އެރިޔަދޫ ރިސޯޓެއްގައި މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެ
9 ޖެނުއަރީ 2020 | ބުރާސްފަތި 18:09މަރުވެފައި އޮއްވާ ފެނުނީ ރިސޯޓުގެ ކޮޓަރިއެއްގެ ތެރެއިން

އަމްނާ އިމާދު | 9 ޖެނުއަރީ 2020 | ބުރާސްފަތި 18:09

އެރިޔަދޫ ރިސޯޓު
އެރިޔަދޫ އައިލެންޑް ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ އެރިޔަދޫ ރިސޯޓުގެ ކޮޓަރިއެއްގައި 60 އަހަރުގެ ފަތުރުވެރިއަކު މަރުވެފައި އޮތްކަމުގެ ރިޕޯޓު ލިބުނީ, ބުރާސްފަތި ދުވަހުގެ މެންދުރު 14:22 ހާއިރު ކަމަށެވެ. އަދި މަރުވެފައިވަނީ ރަޝިޔާ ފިރިހެން ފަތުރުވެރިއެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ މި މަޢުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް އެރިސޯޓަށް ގޮސްފައިވާ ކަމަށާއި، އަދި މިހާރު އެމީހާގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެނެސްފައިވާ ކަމަށެވެ.
މި ޙާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަަމަށް ފުލުހުން މަޢުލޫމާތުދެއެވެ.







