Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށި ސިޓީ ކައުންސިލްގައި ސިޓީ މޭޔަރަކާއި، 6 ކައުންސިލަރުން!

9 ޖެނުއަރީ 2020 | ބުރާސްފަތި 09:23

ކުޅުދުއްފުށި ސިޓީގައި 6 ކައުންސިލަރުން ހިމެނޭއިރު ދެ ޑޮނޑި އަންހެނުންނަށް ހާއްސަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 ޖެނުއަރީ 2020 | ބުރާސްފަތި 09:23
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މި ހިނގާ 2020 ވަނަ އަހަރު ފެށުމާއެކު ސިޓީއެއްގެ ދަރަޖަދީފައިވާ ހދ. ކުޅުދުއްފުށީގައި ސިޓީ ކައުންސިލްގައި މޭޔަރެއްގެ އިތުރުން 6 ކައުންސިލަރުން ތިއްބަވާގޮތަށް ދައިރާތައް ބަހާލައިފި އެވެ.

ކުޅުދުއްފުށިގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، މުޅި ކުޅުދުއްފުށި ވަނީ 6 ދާއިރާއަކަށް ބަހާލާފަ އެވެ. އެހެންކަމުން އެއިން ކޮންމެ ދާއިރާއަކުން ކައުންސިލަރެއް އިންތިހާބު ކުރެވޭއިރު، މުޅި ކުޅުދުއްފުށި ސިޓީން ސިޓީ މޭޔަރެއް އިންތިހާބު ކުރެވޭނެ އެވެ.

Advertisement - newsAdvertisement

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ 6 ކައުންސިލަރުގެ ތެރޭގައި 2 އަންހެން ކައުންސިލަރުން ހިމެނޭނެ އެވެ. އަންހެން ކައުންސިލަރުންނަށް ހާއްސަ ކުރާ ދާއިރާތަށް ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ، އިލެކްޝަންސް ކޮމިޝަނުން އެހެން ސިޓީތަކުގައި އަމަލު ކޮށްފައިވާގޮތަށް، ދާއިރާތަކުގެ ތަރުތީބުން، ކޮންމެ ތިން ދާއިރާއަކުން އަންހެން ކައުންސިލަރެއް ގުރުއަތުލައި، 6 ދާއިރާއިން 2 ދާއިރާ އަންހެން ކައުންސިލަރުންނަށް ހާއްސަ ކުރުމަށެވެ.

ކުޅުދުއްފުށީގައި ސިޓީގައި ސިޓީ މޭޔަރުގެ އިތުރުން 6 ކައުންސިލަރުން ތިއްބާއިރު، މާލެ ސިޓީގައި ސިޓީ މޭޔަރުގެ އިތުރުން 18 ކައުންސިލަރުން ހިމެނެއެވެ. އަދި އައްޑޫ ސިޓީގައި ސިޓީ މޭޔަރުގެ އިތުރުން 12 ކައުންސިލަރުން ހިމެނޭއިރު، ފުވައްމުލަކު ސިޓީގައި ސިޓީ މޭޔަރުގެ އިތުރުން 6 ކައުންސިލަރުން ހިމެނެ އެވެ.

މީގެއިތުރުން މާލޭ ސިޓީ ކައުންސިލްގައި 6 ދާއިރާއެއް އަންހެނުންނަށް ހާއްސަކުރެވޭއިރު، އައްޑޫ ސިޓީ ކައުންސިލްގައި 4 ދާއިރާއެއް އަންހެނުންނަށް ހާއްސަ ކުރެވެ އެވެ. އަދި ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގައި ދެ ދާއިރާ އަންހެނުންނަށް ހާއްސަކުރެވެ އެވެ.

އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަކީ ދިވެހިރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ރައްޔިތުން އިތުރަށް ބާރުވެރިކުމަށާއި، މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށް ނިންމަވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅާއެއްގޮތަށް ބޭއްވޭ ފުރަތަމަ އިންތިހާބެވެ.

ލާމަރުކަޒީ ގާނޫނު ވުޖޫދުވެ، އެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ކައުންސިލްތަކުގެ އިންތިހާބު ބާއްވާފައިވަނީ 2011 ވަނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު އެވެ. އެގާނޫނުގެ ދަށުން މިހާތަނަށް ލޯކަލް ކައުންސިލްތަކުގެ ތިން އިންތިހާބު ބާއްވާފައިވާއިރު، އަންނަ އޭޕްރީލް މަހު ބާއްވާ އިންތިހާބަކީ ހުރިހާ ގޮތަކުން ވެސް ތަފާތު އިންތިހާބެކެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް