Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިމިނަލް ކޯޓް

އައްޑޫގައި ދުވަސްނުފުރާ ވިހެއި ކުއްޖާ: "ކުއްޖާ ވަޅުލިއިރުވެސް ވިންދުޖަހާ؟!"

ހެކިބަސް ނެގުން ވަނީ ނިމިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2020 | އާދީއްތަ 11:23
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

އައްޑޫސިޓީ މަރަދޫފޭދޫގައި ތުއްތު ކުއްޖަކު ވިހެއުމަށް ފަހު ވަޅުލި މައްސަލައިގެ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމުގެ އަޑުއެހުން ބާއްވައިފިއެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ވަނީ މި މައްސަލާގައި ޤަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ ލިބޭ ސ. މަރަދޫ ޝޭމްރޮކް އާމިނަތު ޝާހީ އާލަމްއާއި އޭނާގެ ފިރިމީހާ ސ. މަރަދޫފޭދޫ ފިނިފެންމާގޭ އިބްރާހީމް ވިސާމްއާއި ދެކޮޅަށް ދައުލަތުން ހުށައަޅާފައިވާ ހެކިތަކާއި ގުޅޭގޮތުން ދެފަރާތުން ވާހަކަދައްކާފައެވެ.

Advertisement - newsAdvertisement

ދައުލަތުން ހުށައަޅާފައިވާ ގިނަ ހެކިތަކުގައި، ތުއްތު ކުއްޖާ ނެގިއިރު ވިންދުޖަހާހެން ހީވާ ކަމަށާއި، ވަޅުލިއިރު މަރު ނުވާކަމަށް ލަފާ ކުރެވޭ ކަމަށް ގިނަ ހެކިބަސްތަކުގައި ބުނެފައިވެއެވެ. އެގޮތުން އެކަން ހިނގިއިރު ސ. ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރި ފުލުސް އޮފިސަރަކު ހެކިބަސް ދެމުން ބުނެފައިވަނީ، ކުއްޖާ ވަޅުލާފައިވާތަން ޓޯޗުން އަލިކޮށްގެން ބެލިއިރު ފިޔާތޮށި ޓީޝަރޓެއްގައި އޮޅާފައި އޮތް "އެއްޗެއް" ފެނުނު ކަމަށާއި، ބެލިބެލުމުން އެއީ ތުއްތު ކުއްޖެއްކަން އެނގުނު ކަމަށް ބުނެފައިވެއެވެ.

އަދި ކުއްޖާ ނެގިއިރުވެސް ވިންދު ޖަހާ ކަމަށާއި، ހޮސްޕިޓަލަށް ގެންދިއުމުން ކުއްޖާ ބެލި ޑޮކްޓަރުވެސް އެހެން ބުނި ކަމަށް ފުލުސް އޮފިސަރު ހެކިބަސްދީފައިވެއެވެ.

އަދި މައްސަލައިގައި ހިމެނޭ ދެމަފިރިންނާއި، އެ ކުއްޖާގެ ޑީއެންއޭ ސާމްޕަލް ދިމާވާކަމަށް ޑީއެންއޭ ތަހުލީލު ރިޕޯރޓް ތައްޔާރު ކުރެއްވި އޮފިސަރުވެސް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ދައުލަތުން 2 ސިއްރު ހެއްކެއް ހުށައަޅާފައިވާއިރު، ދައުލަތުން ހުށައެޅި އިތުރު ހެއްކެއްގައި ބުނީ، ކުއްޖާ އޮތީ ފިޔާތޮށި ކުލައިގެ ޓީޝަރޓަކަށް ލާފައި ކަމަށާއި، އޭގެ ތެރެއިން ކުއްޖާ ނެގިއިރު އޮތީ ފެންދުލިގަނޑާވެސް އެކުގައި ކަމަށެވެ. އަދި ކުއްޖާ ގައިގައި ގާތްގަނޑަކަށް 7 އިންޗި ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ކުއްޖާގެ ވިންދު ހުރިއިރު، ފައިވެސް ކުޑަކޮށް ތެޅޭހެން ހީވާކަމަށް ބުނެ ހެކިވެރިއަކު ވަނީ ހެކިބަސް ދީފައެވެ.

މި މައްސަލައިގެ ސިއްރު ހެކިވެރިޔާ 1 ބުނެފައިވާ ގޮތުގައި ހާދިސާ ހިނގި ދުވަހު އޭނާއާއި ވިސާމްއާއި ދިމާވިއެވެ. އަދި ދިމާވިއިރު ވިސާމް ހުރީ ބިރުގަނެ ދެރަވެފައި ކަމަށާއި، ފަކީރާއަކުން ވަޅު ކޮނުމަށްފަހު ފަސްއެޅީވެސް ވިސާމްކަމަށް އޭނާ ހެކިބަސް ދީފައިވެއެވެ. އަދި ކުއްޖާ މަރުވީ އެބޯރޓްވެގެންކަމަށްވެސް އޭނާ ގާތު ވިސާމް ބުނިކަމަށްވެއެވެ.

އޭގެ އިތުރުން، އެ ކުއްޖާ ވަޅުލިއިރުވެސް އިނގިލިތައް ތެޅޭ ކަމަށް މި ސިއްރު ހެކިވެރިޔާ އިތުރު މީހެއްގެ ގާތުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގެ "ސީން އޮފް ކްރައިމް ރިޕޯރޓް" ތައްޔާރު ކުރެއްވި އޮފިސަރު ވިދާޅުވީ، ކުއްޖާ ފެންދުލިގަނޑުން ނެގިއިރު ކުޑަކޮށް ތެޅޭ ކަމަށާއި، އެވަގުތު ޔަޤީން ކުރުމަށް "ސްޓޭބަލް" ތަނެއްގައި ބާއްވައިގެންވެސް ބެލި ކަމަށެވެ. އަދި އެފަދަ ތަނެއްގައި ބޭއްވުމުންވެސް ފެން ދުލިގަނޑުގެ ތެރެއިން ކުއްޖާ ތެޅޭކަން ފެނުނު ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ. އެގޮތުން ފެންދުލިގަނޑުން ނެގިއިރު ތުއްތު ކުއްޖާގެ ވިންދު ހުރިކަން ޔަޤީންކަމަށް ވިދާޅުވެ އޮފިސަރު ވަނީ ހެކިބަސްދީފައެވެ.

އޭގެ އިތުރުން، މި ހާދިސާ ހިނގިއިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރި ރިޒްހާ ރަޒީންއަށް މިހާރު މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހަނދާން ނެތް ކަމަށް ބުނި ނަމަވެސް ރިޒްހާ މީގެ ކުރިން ދިން ބަޔާނުގައި ކުއްޖާގެ ހިތުގެ ވިންދު ހުރިކަން ފާހަގަވާ ކަމަށާއި، އެއީ ފިރިހެން ކުއްޖެއް ކަމަށް ބުނެފައިވާކަންވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

ތުއްތު ކުއްޖާ މަރާލީ ކަމަށް ދަޢުވާ ލިބޭ ވިސާމް އިންކާރު ކުރާއިރު، އޭނާގެ ވަކީލު ވިދާޅުވީ، މަރާލެވޭނީ ދިރިހުރި ފުރާނައެއް ކަމަށާއި، ކުއްޖާ ފެނުނު ކަމުގައިވިޔަސް އެއީ ދިރިހުރި ކުއްޖެއްކަން ޝައްކެއް ނެތް މިންވަރަށް ޔަޤީން ކުރެވޭ ވަރު ބުރަދަން ހުރި ހެއްކެއް ނެތް ކަމަށެވެ. އަދި ފެނުގައި ކޮންމެ އެއްޗެއް ހުއްޓަސް ކޮންމެސް ވަރެއްގެ "މޫވްމަންޓް"އެއް ހުންނާނެ ކަމަށާއި، އެއީ ކުއްޖާގެ ފުރާނަ ހުރިކަން ދަލީލުކޮށްދޭ ކަމެއް ނޫންކަމަށް ވަކީލު ވިދާޅުވިއެވެ.

މި މައްސަަލައިގައި ދަޢުވާ ލިބޭ ޝާހީގެ ފަރާތުން ފާހަގަކުރާނެ ކަމެއް ނެތް ކަމަށް ބުނެފައިވާއިރު، ވިސާމްގެ ވަކީލު ވިދާޅުވީ، ކުއްޖާ އެބޯރޓް ކުރުމަށް ވިސާމް ޝާހީއަށް އެއްވެސް ބޭހެއް ދީފައި ނުވާނެ ކަމަށާއި، ކުއްޖާ ބައިގެން ދިޔަ ނަމަ އެއީ ޝާހީގެ ޢަމަލަކުން ވީ ކަމެއް ކަަމަށެވެ.

މި މައްސަލައިގެ ހެއްކާ ގުޅޭގޮތުން ވާހަކަދެއްކުމުގެ އަޑުއެހުން ނިންމާލާފައިވާއިރު ދެން މި މައްސަލައިގައި އޮންނާނީ ޚުލާސާ ބަޔާން އިއްވުމެވެ. އެގޮތުން ޚުލާސާ ބަޔާން އިއްވުމަށް 4 ފެބްރުއަރީ 2020 އަށް ވަނީ ތާވަލުކޮށްފައެވެ. އަދި މައްސަލައިގައި ޙުކުމް ކުރުމަށް 27 ފެބްރުއަރީ ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައަށް މިހާރުވެސް 7 އަހަރު ވަނީ ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައުދާ މަރުވި ރޭގައި އޭނާ ރައްޓެހިވެގެން އުޅުނު ކުއްޖާއާ ހިތްހަމަ ނުޖެހިގެން ވާހަކަދައްކާފައިވޭ: ފުލުހުން

ރައުދާ މަރުވި ރޭގައި އޭނާ ރައްޓެހިވެގެން އުޅުނު ކުއްޖާއާ ހިތްހަމަ ނުޖެހިގެން ވާހަކަދައްކާފައިވޭ: ފުލުހުން

08 އެޕްރީލު 2017
އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

18 މާރިޗު 2017
 ލަންކާގައި ދިވެހި ކުއްޖާ ނިޔާވީ ސްވައިން ފްލޫ ޖެހިގެނެއް ނޫން: އާސީރީ ހޮސްޕިޓަލް

ލަންކާގައި ދިވެހި ކުއްޖާ ނިޔާވީ ސްވައިން ފްލޫ ޖެހިގެނެއް ނޫން: އާސީރީ ހޮސްޕިޓަލް

14 މާރިޗު 2017
އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ

އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ

03 މާރިޗު 2017
ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި

ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު