Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޓިއުބްލައިޓް

"ޓިއުބްލައިޓް" ޓްރެއިލާ އާންމު ކުރާނީ މެއި 10 ގައި

މި ފިލްމަށް ވަނީ ފިލްމު އަދި ޓްރެއިލާ ރިލީޒްކުރުމުގެ ކުރިންވެސް ބޮޑު އާމްދަނީއެއް ލިބިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 25 އެޕްރީލު 2017 | އަންގާރަ 11:30
ޓިއުބްލައިޓްގެ ޕޯސްޓަރެއް

ޓިއުބްލައިޓްގެ ޕޯސްޓަރެއް

މިއަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖައްސާފައިވާ ސަލްމާން ޚާންގެ "ޓިއުބްލައިޓް"ގެ ޓްރެއިލާ މެއިމަހުގެ 10 ދުވަހު ރިލީޒްކުރަން ނިންމައިފިއެވެ.

ސަލްމާން ހާންގެ "ޓިއުބްލައިޓް" ގެ ޓްރެއިލާ ހާއްސަވާކަމަކީ އެ ޓްރެއިލާގައި ސަލްމާން މި ފިލްމުގައި ކުރާ މޮޅު އެކްޓިންގެ ކުޑަމިންވަރެއް ދައްކުވައިދޭތީ ކަމަށް އޭނާގެ ފޭނުން ބުނެއެވެ. އަދި ހަނގުރާމައިގެ ތެރެއިން ސަލްމާނާއި ޗައިނާގެ އެކްޓްރެސް ޒޫޒޫ އާއި ދެމެދު އުފެދޭ ލޯބި ފެނިގެންދާތީއެވެ. މީގެ އިތުރުން ޝާހުރުކް ޚާން މިފިލްމުން ފެނިގެން ދާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރ ކަބީރު ޚާން ވަނީ ބުނެފައެވެ.

މި ފިލްމަށް ވަނީ ފިލްމު އަދި ޓްރެއިލާ ރިލީޒްކުރުމުގެ ކުރިންވެސް ބޮޑު އާމްދަނީއެއް ލިބިފައެވެ. މި ފިލްމަށް ވަނީ މިހާތަނަށް 227 ކްރޯޑް ރުޕީސް ލިބިފައެވެ. އެވަރުގެ ބޮޑު ފައިދާއެއް ޓިއުބްލައިޓަށް ލިބުނީ މިއުޒިކް ރައިޓްސް އާއި ތިއެޓްރިކަލް ރައިޓްސް ވިއްކާލައިގެންނެވެ.

މި ފިލްމު ތިއޭޓާގައި އެޅުވުމަށް އިންޑިއާގެ އެންއެޗް ސްޓޫޑިއޯޒް އަށް ވިއްކާލާފައި ވަނީ 132 ކްރޯޑް ރުޕީސްއަށެވެ. އަދި ޗައިނާގައި ފިލްމު އެޅުވުމަށް 75 ކްރޯޑް ރުޕީސްއަށް ވިއްކާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ސޮނީ މިއުޒިކަށް 20 ކްރޯޑް ރުޕީސްއަށް ވަނީ ވިއްކާލާފައެވެ. ފިލްމު އެޅުވުމުގެ 3 މަހެއްހާ ކުރިން މި ފިލްމު މިހާ ބޮޑު އާމްދަނީއެއް ހޯދުމުން ކުރިއަށް އޮތްތަނުގައި އަދި މިއަށްވުރެ ދެގުނަ އާމްދަނީ ލިބޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ސަލްމާނާއެކު ކަބީރް ޚާން އުފެއްދި ތިން ވަނަ ފިލްމު، "ޓިއުބްލައިޓް" ގައި ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ޗައިނާގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޒޫޒޫ އެވެ. މި ފިލްމުގައި ސަލްމާންގެ ބޭބެގެ ރޯލުން އެއްބަނޑު އެއްބަފާ ކޮއްކޮ ސޮހެއިލް ޚާން ވެސް ފެނިގެންދާނެ އެވެ

އިންޑިއާ އާއި ޗައިނާއާ ދެމެދު ހިމާލިޔާ ބޯޑަރާ ހެދި 1962 އަހަރު ކުރިއަށް ދިޔަ ހަނގުރާމައިގެ ދުވަސްވަރު، އިންޑިއާގެ ޒުވާން ފިރިހެނަކާ ޗައިނާގެ ޒުވާން އަންހެން ކުއްޖަކާ ބައްދަލުވެ، އެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، ބޯޑަރުގެ މައްސަލަގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދިޔަ ދަނޑިވަޅުގައި ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ފިލްމުގައި ވަރަށް ގިނަ ވިޝުއަލް އިފެކްޓްސް މަންޒަރުތައް ފެނިގެންދާނެ އެވެ.

ވިޝުއަލް އިފެކްޓްސްގެ ގިނަ މަންޒަރުތަކެއް ފިލްމުގައި ހިމެނޭތީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކަށް ވަރަށް ގިނަ ވަގުތު ބޭނުންވާތީ ފިލްމުގެ ޝޫޓިން ވަނީ ލަފާކުރި ޝެޑިއުލަށް ވުރެ ކުރިން ނިންމާލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

10 އެޕްރީލު 2017
ސީޒަންގެ ކައުޝީގެ ޓްރެއިލާ  ނެރެފި

ސީޒަންގެ ކައުޝީގެ ޓްރެއިލާ ނެރެފި

03 އެޕްރީލު 2017
"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

03 އެޕްރީލު 2017
ހާފް ގާލް ފްރެންޑްގެ ޓްރެއިލާ އޭޕްރިލް 10ގައި

ހާފް ގާލް ފްރެންޑްގެ ޓްރެއިލާ އޭޕްރިލް 10ގައި

31 މާރިޗު 2017
"ބިއުޓީއެންޑް" ދަ ބީސްޓް މެލޭޝިއާގައި ރިލީސް ކުރާނީ ސެންސަރުނުކޮށް

"ބިއުޓީއެންޑް" ދަ ބީސްޓް މެލޭޝިއާގައި ރިލީސް ކުރާނީ ސެންސަރުނުކޮށް

22 މާރިޗު 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު