Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހއ ބާރަށް

ހއ. ބާރަށު އައު ކޯޓު އިމާރާތުގެ ބިންގާ އަޅައިފި

އައު ކޯޓު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ޑރ.އަބްދުﷲ ނަޒީރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖެނުއަރީ 2020 | ހޮނިހިރު 08:26
ހއ. ބާރަށު އައު ކޯޓު އިމާރާތުގެ ބިންގާ އެޅުން

ހއ. ބާރަށު އައު ކޯޓު އިމާރާތުގެ ބިންގާ އެޅުން

ހއ. ބާރަށުގައި އަލަށް ޢިމާރަތްކުރާ ކޯޓު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނީ، ހޮނިހިރު ދުވަހު ހއ. ބާރަށުގައި އޮތް ރަސްމިއްޔާތެއްގައި އައު ކޯޓު ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ޢަބްދުﷲ ނަޒީރު ކަމަށެވެ.

އެގޮތުން މި ދަތުރުފުޅަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ޢަބްދުﷲ ނަޒީރާއި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިން ހއ. އަތޮޅުގެ ހުރިހައި ރަށެއްގެ ކޯޓުތަކަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.

ޑީޖޭއޭއިން އިތުރަށް ބުނީ، މި ދަތުރުފުޅުގައި ހއ. ހޯރަފުށީގެ އައު ކޯޓު ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ހއ. އަތޮޅު ކޯޓުތަކުގެ ޙާލަތު ބައްލަވާލެއްވުމާއި، ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންތައްތައް ދެނެގަތުމަށް ހއ. އަތޮޅުގެ ހުރިހައި ކޯޓުތަކަކަށް ވަޑައިގަތުމަށްވެސް ހަމަޖެހިފައިވާކަމަށް ޑީޖޭއޭއިން ބުނެއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު