Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ- އިރާނު

ސުލައިމާނީ އަވަހާރަކޮށްލަން ދިން ހަމަލާ އާ މެދު ޑިމޮކްރަޓުންގެ ސުވާލުތަކެއް

ޑިމޮކްރަޓުން އެންމެ ބޮޑަށް ސުވާލު އުފައްދަމުން ގެންދަނީ އެހަމަލާދިނުމަށް ޓްރަމްޕް ޔޫއެސް ހައުސްގެ އާ ބަސް ހޯދާފައިނުވާތީ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ޖެނުއަރީ 2020 | ހުކުރު 12:45
ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން ތެހެރާންގައި މުޒާހަރާ ކުރަނީ

ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން ތެހެރާންގައި މުޒާހަރާ ކުރަނީ

އިރާނުގެ އިސްލާމިކް ރިވޮލިޔުޝަނަރީ ގާޑު ގުދުސް ފޯސްގެ ވެރިޔާ އަދި އެގައުމުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ މޭޖާ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް އެމެރިކާއިން ހަމަލާދިނުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންގުވުމާއި ގުޅިގެން އެކަމަށް ޑިމޮކްރަޓުން ފާޑުކިޔަމުން އެބަދެއެވެ.

އެގޮތުން ޑިމޮކްރަޓުން އެންމެ ބޮޑަށް ސުވާލު އުފައްދަމުން ގެންދަނީ އެހަމަލާދިނުމަށް ޓްރަމްޕް ޔޫއެސް ހައުސްގެ އާ ބަސް ހޯދާފައިނުވާތީ އެވެ.

މިކަމާއި ގުޅިގެން ޑިމޮކްރަޓުން ކޮންޓްރޯލްކުރާ ހައުސްގެ ސްޕީކަރ ނޭންސީ ޕެލޯސީ ވިދާޅުވީ އެމެރިކާގެ ލީޑަރުންގެ އެންމެ އިސް ވާޖިބެއްކަމަށް ވާންވާނީ އެމެރިކާގެ ރައްޔިތުންގެ ސަލާމަތްތެރިކަން ކަމަށެވެ. އެމެރިކާގެ ސިފައިންނާއި ޑިޕްލޮމެޓުންނާއި އެމެރިކާގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅޭފަދަ ކަންކަން ނުކުރެވޭނެކަމަށް ނޭންސީ ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ނޭންސީ ވިދާޅުވެފައިވަނީ މިހަމަލާތައް ދީފައިވަނީ ޔޫއެސްގެ މިލިޓަރީ ފޯސްގެ ހުއްދައެއް ހޯދުމަކާ ނުލާކަމަށެވެ. އަދި މިކަމަށް ކޮންގްރެސްގެ ލަފައެއްވެސް ހޯދާފާ ނުވާކަމަށް ނޭންސީ ވަނީ ވިދާޅުވެފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތާއި މަޝްރަހު ކިޔައިދިނުމަށް އެކަމަނާ ވަނީ ގޮވާލައްވާފަ އެވެ.

އެހެން ޑިމޮކްރަޓެއް ކަމުގައިވާ އެޑަމް ޝިފް ކޮށްފައިވާ ޓްވީޓެއްގައިވާ ވިދާޅުވެފައިވަނީ އެމެރިކާ ރައްޔިތުން އިރާނާއެކު ހަނގުރާމަ ކުރަން ބޭނުންނުވާ ކަމަށެވެ. ސުލައިމާނީ އަކީ ގިނަ ހަމަނުޖެހުންތަކެއްގެ ޒިންމާ ނަގަންޖެހޭ ފަރާތެއްކަމަށާއި އޭނާގެ ނެތި ދިިޔުން ދުނިޔެއަށް މާ ރަނގަޅުކަމަށް އެޑަމް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ކޮންގްރެސް އިން މިކަމަށް އާ ބަސް ދީފައިނުވާކަމަށާއި ކޮންމެ ކަމެއްވެސް ކުރަންވާނީ އެގައުމުގެ ސަލާމަތީ ފައުޖުތަކަށް ސަލާމަތާއި ރައްކާތެރިކަން ޔަގީންވާ ގޮތަށްކަމަށް އެޑަމް ވަނީ ވިދާޅުވެފަ އެވެ.

މިހަމަލާއާ ގުޅިގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވަނީ ސުލައިމާނީ އަކީ އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ މީހެއް ކަމަށެވެ. ނަމަވެސް ޓްރަމްޕްގެ މިއަމަލުން އިތުރަށް ހުޅުހިފުން ނޫން ކަމެއް ނުވިކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ބައިޑަން ވިދާޅުވެފައިވަނީ އެމެރިކާގެ ހަމަލާއަކީ އިރާނުން ދޭން ތައްޔާރުވަމުންދާ ހަމަލާތައް ނާކާމިޔާބު ކޮށްލުމަށް ދިން ހަމަލާއެއް ކަމަށް ބުނިނަމަވެސް ކަންތައް ވެގެންދާނީ އެއާ ދެކޮޅަށް ކަމަށެވެ. އަދި މިހަމަލާދިނުމަށް ޓްރަމްޕް އަމުރުކުރި ކުރުމާއި މިހަމަލާއާއެކު އެމެރިކާގެ ލަޝްކަރުތަކަށާއި، އެމްބަސީގައި ތިބި މީހުންނަށާއި އެމެރިކާގައާއި އެމެރިކާއިން ބޭރުގައި ތިބި އެގައުމުގެ ރައްޔިތުންގެ ސަލާމަތާއި އަދި މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އެމެރިކާއިން އަޅާނެ ފިޔަވަޅު ތަކަކީ ކޮބައިކަން އެނގެންޖެހޭ ކަމަށެވެ.

ޓްރަމްޕްގެ މިއޯޑަރަށް އެކި މެމްބަރުން ރައްދުދީފައިވާއިރު ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުންވަނީ ޓްރަމްޕްގެ މިއަމުރާއި މިހަމަލާ ދިފާޢުކުރައްވާ ވާހަކަ ދައްކަވާފައެެވެ.

އެގޮތުން ރިޕަބްލިކަން ހައުސްގެ މައިނޯރިޓީ ލީޑަރ ކެވިން މެކާތީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސުލައިމާނީ އަކީ ޓެރަރިސްޓެއްކަމަށެވެ. އަދި މިހަމަލާއާއެކު ރައީސް ޓްރަމްޕް އާއި އެގައުމުގެ ސިފައިން އިރާނަށް ދިން މެސެޖަކީ އެމެރިކާއާ ދެކޮޅަށް ދޭ ހަމަލާތަކަށް ރައްދުނުދީ ނުތިބޭނެ ކަމުގައެވެ.

ރިޕަބްލިކަންގެ އެހެން މެމްބަރަކު ކުރެއްވި ޓްވީޓެއްގައި ވަނީ ޓްރަމްޕް ގެ މިއަމަލަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޔޫއެސް ހައުސްގައި އިންނަވާ އަމިއްލަ މެމްބަރެއްކަމަށްވާ ޖަސްޓިން އެމަޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމެރިކާގެ ޤާނޫނު އަސާސީގައި ހަނގުރާމައެއް ފެށުމުގެ ކުރިން ކޮންގްރެސްގެ އާ ބަސް ހޯދުމަށް އޮންނަނީ ސަބަބުތަކެއް އޮވެގެންކަމަށް ވިދާޅުވެފަ އެވެ. އެމެރިކާގެ ކޮންމެ ރައްޔިތަކަށްވެސް މިފަދަ ހަމަލާތަކުގެ ސަބަބުން އަސަރުކުރާނެ ކަމަށެވެ. ސުލައިމާނީ އަކީ ޓެރަރިސްޓެއްކަމަށާއި ނަމަވެސް މިފަދަ ހަމަލާއެއް ދިނުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުގެ ރުހުން އެކަމަށް ހޯދަން ޖެހޭނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާއިން ދިން ހަމަލާގައި ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާނުގެ ފޮރިން މިނިސްޓަރ ވަނީ އެމެރިކާއިން މިކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމަކީ ވަރަށް ނުރައްކާތެރި މޮޔަ ކަމެއްގެ ގޮތުގައި ފޮރިން މިނިސްޓަރ ވަނީ ސިފަ ކުރައްވާފަ އެވެ.

މީގެއިތުރުން ހިޒްބުﷲ ޖަމާއަތުންވެސް ވަނީ މިއީ ހަނގުރާމަ އިއުލާންކުރުން ކަމުގައި ބުނެފަ އެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު