Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕް

ޓްރަމްޕްގެ އިމްޕީޗްމެންޓް އަރޓިކަލްސް ޔޫއެސް ހައުސް އިން ސެނަޓަށް ފޮނުވަން ފާސްކޮށްފި

ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ޖެނުއަރީ 2020 | ބުރާސްފަތި 03:35
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމުން ޣަޒުލުކުރުމަށް ޔޫއެސް ހައުސް އޮފް ރެޕްރެޒެންޓޭޓިވް އިން ފާސްކޮށްފައިވާ އިމްޕީޗްމެންޓް އަރޓިކަލްސްތައް ޔޫއެސް ހައުސް އިން ސެނަޓަށް ފޮނުވައިފި އެވެ.

ޓްރަމްޕާ ދެކޮޅަށް ދެ އިމްޕީޗްމެންޓް އަރޓިކަލްސް ޔޫއެސް ހައުސް އިން ސެނަޓަށް ފޮނުވާފައި މިވަނީ ބުދަ ދުވަހުއެވެ. އެއާއެކު ދެން ސެނެޓްގައި ޓްރަމްޕް ވެރިކަމުން ވަކިކުރުމުގެ ޝަރީޢަތް ކުރިޔަށްދާނެއެވެ. ސެނެޓް ކޮންޓްރޯލް ކުރަމުންދަނީ ޓްރަމްޕް ނިޞްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަނުންނެވެ. އެއީ 53 މެންބަރުންނެވެ.

ޓްރަމްޕް ވެރިކަމުން ވަކިކުރުމުގެ މައްސަލަ ސެނެޓްގައި ކުރިޔަށްގެންދަވާނެ ހައުސްގެ ހަތް މެންބަރުންގެ ނަން އިޢުލާންކުރައްވަމުން ހައުސްގެ ސްޕީކަރ ނޭންސީ ޕެލޯސީ ވިދާޅުވީ މިއީ އެމެރިކާގެ ޤާނޫނު އަސާސީ ދެމެހެއްޓުމާއި ގުޅުންހުރި ކަމެއް ކަމަށެވެ.

ޑިމޮކްރަޓުން ކޮންޓްރޯލް ކުރާ ޔޫއެސް ހައުސް އޮފް ރެޕްރެޒެންޓޭޓިވް އިން ޓްރަމްޕް ވެރިކަމުން ޣަޒުލުކުރުމަށް ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރ މަހުގެ 18 ވަނަ ދުވަހު އެވެ. ޓްރަމްޕުގެ މައްޗަށް ވެރިކަމުން ދުރުކުރުމަށް ހުށަހެޅީ ދެ މައްސަލައެކެވެ. އެއީ ޔޫކްރެއިން ގެ ރައީސަށް ފޯނުން ގުޅުއްވާ އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ގެ މައްސަލައެއް ތަހުޤީޤުކުރެއްވުމަށް އެދިވަޑައި ގެންނެވުމުންނެވެ. ބައިޑަން ވަނީ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބަށް ނިކުންނަވަން ނިންމަވާފަ އެވެ. މިމައްސަލަ ބެލުމަށް ޔޫކްރޭނަށް ޕްރެޝަރ ކުރުމުގެ ގޮތުން ޓްރަމްޕުވަނީ ޔޫކްރެއިނަށް ދިނުމަށް ކޮންގްރެސް އިން ފާސްކޮށްފައިވާ 400 މިލިއަން ޔޫއެސް ޑޮލަރުގެ އަސްކަރީ އެހީވެސް ހިފަހައްޓާފަ އެވެ.

ދެން ޓްރަމްޕުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ފާސްކޮށްފައިވަނީ މިމައްސަލަ ތަހުޤީޤު ކުރަމުންދިޔައިރު ބާރު ބޭނުން ހިތްޕަވާ މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ތަހުޤީޤަށް ހުރަސް އެޅިކަމުގެ މައްސަލައިގައެވެ.

ޓްރަމްޕް ވެރިކަމުން ވަކިކުރުމަށް ފާސްކުރުމަށް ފަހު ނޭންސީ ވަނީ މިމައްސަލަ ސެނެޓަށް ނުފޮނުވާ ލަސްކޮށްލައްވާފަ އެވެ. އެއީ ޓްރަމްޕްގެ ޝަރީޢަތް ވަކިކޮޅަށް ނުޖެހި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން ލިބެންދެން ކަމަށް ނޭންސީ ވަނީ ކުރިން ވިދާޅުވެފައެވެ. ޑިމޮކްރޭޓު މެންބަރުން ގެންދަވަނީ މިމައްސަލަ ޓްރަމްޕް ނިޞްބަތްވެވަޑައިގަންނަވާ ރިޕަބްލިކަނުން ކޮންޓްރޯލް ކުރާ ސެނެޓުން ރަނގަޅު ކުރިޔަށް ނުދާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ޓްރަމްޕްގެ އިމްޕީޗްމެންޓް އަރޓިކަލްސްތަކުގައި ސޮއިކުރުމަށް އަދި ވަކިން ރަސްމިއްޔާތެއް ބާއްވާނެ އެވެ. އެއަށްފަހު މިމައްސަލަ ސެނެޓްގައި ކުރިޔަށް ގެންދިޔުމަށް ހައުސްއިން ކަނޑައެޅުއްވި ހަތް މެންބަރުން މި ޑޮކިޔުމެންޓްތައް ސެނެޓަށް ގެންދާނެ އެވެ.

ސެނެޓުން ޝަރީޢަތް ފަށާނީ މިޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އަދި މި ޝަރީޢަތުގެ އަޑުއެހުންތައް ތިން ވަނަ ހަފުތާ އާއި ހަތަރު ހަފުތާ އާ ދެމެދުގެ މުއްދަތަށް ކުރިޔަށްދާނެކަމަށް ލަފާކުރެ އެވެ. ސެނެޓުގައި ކުރިޔަށްދާ ޝަރީޢަތުގައި ޑިމޮކްރޭޓުންނަށް ރިޕަބްލިކަންގެ ހަތަރު މެންބަރުންގެ ހެކިބަސް ބަޔާން ބޭނުންވާނެ އެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު

05 މާރިޗު 2017
ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
21 ފެބުރުއަރީ 2017

ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

21 ފެބުރުއަރީ 2017
   ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު