިންމާގެ ޗުއްޓީގައި ހުރުމަށްފަހު، މަސައްކަތަށް ނިކުމެ އެ ކައުންސިލަރު ސަލާމުގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކޮށް "ސަލާމުގެ އާޢިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމް" ހުށަހަޅަންވާނެ ކަމަށެވެ.

Advertisement - newsAdvertisement

އަދި ކައުންސިލަރުންގެ މުސާރަ ހިސާބުކުރާ ދުވަހާއި ހަމައަށް ސަލާމުގެ ޢާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު ހުށަހަޅާފައިނުވާނަމަ އެދުވަހަކީ ޣައިރު ޙާޟިރީއެއް ކަމަށް ބަލައި، މުސާރަ ހިސާބުކުރުމަށް ބަޔާންކޮށްފައި ވާނެ ކަމަށެވެ.

ނަމަވެސް، ކައުންސިލަރުން ނަންގަވާފައިވާ ބައެއް ސަލާމްތަކަށް ފޯމު ހުށައަޅުއްވާފައި ނުވިނަމަވެސް، މުސާރައާއި އިނާޔަތް އުނިކޮށްފައި ނުވާކަމަށް ފާހަގަ ކުރެވިފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި ކައުންސިލަރުން ސަލާމުގެ ޗުއްޓީ ނުވަތަ ޢާއިލީ ޒިންމާ ޗުއްޓީގެ ފޯމު ހުށަހަޅާފައި ނުވާ ދުވަސްތަކަށް 41,066 (ސާޅީސް އެއް ހާސް ފަސްދޮޅަސް ހައެއް) ރުފިޔާ ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާވާއިދުގެ 7.14 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާގޮތަށް މުސާރައާއި، އެކިއެކި އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، މިނޫންވެސް މުވައްޒަފުންނަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ދިނުމުގައި ދޭންޖެހޭވަރަށް ވުރެ އިތުރަށް ފައިސާ ދެވިއްޖެނަމަ، އިތުރަށް ދެވިފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާއަށް ޖަމާކުރުމަށެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

އަތޮޅު ވެހި ފަޅާލައިފި

18 ފެބުރުއަރީ 2017
އަތޮޅު ވެހި ފަޅާލައިފި
15 ފެބުރުއަރީ 2017

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް