Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޑިއުކޭޝަން މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓްރީއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ވުރެ ދަށް 55 ސްކޫލެއް!

މިނިސްޓްރީގެ ސްޓެންޑަޑްތައް ނުވަތަ މިންގަނޑުތަކަށް ވުރެ ދަށް، 55 ސްކޫލެއް ފާހަގަކުރެވުނު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2020 | ހޯމަ 04:49
ދިރާސީ އައު އަހަރު ފެށުމަށް އިސްކަންދަރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ދިރާސީ އައު އަހަރު ފެށުމަށް އިސްކަންދަރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގައި ހުރި ހުރިހާ ސްކޫލްތަކެއް ރިވިއު ހެދިއިރު، މިނިސްޓްރީގެ ސްޓެންޑަޑްތައް ނުވަތަ މިންގަނޑުތަކަށް ވުރެ ދަށް، 55 ސްކޫލެއް ފާހަގަކުރެވުނު ކަމަށެވެ.

ރާއްޖެޓީވީގެ 'ފަލަސުރުހީ' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިހެން ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރެވެ. ނަމަވެސް އެއީ ކޮން ސްކޫލްތަކެއް ކަމެއް ހާމައެއް ނުކުރައްވައެވެ.

Advertisement - newsAdvertisement

މިހެން ފާހަގަކުރެވުނު ސްކޫލްތަކުގެ އިތުރު ދިރާސާތަކެއް ކުރުމަށްފަހު، މިހާރު މި މައްސަލަތައް ދިމާވާން މެދުވެރިވީ ސަބަބުތައް ދެނެގަނެވިފައިވާ ކަމަށް އާތިޔާ ވިދާޅުވިއެވެ.

އާތިޔާ ވިދާޅުވީ މި ފެށޭ އަހަރު އެ 55 ސްކޫލް އެކްޝަން ޕްލޭންއަކާއި އެކު ރަނގަޅު ފެންވަރަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތިނެއް، ނުވަތަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސްކޫލަކީ އަންޑަރ ޕާރފޯމިންގް ނުވަތަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ ވަކި މިންގަނޑަކަށް ވުރެ ތިރީގައި ތިބޭ އެއްވެސް ސްކޫލެއް ނުހުންނާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

އޭގެ އިތުރުން، އަތޮޅު ތެރޭގައި ހުންނަ ސްކޫލްތަކާއި، މާލޭގައި ހުންނަ ސްކޫލްތަކާއި މެދު ތަފާތުކުރުންތަކެއް ގެންގުޅޭކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކާތައްވެސް އާތިޔާ ދޮގުކުރެއްވިއެވެ. އަދި އެކަހަލަ އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ހުންނަ ސްކޫލްތަކުގެ ފެންވަރު ދަށްވެގެން ބައެއް ފަރާތްތަކުން މާލެއަށް ހިޖުރަކުރާ މަައްސަލައަށްވެސް އާތިޔާ ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އާތިޔާ ވަނީ މާލެއަށް މީހުން ހިޖުރަކުރަނީ ހަމައެކަނި ތައުލީމުގެ ފުރުސަތުތަކަށް އެކަނި ނޫންކަމަށް ވިދާޅުވެފައެވެ. އާތިޔާ ދެކިވަޑައިގަންނަވާ ގޮތުގައި، މާލެއަށް މީހުން ހިޖުރަ ކުރަނީ ތައުލީމުގެ އިތުރުން، ވަޒީފާގެ ފުރުސަތުތަކާއި ސިއްހީ ޚިދުމަތް ހޯދުމަށް ކަމަށް ވެސް އާތިޔާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު