Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީ

އިންތިހާބާގުޅޭ ގައުމީ ލަފާދޭ ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ކޯރަމް ހަމައެއް ނުވި!

ކޮމެޓީގައި ތިއްބަވަނީ 30 މެމްބަރުން، ކޯރަމަކީ 10 މެމްބަރުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި އޮފިޝަލުން ނުލާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2020 | ބުރާސްފަތި 08:16
އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން

އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން

އިލެކްޝަންސް ކޮމިޝަނުގައި އޮންނަ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު 2020" ގައުމީ ލަފާދޭ ކޮމެޓީން ބުރާސްފަތި ދުވަހު ބާއްވަން އޮތް ކޮމެޓީގެ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން ކެންސަލް ކޮށްފި އެވެ.

ގައުމީ ލަފާދޭ ކޮމެޓީގެ ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގެ އެޖެންޑާގައި ހަމައެކަނި އޮތީ، ކުޅުދުއްފުށީގެ ދާއިރާތައް ބެހުމާއި އަންހެނުންނަށް ހާއްސަ ދާއިރާތަކަށް ގުރުނެގުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

Advertisement - newsAdvertisement

އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީގައި ހިމެނެނީ:

1. ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީތައް.

2. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް.

3. ސިވިލް ސަރވިސް ކޮމިޝަން.

4. މޯލްޑިވްސް ޕޮލިސް ސަރވިސް.

5. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން.

6. މޯލްޑިވްސް މީޑިއާ ކައުންސިލް.

7. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން.

8. އެންޓި ކޮރަޕްޝަން ކޮމިޝަން.

9. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް.

10. އެޓަރނީ ޖެނެރަލްގެ އޮފީސް.

11. ލޯކަލް ގަވަރމަންޓް އޮތޯރިޓީ.

12. ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ޖަމްޢިއްޔާތައް.

ޤައުމީ ލަފާދޭ ކޮމެޓީީގައި އިލެކްޝަންސް ކޮމިޝަނުގެ ފަސް މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލާއި އެކޮމިޝަނުގެ ޤާނޫނީ ވަކީލަކު ހިމެނެއެވެ. އަދި މަދަނީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ތެރެއިން ތިން ޖަމްޢިއްޔާއެއް ޤައުމީ ލަފާދޭ ކޮމެޓީގައި ތަމްސީލު ކުރާއިރު، ޤައުމީ ލަފާދޭ ކޮމެޓީގައި ޖުމުލަ 30 މެމްބަރުން ހިމެނެ އެވެ. އެ ކޮމެޓީގެ ކޯރަމަކީ ސިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި އެކޮމިޝަނުގެ އޮފިޝަލުން ނުހިމެނޭގޮތަށް 10 މެމްބަރުން ނެވެ.

އެކޮމެޓީގެ ބައްދަލުވުން ބުރާސްފަތި ދުވަހު ބާއްވަން ނިންމިއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ، ކުޅުއްދުފުށި ސިޓީއަކަށް ބަދަލުވެފައިވާތީ، އެ ސިޓީގެ ސިޓީ ކައުންސިލްގެ ދާއިރާތަށް ކަނޑައެޅުމާއި ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ ކުރެވޭ ދާއިރާތަށް ކަނޑައެޅުމަށް ގުރުއަތުލުމަށްޓަކައި ބުރާސްފަތި ދުވަހު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާގޮތަށް ހަމަޖައްސާފަ އެވެ.

ބުރާސްފަތި ދުވަހު ބާއްވަން އެޖެންޑާކުރި ގައުމީ ލަފާދެ ކޮމެޓީގެ ބައްދަލުވުން ކޯރަމް ހަމަނުވެގެން ކެންސަލް ކުރިނަމަވެސް އެކޮމެޓީއަށް ހާޒިރުވި މެމްބަރުންނަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ދާއިރާތައް، ކުޅުއްފުށީގެ މިހާރުގެ ކައުންސިލުން ބަހާފައިވާ ގޮތާއި، ކޮމިޝަނުން ބަހަން ނިންމާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓަކާއެކު ކުރެހުމެއް ވަނީ ފޯރުކޮށްދެއްވާފަ އެވެ.

އިލްކެޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކުޅުދުއްފުށި ސިޓީ ކައުންސިލެއް އިންތިހާބު ކުރާއިރު، ދާއިރާތައް ބަހާލަން ބޭނުންވާގޮތް އެކައުންސިލުން ފޯރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކުޅުއްދުއްފުށި ކައުންސިލްގެ އެހުށަހެޅުމަށް ކޮންމެވެސް ވަރަކަށް ބަދަލުތަކެއް ގެންނަވާފަ އެވެ.

ކުޅުއްދުއްފުށި ސިޓީ ކައުންސިލްގައި ސިޓީ މޭޔަރެއްގެ އިތުރުން 6 ކައުންސިލަރުން އިންތިހާބު ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެހެންކަމުން ދާއިރާތަކުގެ ތަރުތީބުން ގުރުއަތު ލާއިރު، ކޮންމެ ތިން ދާއިރާއަކުން ގުރުއަތުން ހޮވޭ އެއް ދާއިރާ ކަނޑައަޅާނީ އަންހެނުންނަށް ހާއްސަ ދާއިރާއެއްގެ ގޮތުގަ އެވެ. އެހެންކަމުން، 6 ހައުންސިލަރުންގެ ތެރެއިން ނުވަތަ 6 ދާއިރާގެ ތެރެއިން އަންހެނުންނަށް 2 ދާއިރާ ހާއްސަ ކުރެވޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި

ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި

06 މާރިޗު 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު