އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި ދެބިދޭސީން ހުއްޓުވައިފި
6 ޖެނުއަރީ 2020 | ހޯމަ 08:37ބެލުމުގެ ދަށަށް ގެނެއީ 21 އަހަރާއި، 29 އަހަރުގެ ދެމީހުން

އަމްނާ އިމާދު | 6 ޖެނުއަރީ 2020 | ހޯމަ 08:37

ހުއްޓުވި ބިދޭސީއެއް
އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި ދެ ބިދޭސީ ފިރިހެނަކު ހުއްޓުވައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ނަކަލުކޮށްފައިވާ ކާޑު ބޭނުންކޮށް، އޮޅުވާލައިގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ދެ ބިދޭސީން ހިފަހައްޓާފައިވާ ކަމަށެވެ.
އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 21 އަހަރާއި، 29 އަހަރުގެ ދެ ފިރިހެނުން ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ނަކަލުކޮށްފައިވާ ޕާސްޕޯޓް ބޭނުންކޮށްގެން ނުވަތަ އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 12 މީހަކު ހިފަހައްޓާފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.






