Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބިއުޓީއެންޑް ދަ ބީސްޓް

"ބިއުޓީއެންޑް" ދަ ބީސްޓް މެލޭޝިއާގައި ރިލީސް ކުރާނީ ސެންސަރުނުކޮށް

ކުރިން މި ފިލްމު އެޅުވުމަށް ހަމަޖެހިފައި އޮތީ މާޗްމަހުގެ 16 ވަނަ ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 22 މާރިޗު 2017 | ބުދަ 12:43
ޑިސްނީން ބުނީ މި ފިލްމް މެލޭޝިއާގައި މާޗް މަހުގެ 30 ވަނަ ދުވަހު ރިލީސް ކުރަނީ 13 އަހަރުން މައްޗަށް ރޭޓް ކުރެވިގެން ކަމަށް

ޑިސްނީން ބުނީ މި ފިލްމް މެލޭޝިއާގައި މާޗް މަހުގެ 30 ވަނަ ދުވަހު ރިލީސް ކުރަނީ 13 އަހަރުން މައްޗަށް ރޭޓް ކުރެވިގެން ކަމަށް

އެއްޖިންސުން ގުޅުން ހިންގާ މަންޒަރެއް ހިމެނޭތީ އެ މަންޒަރު ކަނޑާލުމަށް ކުރަމުންދިޔަ ޑިމާންޑްތަކަށް ޑިސްނީން ދެކޮޅުހެދުމުން އެއްވެސް މަންޒަރެއް އުނިނުކޮށް މެލޭޝިއާގައި "ބިއުޓީ އެންޑް ދަ ބީސްޓް" އެޅުވުމަށް މިހާރު ނިންމާފައިވާ ކަަމަށް ޑިސްނީން ބުނެފިއެވެ.

ޑިސްނީން ބުނީ މި ބްލޮކްބަސްޓަރ މެލޭޝިއާގައި މާޗް މަހުގެ 30 ވަނަ ދުވަހު ރިލީސް ކުރަނީ 13 އަހަރުން މައްޗަށް ރޭޓް ކުރެވިގެން ކަމަށެވެ.

މިހާރު ކަނޑައަޅާފައިވާ ތާރީޚްގައި ފިލްމް އަޅުވާކަން ދެ ސިނަމާއަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކުރިން މި ފިލްމު އެޅުވުމަށް ހަމަޖެހިފައި އޮތީ މާޗް މަހުގެ 16 ވަނަ ދުވަހުއެވެ.

މި ފިލްމުގައި ދެ ފިރެހެނެއް އެކުގައި ޖިންސީ އަމަލެއްގައި ފެންނައިރު މިއީ ޑިސްނީގެ ފިލްމެއްގައި މިފަދަ މަންޒަރެއް ހިމެނުނު ފުރަތަމަ ފަހަރެވެ.

އިލްމާނިއްޔަ އަދި ދީނީ ގާނޫނުތަކުގެ ދަށުން ވެސް އެއްޖިންސުން ގުޅުންހިންގުމަކީ މެލޭޝިއާގައި މަނާ ކަަމެކެވެ.

އެކަމަކީ ޖަލުހުކުމް ނުވަތަ ހައްދު ޖެހުން ފަދަ ޖިސްމާނީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

އެގައުމުގެ އަވަށްޓެރި ސިންގަޕޫރުގައި ކްރިސްޓިއަން ފައްޅިން ވަނީ ފިލްމާ މެދު ބެެލެނިވެރިން ސަމާލު ވުމަށް އެދިފައެވެ. ރަޝިއާގައި މި ފިލްމް އަޅުވާފައި ވަނީ 16 އަހަރުން މައްޗަށް ރޭޓް ކުރެވިގެންނެވެ.

މީގެ އިތުރުން ކުވެއިތުގެ ސިނަމާތަކުން ދާދިފަހުން މި ފިލްމް ވަނީ ނަގާފައެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2018

އޮކްޓޯބަރ:ޕްރިމިއާ ކުރާނީ ދުބާއީގައި

09 އެޕްރީލު 2018
އޮކްޓޯބަރ:ޕްރިމިއާ ކުރާނީ ދުބާއީގައި
04 އެޕްރީލު 2018

މަދޫރީގެ މަރާޓީ ފިލްމު ހިންދީ ބަހުން ޑަބްކުރާނީ ކަރަން ޖޯހަރު

04 އެޕްރީލު 2018
މަދޫރީގެ މަރާޓީ ފިލްމު ހިންދީ ބަހުން ޑަބްކުރާނީ ކަރަން ޖޯހަރު
31 ޖެނުއަރީ 2018

މެލޭޝިއާގައި ޕަދްމާވަތު އެޅުވުން މަނާ ކޮށްފި

31 ޖެނުއަރީ 2018
މެލޭޝިއާގައި ޕަދްމާވަތު އެޅުވުން މަނާ ކޮށްފި
26 އޮކްޓޯބަރު 2017

"ބާރަތު" ރިލީޒް ކުރާނީ 2019 ގައި

26 އޮކްޓޯބަރު 2017
"ބާރަތު" ރިލީޒް ކުރާނީ 2019 ގައި
05 ޖުލައި 2017

"މުންނާ މައިކަލް" ރިލީޒްކުރާނީ 21 ޖުލައިގައި

05 ޖުލައި 2017
"މުންނާ މައިކަލް" ރިލީޒްކުރާނީ 21 ޖުލައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު