Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕަދްމާވަތު

މެލޭޝިއާގައި ޕަދްމާވަތު އެޅުވުން މަނާ ކޮށްފި

މި ފިލްމު ދެއްކުން މަނާކުރީ ފިލްމާއި ގުޅިގެން މުޖުތަމައުގައި ހަމަނުޖެހުމެއް އުފެދިދާނެ ކަމަގެ ބިރަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 31 ޖެނުއަރީ 2018 | ބުދަ 06:09
ޕަދްމާވަތުގެ ޓީމް

ޕަދްމާވަތުގެ ޓީމް

ޕަދްމާވަތު ސިނަމާތަކަށް އައީ މިމަހުގެ 25 ވަނަ ދުވަހުގައެވެ.

މިފިލްމަށް އެއް ދުވަހުން އަނެއް ދުވަހަށް ލިބޭ ތަރުހީބު ބޮޑުވަމުން އަންނަ އިރު އެ ފިލްމު މެލޭޝިއާގައި ދެއްކުން މިވަނީ އެގައުމުގެ ސެންސަރު ބޯޑުން މަނާ ކޮށްފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމު ދެއްކުން މަނާކުރީ ފިލްމާއި ގުޅިގެން މުޖުތަމައުގައި ހަމަނުޖެހުމެއް އުފެދިދާނެ ކަމަގެ ބިރު އޮތުމުންނެވެ. މެލޭޝިއާއަކީ ވެސް ތަފާތު ނަސްލުތަކުގެ މީހުން ދިރިއުޅޭ ގައުމެކެވެ.

އިންޑިއާގައި ވެސް މި ފިލްމު އެޅުވުމުގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް ދަނީ ހަމަނުޖެހުން ހިންގަމުންނެވެ. ޕަދްމާވަތުގެ ލީޑު ރޯލުން ފެނިގެން ދަނީ ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންހް އެވެ.

މިހާތަނަށް އިންޑިއާގައި އުފެއްދި އެންމެ އަގު ބޮޑު ފިލްމު ކަމަށްވާ ޕަދްމާވަތު އުފައްދަން 200 ކުރޯޑް އިންޑިއަން ރުޕީސް (31 މިލިއަން ޑޮލަރު) ވަނީ ހޭދަކޮށްފައެވެ. މި ފިލްމު އަޅުވަން މީގެ ކުރިން ޝެޑިއުލްކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 1 ގައެވެ. އެހެން ނަމަވެސް ފިލްމު ލަސްވީ ސެންޓްރަލް ބޯޑް އޮފް ފިލްމު ސަރޓިފިކޭޝަނުން ފިލްމު ފާސް ކޮށްދިނުން ލަސްކުރުމުގެ ސަބަބުންނެވެ. ފިލްމު އެމެރިކާގައި އަޅުވާނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގައެވެ.

ހަމަނުޖެހުން އުފައްދާ ފަރާތްތަކުން ބުނަމުންދަނީ މި ފިލްމުގައި މައި ދެ ކެރެކްޓަރގެ މެދުގައި ފެނިގެންދާ ލޯބީގެ އިޝްގީ މަންޒަރުތަކަކީ ހިންދޫ ރާނީއަށް އިހުތިރާމް ކުޑަކުރުން ކަމަށެވެ. އެހެން ނަމަވެސް ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ އެކަން ދޮގު ކުރެއެވެ.

ދާދިފަހުން ވަނީ މި ފިލްމަށް 100 ކުރޯޑް ރުޕީސްގެ ކާމިޔާބު ލިބުމުން އެކަން ފާހަގަކޮށް ކޭކު ފަޅާފައެވެ. އެކާމިޔާބީ ފާހަގަ ކުރުމަށް ލީޑު ރޯލުން ފެނިގެން ދާ ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންހް ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޓެޑްރީގެ ދެ ވަނަ ފިލްމް "ލަސްވިޔަސް"ގެ ޓީޒާ އާންމު ކޮށްފި

15 ފެބުރުއަރީ 2017
ޓެޑްރީގެ ދެ ވަނަ ފިލްމް "ލަސްވިޔަސް"ގެ ޓީޒާ އާންމު ކޮށްފި
13 ފެބުރުއަރީ 2017

އަކްޝޭ ކުމާރުގެ "ޖޯލީ އެލްއެލް ބީ 2" ޕާކިސްތާނުގައި ދެއްކުން މަނާ

13 ފެބުރުއަރީ 2017
އަކްޝޭ ކުމާރުގެ "ޖޯލީ އެލްއެލް ބީ 2" ޕާކިސްތާނުގައި ދެއްކުން މަނާ
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
05 ފެބުރުއަރީ 2017

"ޑަންގަލް" ގެ ކާމިޔާބީ ފާހަގަ ކޮށްފި

05 ފެބުރުއަރީ 2017
"ޑަންގަލް" ގެ ކާމިޔާބީ ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު