Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާދަމް ޝަރީފް

ދެ ރައީސުންގެ ދެމެދަށް ވަންނަ މީހުން ތިބީ ސަރުކާރުގައި: އާދަމް ޝަރީފް

16 ޖެނުއަރީ 2020 | ބުރާސްފަތި 16:31

''ޑްރާމާ'' ބެލުމަށް ވުރެ، ކައުންސިލް އިންތިހާބު ޕީޕީއެމް އަށް މުހިއްމު: އާދަމް ޝަރީފް

އަލީ ސަމާޚް
އަލީ ސަމާޚް | 16 ޖެނުއަރީ 2020 | ބުރާސްފަތި 16:31
ރައީސް ނަޝީދުއާ ރައީސް ސޯލިހު

ރައީސް ނަޝީދުއާ ރައީސް ސޯލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ރައީސް މުހައްމަދު ނަޝީދާ، ދެބޭފުޅުންގެ ދޭތެރެއަށް ވަންނަން އުޅޭ މީހުން ތިބީ ސަރުކާރުގެ ތެރޭގައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރައްދު ދެއްވައިފިއެވެ.

އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އެހެން ވިދާޅުވެފައިމިވަނީ އެމްޑީޕީން ތިލަދުން މައްޗަށް ކުރި ދަތުރުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އެ ދަތުރުގައި ރައީސް ނަަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އިދިކޮޅުން އެމަނިކުފާނާ ރައީސް ސޯލިހުއާ ދެ ބޭފުޅުންގެ ދެމެދަށް ވަންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ކިތަންމެ މަސައްކަތެއް ކުރެއްވިޔަސް ދެ ބޭފުޅުން ދުުރުކޮށްނުލެވޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ނަޝީދުގެ އެ ވާހަކަތައް ލިޔެފައިވާ އާޓިކަލްއެއް ޓްވިޓާގައި ހިއްސާ ކުރައްވާ އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެ ބޭފުޅުންގެ ދޭތެރެއަށް ޕީޕީއެމް/ޕީއެންސީން ވަންނަން ނުޖެހޭނެ ކަމަށެވެ. އަދި އެކަން ކުރާ މީހުން ތިބީ ސަރުކާރުގައިކަން ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ދެ ރައީސުންގެ ''ޑްރާމާ'' ބެއްލުމަށްވުރެ ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން ފޯރުވާ ނުފޫޒު ކުޑަވާނެ ގޮތަކަށް، މަލްޓި ޕާޓި ޑިމްކްރަސީގެ ރޫހާ އެއްގޮތަށް، ކައުންސިލް އިންތިހާބު ކާމިޔާބު ކުރުން ޕީޕީއެމް/ޕީއެންސީ އަށް މާ މުހިއްމު ކަމަށެވެ.

އެމްޑީޕީން ތިލަދުން މައްޗަށް ކުރެއްވި ދަތުރުގައި ރައީސް ސޯލިހުއާ ރައީސް ނަޝީދު ގެންދަވަނީ، ޕީޕީއެމް/ޕީއެންސީން ކައުންސިލް އިންތިހާބު ބޭނުންވެގެން އުޅޭ ސަބަބެއް ނޭގެ ކަމަށް ވިދާޅުވަމުންނެވެ. އަދި އިދިކޮޅުން އިންތިހާބުގައި ވާދަނުކުރުން މާ ރަނގަޅުވާނެ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ، އިދިކޮޅުން ކައުންސިލް ކާމިޔާބުކުރަން މަސައްކަތް ކުރަނީ، ''ސެކިއުލަރިޒަމް'' ރަށްރަށުގައި ފެތުރުމަށް ހުޅުވަމުންދާ ދޮރުތައް ބަންދު ކުރުމަށާއި، ބާރުތައް މުޝުތެރެއަށް ލިޔަ ނުދުނިމަށާއި، ސަރުކާރު ޒިންމާދާރު ކުރުވުމުގެ އިތުރުން މަލްޓި ޕާޓީ ޑިމޮކްރެސީ ވަޅުލިޔަ ނުދިނުމަށް ކަމަށެވެ.

ސަރުކާރާށާއި ރައީސަށް ފާޑުވިދާޅުވަމުން އާދަމް ޝަރީފް ކުރެއްވި ޓްވީޓްތަކުގެ ތެރެއިން ތިންވަން ޓްވީޓްގައި އޭނާ ވަނީ ''ތިޔަ ގޮވަނީ ގުދޯގުދޯ'' ކަމަށް ވިދާޅުވެފައެވެ. އަދި ''ގޯޅާބޯ ގޮވަން ދަސްކޮށްދިނީ ކޮންބައެއް؟'' ކަމަށް ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

ސަރުކާރާއި ރައީސް ނަޝީދަށް އާދަމް ޝަރީފް ފާޑު ވިދާޅުވެފައިވާއިރު، މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ބޭނުންވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. މެޖޯރިޓީ ނުލިބިއްޖެނަމަ ސަރުކާރުގެ ވައުދު ފުއްދަން ހުރަސް އެޅޭނެ ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ދަނީ ތަކުރާރު ކުރައްވަމުންނެވެ.

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުތަކަށް ހުރިހާ ސިޔާސީ ޕާޓީއެއްގޮތަށް ދަނީ މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 މާރިޗު 2017

ޕީޕީއެމްގައި ތިބީ "ބޮޑު ގުޅަ" މެންބަރުން ނޫންކަން ދައްކަން ޖެހޭ: ޤާސިމް

24 މާރިޗު 2017
ޕީޕީއެމްގައި ތިބީ "ބޮޑު ގުޅަ" މެންބަރުން ނޫންކަން ދައްކަން ޖެހޭ: ޤާސިމް
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
12 މާރިޗު 2017

ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ

12 މާރިޗު 2017
ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ
19 ފެބުރުއަރީ 2017

ރައްޔިތުން ތިބީ މި ވެރިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި:ނިޔާޒު

19 ފެބުރުއަރީ 2017
ރައްޔިތުން ތިބީ މި ވެރިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި:ނިޔާޒު
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް