Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ސިޔާސީ ހަރަހާތް

ބިރުދެއްކުމަކީ ޓެރަރިޒަމްގެ އަމަލެއް ނަމަ ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭނީ ރައީސް ޔާމީނަށް: މެންބަރު އިބްރާހިމް ހަސަން

10 އެޕްރީލު 2017 | ހޯމަ 09:37

ޕާޓީއާ ގުޅުމަށް ގޮވާލުމަކީ އިޝްވަތެއް ނޫން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 10 އެޕްރީލު 2017 | ހޯމަ 09:37
ތޮއްޑޫ ދައިރާގެ މެންބަރު އިބްރާހިމް ހަސަން

ތޮއްޑޫ ދައިރާގެ މެންބަރު އިބްރާހިމް ހަސަން

ބިރުދެއްކުން އެއީ ޓެރަރިޒަމްގެ އަމަލެއް ކަމުގައިވާ ނަމަ އެންމެ ބޮޑު ޓެރަރިޒަމްގެ ދައުވާ އުފުލަން ޖެހޭނީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކަމަށް ތޮއްޑޫ ދައިރާގެ މެންބަރު އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސި ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، އިބްރާހިމް ހަސަން ވިދާޅުވީ، މިއަދު ގާނޫނު އަސާސީ އާއި ވަތަން ހަލާކުގެ ތެރެއަށް ވައްޓާލަމުންދާ މަންޒަރު ފެނިގެންދާ ކަމަށެވެ.

Advertisement - newsAdvertisement

އިބްރާހިމް ހަސަން ވިދާޅުވީ، އާއްމު ކޮމިޓީން މަޖިލީހުގެ ގަވައިދަށް ބަދަލު ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޕީޕީއެމްގެ މަޖިލީސް މެންބަރުންނަށް އިސްލާހީ މަސައްކަތަށް ރުޖޫއަވުމަށް އޭނާ ގޮވާލެއްވި އެވެ.

އިބްރާހިމް ހަސަން ވިދާޅުވީ، މިއަދު ގައުމުގައި ތަޅާ ފޮޅުން އާއްމުވެފައިވާ ކަމަށާއި، ހަމަނުޖެހުމާއި ބިރުދެއްކުން ވެސް އާއްމުވެފައިވާ ކަމަށެވެ.

"ބިރުދެއްކުމަކީ ޓެރަރިޒަމްގެ ކުށަކަށްވާ ނަމަ، އެންމެ ބޮޑު ޓެރަރިޒަމްގެ ދައުވާ އުފުލަން ޖެހެނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް. އަޅުގަނޑު މިހެން މިދަންނަވަނީ ފަރުދީ ހައިސިއްޔަތުނެއް ނޫން. ގާނޫނީ ހައިސިއްޔަތުން ވެސް އެކަން ލާޒިމުވޭ. ބިރުދެއްކުމާ މާރާމާރީ ހިންގުމާއި މީހުންނަށް އަނިޔާކުރުމަކީ ޓެރަރިޒަމްގެ ދައުވާ އުފުލަންޖެހޭ ކަމެއް ކަމަށް ގާނޫނުގައި އޮތް ނަމަ އެމަކިފާނަށް އެކަން ހައްގުވެއްޖެ،" މެންބަރު އިބްރާހިމް ހަސަން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޝަވަތުގެ ތުހުމތުގައި ހައްޔަރުކޮށްފައި ހުރި ހުރުމަށް ފާޑުވިދާޅުވަމުން އިބްރާހިމް ހަސަން ވިދާޅުވީ، ބުނި ބަހަކުން ރިޝަވަތު ދިން ކަމަށް ތުހުމަތު ކުރެވޭ ނަމަ ރިޝަވަތު ދިނުމުގެ އެންމެ ބޮޑު ތުހުމަތު ކުރެވޭނީ ވެސް ރައީސް ޔާމީނަށް ކަމަށެވެ.

" މިހެން މިދަންނަވަނީ، ގާނޫނާ ހުރިހާ އެއްޗެއްގެ އަލީގާ. ވަރަށް ސާފުކޮށް. ކޮންމެ ތާކަށް އަޅުގަނޑު ގެންދިޔަޔަސް އަޅުގަނޑު ހުއްޖަތް ދައްކާނަން. ޕްރޫފްއާ އެއްކޮށް އެބަހުރި." މެންބަރު އިބްރާހިމް ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އެމީހެއްގެ ޕާޓީއަށް މީހުން އައުމަށް ދައުވަތު ދިނުމަކީ ލިބިގެންދާ ހައްގެއް ކަމަށެވެ. އަދި ރިޝްވަތު ދިނުން ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށެވެ.

ގައުމުގެ ރައްޔިތުން ހަނާވަމުންދާ ކަމަށާއި، ސަރުކާރުން މިހާރުން މިހާރަށް ކުރަމުން އަންނަ ގާނޫނު އަސާސީ އާއި ހިލާފު ކަންކަން ހުއްޓާލުމަށް ގޮވާލާ ކަމަށް އިބްރާހިމް ހަސަން ވިދާޅުވި އެވެ. އިބްރާހިމް ހަސަން ވަނީ ސަރުކާރު ކުންފުނިތަކާއި މުވައްޒަފުން ބޭނުންކޮށްގެން ޕާޓީއަށް މީހުން އިތުރުކުރަމުންދާ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ.

ދިވެހި ރާއްޖޭގެ ތަރައްގީއަށް ގާސިމް ކުރައްވާފައިވާ ކަންކަން ފޮހެލުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ރައީސް ޔާމީނަށް ކާމިޔާބު ނުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް