Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހޮނިހިރު ބާޒާރު

ހޮނިހިރު ބާޒާރުގެ ވިޔަފާރިވެރިން ބޭނުންވަނީ ލުއިފަސޭހަގޮތެއް ހަމަޖައްސައިދިނުމަށް

މިއީ ހދ. އަދި ށ. އަތޮޅުގެ ދަނޑުވެރިން އަމިއްލައަޡށް އުފައްދައިގެން ހިންގާ ބާޒާރެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2020 | ހޯމަ 14:34
ކުޅުދުއްފުށި ހޮނިހިރު ބާޒާރުގައި މީހަކު އެއްޗެހިވިއްކަން އިށީންދެގެން

ކުޅުދުއްފުށި ހޮނިހިރު ބާޒާރުގައި މީހަކު އެއްޗެހިވިއްކަން އިށީންދެގެން

ކުޅުދުއްފުށީ ސިޓީގައި ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު އޮންނަ ހޮނިހިރު ބާޒާރުގައި ވިޔަފާރިކުރާ ފަރާތްތަކުން ބޭނުންވަނީ މިހާރު ވެސް ވިޔަފާރިކުރާ ތަނުގައި ތިބެގެން އެއްޗެހި ވިއްކާނެ ގޮތެއް ހަދައިދިނުން ކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.

ކުޅުދުއްފުށި ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ އުތުރަށް އޮންނަ ހުސް ބިމެއްގައި އޮންނަ ބާޒާރު އުވާލަން އެ ރަށު ކައުންސިލުން މީގެ ކުރިން ނިންމިއެވެ. އަދި އެ ސިޓީގައި ލޯކަލް މާރުކޭޓު ހިންގަން ހެދި އިމާރާތުގައި ހިދުމަތް ދޭން ފެށުމަށް ނިންމި ނަމަވެސް އެކަމާ ދެކޮޅަށް ވިޔަފާރިވެރިން އަޑު އުފުލުމުން އެކަން ހުއްޓުމަކަށް އައެވެ.

ކުޅުދުއްފުށީގައި ލޯކަލްމާރުކޭޓްގެ ޚިދުމަތް ފަށައި ހޮނިހިރު ދުވަހު ދަތުރުވެރިންނާއި، ޢާއްމުން ތަކެތި ވިއްކުން އޮންނަ ވަނި އިމާރާތުގެ ދެކުނުން އޮންނަ ހުސް ބިމު ގައި 07 ޖުލައި 2019 ވަނަ ދުވަހުން ފެށިގެން ތަކެތި ވިއްކަން ތިބުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅައި 24 ޖޫން 2019 ގައި ކުޅުދުއްފުށީ ކައުންސިލުން އިއުލާން ކުރިއެވެ. ނަމަވެސް ކައުންސިލްގެ ނިންމުމުގެ ސަބަބުން މައްސަލަ ބޮޑުވެ ކުރިއެކޭ އެއްގޮތަށް ހޮނިހިރު ދުވަހު ދަތުރުވެރިންނާއި، ޢާއްމުން ތަކެތި ވިއްކުން އޮންނަ ވަނި އިމާރާތުގެ ދެކުނުން އޮންނަ ހުސް ބިމުގައި ތަކެތި ވިއްކުމަކީ މަނާކަމެއް ނޫންކަމަށް ކައުންސިލުން ފާސްކުރިއެވެ.

"ރާއްޖެ އެމްވީ" އިން އެތަނުގައި ތިބި ބައެއް ފަރާތްތަކާއި ވާހަކަ ދައްކާލުމުން ބުނީ ލޯކަލް މާރުކޭޓް އިމާރާތަށް ބަދަލުވާން ބޭނުން ނުވަނީ އެއީ އެއްވެސް ކަހަލަ އުސޫލަކަށް ހަދާފައިވާ އިމާރާތަކަށް ނުވުމުން ކަމަށެވެ. އަދި އެތަނުގައި ރަނގަޅަށް ވައިބޭރުވާނެ ގޮތެއް ނެތް އިރު، އެތަނުގައި ހޫނު ގަދަވުމުގެ ސަބަބުން ވިއްކަން ގެންނަ ސާމާނު ވެސް އަވަހަށް ހަލާކުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މީގެ އިތުރުން އެތަން ހުންނަ ތަނުގެ ގޮތުންނާއި، ހޮނިހިރު ބާޒާރަކީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު އޮންނަ ބާޒާރެއް ކަމުން އެމީހުން ބޭނުންވަނީ އެތަނުގައި ފަސޭހަކަމާއެކު ވިޔަފާރިކުރެވޭނެ ގޮތެއް ހެދުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ހޮނިހިރު ބާޒާރުގައި ހދ. އަދ ށ. އަތޮޅުގެ އެކިއެކި ރައްރަށުން މީހުން އެއްޗެހި ގެނެސް ވިއްކައެވެ. ނަމަވެސް އެތަނަކީ އެއްޗެހި ވިއްކަން ހާއްސަ ތަނަކަށް ނުވުމުން އެއްޗެހި ވިއްކަނީ އެތަނުގައި ހުންނަ ބުރުތަކުގެ މަތީގައާއި ފުޅިމަދު ފޮށި އަދި ބަރޯ ގާޑިޔާ ފަދަ ތަކެތީގައެވެ. އެތަނުގައި ވަގުތީ ގޮތުން ތިބެގެން އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަކީ ވިޔަފާރިވެރިންގެ ބޮޑު އެދުމެކެވެ.

މިކަމާއި ގުލޭގޮތުން ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން ވިދާޅުވީ ކުޅުދުއްފުށީގެ ލޯކަލް މާރުކޭޓަކީ އެރަށަށް އަންނަ ދަނޑުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުން ވަރަށްބޮޑަށް ބޭނުންވެގެން ސަރުކާރުން ގާއިމްކުރި ތަނެއް ކަމަށެވެ. އަދި އެތަނަކީ ދަނޑުވެރިންގެ މުދާ ވިއްކަން ތިބޭއިރު އަވިންނާއި ވާރޭއިން ހިޔާވުމަށް ހެދި ތަނެއް ކަމަށެވެ. އަދި ހޮނިހިރު ބާޒާރަކީ އަމިއްލައަށް އުފެދިފައި އޮތް ބާޒާރެއް ކަމަށާއި، އެފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ތިންވަނަ މާރުކޭޓެއް ކުޅުދުއްފުށީގައި ގާއިމް ކުރި ކަމަށެވެ.

އޭނާ ވިދާޅުވީ ކައުންސިލުން މަސައްކަތްކުރީ ވިޔަފާރިވެރިންނަށް އެތަނުން ފުރުސަތު ދިނުމަށް ކަމަށާއި، ނަމަވެސް ވިޔަފާރިވެރިން ބޭނުންވީ ހޮސްޕިޓަލް ކައިރީގައި އެއްޗެހި ވިއްކަން ތިބުން ކަމަށެވެ. އަދި އެމީހުން އެތަނުން ނަގަން މަސައްކަތް ކުރަމުން ނުދާ ކަމަށާއި، ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ކުޅުދުއްފުށި ސިޓީގައި ބާއްވާ ހޮނިހިރު ބާޒާރަކީ ހަފްތާގެ ހޮނިހިރު ދުވަހު ހދ. އަތޮޅާއި ށ. އަތޮޅުން އަންނަ ދަނޑުވެރިން އެއްޗެހި ވިއްކުމަށް ދަނޑުވެރިން އަމިއްލައަށް ހެދި ބާޒާރެކެވެ. މި ބާޒާރު އޮންނަނީ ކޮންމެ ހަފްތާއެއްގެ ވެސް ހޮނިހިރު ދުވަހު ހެނދުނުން ފެށިގެން މެންދުރު 1:30 އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައްޔަރުކޮށްފައިވާ ސައުދީގެ އަމީރުންނާއި ވިޔަފާރިވެރިންގެ މިލްކިއްޔާތު 40 ބިލިއަން ޑޮލަރަށްވުރެ މަތީގައި!

ހައްޔަރުކޮށްފައިވާ ސައުދީގެ އަމީރުންނާއި ވިޔަފާރިވެރިންގެ މިލްކިއްޔާތު 40 ބިލިއަން ޑޮލަރަށްވުރެ މަތީގައި!

09 ނޮވެމްބަރު 2017
ވިލިނގިލީ ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއް ނޫން، އަދުލް އިންސާފު!

ވިލިނގިލީ ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއް ނޫން، އަދުލް އިންސާފު!

26 ސެޕްޓެމްބަރު 2017
 ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!

ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!

26 އޯގަސްޓު 2017
ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު