Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިޔުކޭޝަން މިނިސްޓަރު

ތައުލީމާބެހޭ ގާނޫނެއް 2020 ގައި ފާސްވެގެން ދިއުމަކީ އުއްމީދެއް: އެޑިއުކޭޝަން މިނިސްޓަރު

13 ޖެނުއަރީ 2020 | ހޯމަ 07:45

މިގާނޫނާއެކު އެކި ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ލިޔެވި ބަޔާންވެގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖެނުއަރީ 2020 | ހޯމަ 07:45
އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ

އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ

މިއަހަރުގެ ތެރޭގައި ތައުލީމާބެހޭ ގާނޫނެއް ފާސްވެގެން ދިއުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖޭގައި ސަރުކާރުގެ ފަރާތުން ތައުލީމު ފޯރުކޮށްދެމުންދާތާ 100 އަހަރަށް ވުރެ ގިނަވިއަސް، އެކަމަށް ގާނޫނެއް ނޯންނަ ކަމަށާއި، ތައުލީމާބެހޭ ގާނޫނެއް 2020 ގައި ފާސްވެގެން ދިއުމަކީ، ކުރާ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. މިކަމުގެ ސަބަބުން އެކި ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ލިޔެވި ބަޔާންވެގެން ވުމާއި، ކަންކަމަށް މީހުން ޒިންމާދާރުކުރުވުމަށާއި ތައުލީމުގެ ބާވަތާއި ގޮތްތައް ކަނޑައެޅުމުގައި ވަރަށް ބޮޑު ސާފުކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑރ. އައިޝަތު ވިދާޅުވީ މަސައްކަތް ކުރާނީ، ވިހިވިއްސަކީ، ރާއްޖޭގެ ތައުލީމީ ތާރީޚްގައި، ފަނޑުވުމެއް ނެތް ފެހިކުލައަކުން ލިޔެލެވޭ އަހަރަކަށް ހެދުމަށް ކަމަށާއި، އެތައް ދާއިރާއަކުން ކުރިއެރުންތައް ހޯދުމަށް ކަމަށެވެ. އެގޮތުން މިމަސައްކަތުގައި ގިނަ ބައެއްގެ އެއްބާރުލުން ލިބެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޑރ.އައިޝަތު ވިދާޅުވީ މިއަހަރު ހިންގާނޭ މުހިއްމު އެއްކަމަކީ ހުރިހާ ސްކޫލްތަކުގެ އުމްރާނީ އަދި ކިޔަވައިދިނުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރުކުރުން ކަމަށެވެ. މި ކަމުގެ ތެރޭގައި އެތައް ސްކޫލެއްގައި އައު އިމާރާތްތައް ކުރުމާއި އެކި ތަކެތި ފޯރުކޮށްދިނުން ހިމެނޭ ކަމަށާޢި، ލާމަރުކަޒީ ގާނޫނު ހިންގަން ފެށުމާ ގުޅިގެން އިތުރު ބާރުތައް ސްކޫލްތަކަށް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަދުރަސީ ތައުލީމު ނިންމާ ކޮންމެ ދަރިވަރަކީ، އަބުރުވެރިކަމާއެކު އަމިއްލައަށް ދިރިއުޅެވޭނެ މީހަކަށް ހެދުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަޒުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދަރިވަރުން މަސައްކަތަށް އަހުލުވެރި ކުރުވުމަށް ކޮންމެ ދަރިވަރަކަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މުޅިން އަލަށް ސްކޫލުތަކުގައި މިއަހަރުތެރޭ ފެށިގެންދާނެ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު ގްރޭޑް 10 ނިންމި ދަރިވަރުން މަސައްކަތަށް އަހުލުވެރިކުރުވުމަށް އަންނަ ފެބްރުއަރީ މަހު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ބެލެނިވެރިންނަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ޑރ.އައިޝަތު ވިދާޅުވީ ބެލެނިވެރިންނަކީ، ދަރިވަރުންގެ ކާމިޔާބުގެ ހަގީގީ ސިއްރު ކަމަށާއި، ދަރިވަރުންގެ ކިޔެވުމަށް ފަހިވާ ގޮތަށް، ދަރިވަރުންގެ ސުލޫކު އެދެވޭ ގޮތަށް ބައްޓަން ކުރުމަށް، ހުރިހާ ބެލެނިވެރިން ވެސް، އައު އުޒުމްއެއްގައި މަސައްކަތް ކުރާނެ ކަމަށެވެ.

ވޭތިވެދިޔަ އަހަރަކީ، ދަރިވަރުންނަށް ނާސްތާ ހިލޭ ދެވެން ފެށުނު އަހަރުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚްގައި މިކަން ކުރަން އެންމެ ފުރަތަމަ ފެށުނު އަހަރު ކަމަށާއި، މިކަމުގެ ހެޔޮ އަސަރުތައް މުސްތަގުބަލްގައި ފެންނާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ތައުލީމީ ނިޒާމަށް ގެންނަންފެށިފައިވާ ދެވަނަ ބޮޑު ބަދަލަކީ، ސްކޫލްތަކުގެ ހިންގުން މަރުކަޒީ އުސޫލުން ލާމަރުކަޒީ އުސޫލަށް ބަދަލުކުރުން ކަމަށާއި، މިކަން އެއްކޮށް ތަންފީޒުވެގެން ދިއުމަށް އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.

މިކަމުގެ ނަތީޖާއަކަށް ވާނީ ކަންކަމުގައި ނިންމުންތައް ނިންމުމުގައި، ކަމުގައި އުޅޭ މީހުންގެ ބައިވެރިވުން ބޮޑުވުން ކަމަށާއި، އެދެވޭ ފެނެވޭ އިސްލާހުތަކެއް ސްކޫލްތަކަށް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ތިންވަނައަށް ދަރިވަރުންނަށް މަންފާކުރާ، ވަށާޖެހޭ ތަޢުލީމެއް ދިނުމަށްޓަކައި އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދަރިވަރުންނަށް އިޝާރާތްކުރައްވާ މިނިސްޓަރު ޑރ.އައިސަތު ވިދާޅުވީ ކުރާހިތްވާ ކަންތައްތައް ކުރުމަށް އެކަންކަމަށް ފުރުސަތު ހޯދުމަށް ކުރާހިތް ނުވާ ކަންތައްތައް ވެސް ކުރަން ޖެހޭނެކަމަށާއި، ކެރުމާ އެކީ ކުރިމަތިލައިގެން ނޫނީ، ކަންކަން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި މާޒީގެ ދުވަސްތަކަށް ވުރެ ކުލަގަދަ ދުވަސްތަކަކަށް، މުސްތަގްބަލް ހެދިދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމުގެ މައިގަނޑު ބޭނުމަކީ، ބުއްދި ފާގަތިކުރުމާ އެކު އުޅުން ފުރިހަމަކުރުން ކަމަށާއި، ފަހުން ކަންކަމާ މެދު ވިސްނަން އަދި އުނގެނެން ބޭނުންކުރަނީ، ސްކޫލް ދައުރުގައި ކިޔަވާ ކިޔެވުން ކަމަށެވެ. އަދި މީހުންނާ މުއާމަލާތް ކުރަން ބޭނުންކުރަނީ، ސްކޫލް ދައުރުގައި އަށަގެންނުވޭ އުޅުން ކަމަށެވެ އެހެންކަމުން، ސްކޫލްގައި އުޅެން ލިބޭ މަދު ދުވަސް ތަކުގައި، ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތަށް ކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް