Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖިންސީ އަނިޔާ

ކުޑަކުދިންނަށް ޖިންސީ އަނިޔާދިނުމަކީ "ޖަނަވާރުންގެ އަމަލެއް" : ރައީސް މައުމޫނު

އެއީ ޤަބޫލުކުރަންވެސް ދަތި ކަމެއްކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖެނުއަރީ 2020 | ހުކުރު 07:25
ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު

ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު

ކުޑަކުދިންނަށް ޖިންސީ އަނިޔާ ދިނުމަކީ "ޖަނަވާރުންގެ އަމަލެއް" ގޮތުގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު ސިފަކުރައްވައިފިއެވެ.

ދެކުނުގެ ރަށެއްގައި އާއިލާ މީހުންތަކެއް ވެގެން 2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅޭގޮތުން "ރާއްޖެއެމްވީ"ގައި ލިޔުނު ޚަބަރު ޓްވީޓު ކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެއީ ޤަބޫލު ކުރަންވެސް ދަތި "ޖަނަވާރުންގެ" އަމަލެއް ކަމަށެވެ.

އަދި އެކަން ކުރި ބަޔަކަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭން ޖެހޭނެ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ދުވަސްވީ މީހަކު އުމުރުން 2 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް މި މަހުގެ 15 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، މި މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް މި މައްސަލަ ފުލުހުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ ބައްޕައާއި، ކާފަ އަދި މުނިކާފައެވެ. އަދި އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ މަންމަ ޑްރަގް ރިހިބިލެޓޭޝަންގެ ކަމެއްގައި މާލެ އައިސް ހުއްޓާއެވެ. އެ ކުއްޖާގެ މަންމަ އާއި ބައްޕައަކީ ވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސޯޝަލް މީޑިއާގައި މި މައްސަލައާއި ގުޅިގެން ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކުއްޖާގެ މަންމަ ރިހިބިލެޓޭޝަންގެ ކަމެއްގައި މާލެ އައިސް އުޅެނިކޮށް އެކުއްޖާގެ ބޮޑުދައިތައެއް އެ ކުއްޖާ ބަލަން ގެންދަން އުޅުމުން އެކުއްޖާގެ ބައްޕަ އެކަމަށް އިންކާރު ކުރި ކަމަށެވެ. އަދި އެ ކުއްޖާގެ ބޮޑުދައިތަ އޭނަ ރީތިކުރަން އުޅުމުގެ ތެރޭގައި ޖިންސީ ގުނަވަނަށް ތަދުވާކަމަށް ބުނުމުން، އަނިޔާ ލިބިފައިހުރި ކަމުގެ ނިޝާންތައް ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކި ކަމަށާއި، އެ ކުއްޖާއަށް ބޮޑެތި ހާނިކަ ވެފައިވާ ކަމަށް މި ޕޯސްޓުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެއުމަށްފަހު، އެ އާއިލާގެ އެހެން ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި އަންހެނަކު 18 އަހަރަށް ޖަލަށް

20 އެޕްރީލު 2017
ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި އަންހެނަކު 18 އަހަރަށް ޖަލަށް
10 އެޕްރީލު 2017

ބިރުދެއްކުމަކީ ޓެރަރިޒަމްގެ އަމަލެއް ނަމަ ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭނީ ރައީސް ޔާމީނަށް: މެންބަރު އިބްރާހިމް ހަސަން

10 އެޕްރީލު 2017
ބިރުދެއްކުމަކީ ޓެރަރިޒަމްގެ އަމަލެއް ނަމަ ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭނީ ރައީސް ޔާމީނަށް: މެންބަރު އިބްރާހިމް ހަސަން
03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
29 މާރިޗު 2017

އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި

29 މާރިޗު 2017
އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި
29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު