Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިއާންގެ މަރުގެ މައްސަލަ

މަސްލަހަތު އޮންނަ މައްސަލައެއްގައި ވަކީލަކާއި "ދިމާކޮށްލުމުން" އަނާރާއަށް ފާޑުކިއުން!

ޖިއާންގެ މަރުގެ ކޭސްގައި ޝުނާނާ ޤާނޫނީ ގޮތުން މަސައްކަތް ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2020 | އަންގާރަ 03:55
ޤާނޫނީ ވަކީލު މަރިޔަމް ޝުނާނާ އަދި ބާރ ކައުންސިލްގެ މެމްބަރު އަނާރާ ނައީމް

ޤާނޫނީ ވަކީލު މަރިޔަމް ޝުނާނާ އަދި ބާރ ކައުންސިލްގެ މެމްބަރު އަނާރާ ނައީމް

އަމިއްލަ މަޞްލަޙަތު އޮންނަ މައްސަލައަކާއި ގުޅޭގޮތުން މީސްމީޑިއާގައި ވަކީލަކާއި "ދިމާކޮށްލި" ކަމަށްބުނެ ބާރ ކައުންސިލްގެ މެންބަރު އަނާރާ ނަޢީމަށް ގިނަ ބައެއްގެ ފާޑުކިއުން ޢަމާޒުވެއްޖެއެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ އަނާރާއަށް ފާޑުކިއުން ޢަމާޒުވެފައި މިވަނީ ޤާނޫނީ ވަކީލު މަރިޔަމް ޝުނާނާ ގެ ޓްވީޓަކަށް އަނާރާ ދެއްވި ޖަވާބެއްގެ ސަބަބުންނެވެ.

Advertisement - newsAdvertisement

އެގޮތުން 2020 ވަނަ އަހަރުގެ ޢަމާޒުތަކާއި ގުޅޭގޮތުން ޝުނާނާ ކުރެއްވި ޓްވީޓަކަށް ޖަވާބުދެއްވަމުން އަނާރާ ވިދާޅުވީ، ޢަމަލު ކުރެވޭ ގޮތަކުން ކުންފުންޏެއްގެ މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާ ގެއްލި ޢާއިލާތައް ބިކަވެދާނެ ކަަމާމެދުވެސް ވިސްނާލުން މުހިންމު ކަމަށެވެ.

އަނާރާ އެހެން ވިދާޅުވިއިރު، އަނާރާގެ މަޞްލަޙަތު އޮންނަ ކުންފުންޏެއް ކަމަށްވާ ޑަބްލިއު ކޮންސްޓްރަކްޝަން އިން ޢިމާރަތް ކުރަމުން ދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ އަންހެން ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން މަރުވި ކޭސްގަ ޝުނާނާ ވަނީ ޤާނޫނީ ގޮތުން މަސައްކަތް ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ޓްވިޓަރގައި އަނާރާއަށް ފާޑުކިއުން ޢަމާޒުވެފައިވާއިރު، އަނާރަ ވިދާޅުވީ، މުވައްޒަފުން ވަޒީފާއާ ޙަވާލުވަނީ ޒިންމާތަކަކާއެކު ކަމަށާއި، މުވައްޒަފުންގެ އިހުމާލުގެ ޒިންމާ ވެރިން އުފުލަން ނުޖެހޭ ކަމަށެވެ. އަދި ކޯޓުގެ ޙުކުމުގައިވެސް އެހެން ނިންމާފައިވާކަމަށް އަނާރާ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ޝުނާނާ ވިދާޅުވީ، އެ މައްސަލަ އިސްތިޢުނާފަށް ލާފައިވާ ކަމަށެވެ. އަދި އަނާރާ ނަޢީމްގެ ފިރިކަލުންގެ ކުންފުންޏަކާއި ދެކޮޅަށް ދަޢުވާކުރާ އެ މައްސަލައިގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭތީ އެފަދައިން ދިމާނުކުރުމަށްވެސް ޝުނާނާ ވަނީ އެދިފައެވެ.

ބާރ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުންނަވައި އަމިއްލަ މަޞްލަޙަތު ހިމެނޭ މައްސަލައެއްގައި އެފަދައިން ވާހަކަ ދެއްކެވުމުން އެ މައްސަލަ ބަލައި ދިނުމަށް ގިނަ ބަޔަކު ދަނީ ބާރ ކައުންސިލަށް ގޮވާލަމުންނެވެ.

ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހުމުގެ ސަބަބުން މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގަ ދަޢުވާ ކުރި ހަ މީހުންގެ ތެރެއިން ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރު ފިޔަވާ އެހެން އެންމެންގެ މައްޗަށް ދައުވާ ސާބިތުވެ، ވަނީ ޙުކުމް އިއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު

މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު

08 އެޕްރީލު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

22 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު