Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްު

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގުރާމުގައި 200 ވުރެ ގިނަ މީހުން ބައިވެރިވި

މި ޕްރޮގްރާމް ހިންގާތާ މިއީ 11 ވަނަ އަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޖެނުއަރީ 2020 | ބުރާސްފަތި 12:12
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގެ ތެރެއިން

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގެ ތެރެއިން

ދިރާގުން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ ވޯކްއިން އިންޓަވިއުގައި 200 ވުރެ ގިނަ ކުދިން ބައިވެރިވި ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ އެ އިންޓަވިއުގައި 200 އަށްވުރެ ގިނަ ކުދިން ބައިވެރިވިއިރު މިހާރު ކުރިއަށްދަނީ ކުދިން ޝޯޓްލިސްޓް ކުރުމުގެ ކަންތައްތައް ކަމަށެވެ.

Advertisement - newsAdvertisement

ވޯކްއިން އިންޓަވިއު ދިރާގުން ކުރިއަށް ގެންދިޔައީ، މި މަހުގެ 7 ވަނަ ދުވަހު މެންދުރު 14:00 އިން ހަވީރު 17:00 އާއި ދެމެދުގައި ދިރާގު މައި މަރުަކޒުގައްޔާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމު ކޮށްފައިވާ ދިރާގުގެ ރީޖަނަލް އޮފީސްތަކުގައެވެ.

ދިރާގުން 2009 ގައި ތަޢާރަފުކުރި މި ޕްރޮގުރާމް ހިންގާތާ މިއީ 11 ވަނަ އަހަރެވެ. މަސައްކަތުގެ ޢަމަލީ އަދި ފަންނީ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ ދަށުން ހޮވޭ ކުދިންނަށް ހުޅުވާލާފައި ވެއެވެ.

މި ޕްރޮގުރާމް ނިންމާ ގިނަ ކުދިންނަކީ ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބުކަމާއެކު އަދާކުރަމުން އަންނަ ޒުވާނުން ކަމަށާއި، މިއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ ކާމިޔާބު ރަމްޒުކޮށްދޭ އެއް ހެކި ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮގުރާމުގައި ދިރާގުގެ ވަރަށް ގިނަ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސޭލްސް، މާރކެޓިންގ، ޕްރޮކިއުމަންޓް އެންޑް ޕްރޮޕަޓީ މެނޭޖްމެންޓް، ހިރުމަން ރިސޯސަސް،ފައިނޭންސް، އިންފޮމޭޝަން ސިސްޓަމްސް، ނެޓްވޯރކްސް އަދި ކަސްޓަމަރ ސޮލިއުޝަންސް ޑިޕާޓްމަންޓް ހިމެނެއެވެ. އަދި ބައިވެރިވާ ކުދިންނަށް އެންމެ ފުރިހަމަ ގޮތުގައި އެހީތެރިވުމުގެ ގޮތުން ކޮންމެ ކުއްޖަކަށް ދިރާގުގެ ފަރާތުން މެންޓޯއެއް ކަނޑައެޅިފައިވާނެއެވެ.

މި ޕްރޮގުރާމުގެ ތެރޭގައި ހިމެނޭ ރަސްމީ ކޯސްތަކާއި ޓްރެއިނިން ތަކުގެ ތެރޭގައި ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގް ވެސް ހިމެނެއެވެ.

ދިރާގުން ބުނީ، މިހާތަނަށް އެޕްރެންޓިސްޝިޕް ޕްރޮގުރާމުން 200 އަށްވުރެ ގިނަ ޒުވާނުން ދަސްވެނިވެފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު