Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހަނާގެ މަރު

ހަނާގެ މަރު: ވާމިލިއަންއަށް ފޫނުބެއްދޭވަރުގެ ބޮޑު ފަޅުކަމެއް!

30 ޑިސެމްބަރު 2019 | ހޯމަ 09:19

ކުންފުންޏަށް އިހުލާސްތެރި މުއައްޒަފެއް

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޑިސެމްބަރު 2019 | ހޯމަ 09:19
ހަނާ، އޭނާގެ މުއައްޒަފުންނާއެކު

ހަނާ، އޭނާގެ މުއައްޒަފުންނާއެކު

ހަނާ އަބްދުއްސައްތާރުއާ ނުލާ ވާމިލިއަންގެ ރިޒަވޭޝަން ޑިޕާޓްމެންޓު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހީވާގި ކަމާއި މުރާލިކަމާއެކު ހުރިހާ މުއައްޒަފުން ގޮވައިގެން މަސައްކަތް ކުރާ އަދި އެންމެންނާވެސް ނުހަނު އެކުވެރި ހަނާގެ ކުއްލި ވަކިވުމަކީ ކުންފުންޏަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް އެކުންފުނިން ދެކެއެވެ.

ސްޓްރޯކެއް ޖެހިގެން އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށް ހަނާ ނިޔާވީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ. ހަނާ ނިޔާވިއިރު އުމުރުން ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި ފިރިޔަކު ދުނިޔޭގައި އެބަ ތިއްބެވެ. ހަނާގެ ކުއްލި މިމަރާއި ގުޅިގެން މުޅި އެ އޮފީހަށާއި ހަނާގެ އާއިލާއަށް ވަނީ ނުހަނު ބޮޑު ހިތާމައަކާ އަދި ހައިރާންކަމެއް ކުރިމަތިލާން ޖެހިފައެވެ. އެންމެންގެ ހިތްތަކަށް ވަނީ ފޫނުބެއްދޭވަރުގެ ހުސްކަމެއް ގެނުވާފައެވެ.

ވާމިލިއަންގައި 13 އަހަރަށްވުރެ ގިނަ ދުވަހު ހަނާ ވަނީ މަސައްކަތްކޮށްފައެވެ. އެ ކުންފުނިން ބުނީ ހަނާ އަކީ އޮފީހުގެ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަންދީގެން މަސައްކަތް ކުރާ އިހުލާސްތެރި މުއައްޒަފެއް ކަމަށެވެ. އަދި ހަވާލުކޮށްފައިވާ ޒިންމާއެއް އަދާނުކޮށްގެން ނުވަތަ ހަނާގެ ފަރާތުން އެއްވެސް މައްސަލައެއްވެސް ކުރިމަތިވެފައިނުވާކަމަށް ކުންފުނިން ބުނެއެވެ.

ވާމިލިއަން ކުންފުނީގެ ޕަބްލިކް ރިލޭޝަން އޮފިސަރު ހުސައިން ޝިޔާހު ވިދާޅުވީ އުމުރުން 30 އަހަރުގެ ހަނާއަކީ ހުރިހާ މުއައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރާ، މުވައްޒަފުންނާއި ގާތް އެކުވެރިއެއް ބާއްވާ އަދި ސުލްހަމަސަލަސްކަން ދަމަހައްޓަން އެހާމެ ގަދައަޅައި މަސައްކަތް ކުރި މުވައްޒަފެއް ކަމަށެވެ. އަދި އޮފީސް ތެރޭގައި ޖެހޭ މައްސަލަތައް ވާހަކަދައްކައިގެން ހައްލުކޮށް، މުއައްޒަފުންނަށް އިތުރު ހިތްވަރުދީގެން މަސައްކަތްކުރުވާ ލީޑަރެއްގެ ގޮތުގައި އޭނާ ވަނީ ހަނާ ސިފަކުރައްވާފައެވެ.

ހުރިހާ މުއައްޒަފުންނަށް ވެސް ހަނާ މިސާލަކަށް ނެގޭނެ ކަމަށާއި، ހަނާގެ އެ ސާދާ މިޖާޒުގެ ސަބަބުން އޮފީހުގެ ހުރިހާ މުއައްޒަފުންގެ ހިތުގައި އޭނާއަށް ޚާއްސަ މަގާމެއް ލިބިފައިވާ ކަމަށް ޝިޔާހު ވިދާޅުވިއެވެ. މުޅި ކުންފުނިންވެސް ސިފަ ކުރަނީ ކުންފުންޏަށް ގެއްލިގެން އެ ދިޔައީ ލާމަސީލު ކުޅަދާނަ މުވައްޒަފެއް ކަމަށެވެ.

ކުންފުނިތަކުން މުވައްޒަފުންގެ އަގު ވަޒަން ނުކުރުމަކީ ދިމާވާ އެއް މައްސަލައެވެ. އެ މުވައްޒަފަކު ކިތަންމެ ދުވަހަކު އިހްލާސްތެރިކަމާއެކު ކުންފުންޏަށް މަސައްކަތްކޮށްދިނަސް ގިނަ ފަހަރު ކުންފުނިތަކުން އެކަން ބަލައި ނުގަންނަ ކަމަށް ބައެއް މުވައްޒަފުން ބުނަމުން ގެންދެއެވެ. އެހެންނަމަވެސް ވާމިލިއަން ކުންފުނިން މިވަނީ ރާއްޖޭގައި އަދިވެސް މުވައްޒަފުންގެ އަގު ވަޒަންކުރާ ކުންފުނިތައް ތިބިކަން ސާބިތުކޮށްދީފައެވެ.

އެގޮތުން ވާމިލިއަން ކުންފުނިން މި ވަނީ ހަނާ ކުންފުންޏަށްޓަކައި ކޮށްދިން މަސައްކަތާއި ވީ ގުރުބާނީގެ އަގުވަޒަން ކުރުމުގެ ގޮތުން ކުންފުނީގެ ފަރާތުން އާއިލާއަށް ހަނދާނުން ނުފޮހޭވޭ ވަރުގެ ބޮޑު ހަދިޔާއެއް ދީފައެވެ.

އެއީ ހަނާގެ ކުޑަ ދަރިފުޅަށް 18 އަހަރު ފުރެންދެން ހަނާއަށް ލިބެމުން އައި މުސާރައާއި އިނާއަތްތައް ކޮންމެ މަހަކު ދިނުމަށެވެ. އެގޮތުން ކުންފުނީގެ ބޯޑުން ނިންމާފައިވަނީ ހަނާގެ ދަރިފުޅަށް 18 އަހަރު ވަންދެން، މުސާރައިގެ ގޮތުގައި ލިބެމުން އައި 16000 ރުފިޔާއާއި އިނާއަތްތަކާއެކު އެ ދަރިފުޅަށް ދޭން ނިންމާފައެވެ.

މީގެ އިތުރުން އެކުންފުނިން ވަނީ ހަނާގެ ދަރިފުޅު ކުރިއަށް ދާން ބޭނުން ދާއިރާއަކުން، ކޮންމެ ގައުމަކުން ވިޔަސް މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ވެސް ތަނަވަސްކޮށްދޭން ނިންމާފައެވެ.

އެކުންފުނީގެ މި ނިންމުމަށް މިއަދު އެތަކެއް ބައެއް ހެޔޮ ދުއާ އާއި ތައުރީފުގެ ބަސްތައް ދަނީ އޮހެމުންނެވެ. ކުންފުންޏަށްޓަކައި ހަނާ ކޮށްދިން މަސައްކަތްތަކުގެ އަގު ކުންފުނިން އެ އަދާކޮށްދިނީ ނުހަނު ޤަދަރާއި އިޙުތިރާމާއެކުގައެވެ.

ގިނަ ވަގުތު އޮފީހުގެ މަސައްކަތުގައި ހޭދަކުރާ ހަނާ ނެތުމަކީ މިއަދު އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަޅުކަމެކެވެ. ހަނާގެ ބެލުމުގެ ދަށުން އެތައް މުއައްޒަފުންނެއް މިއަދު އެއޮފީހުގައި ވަނީ ތަމްރީނުވެފައެވެ. 13 އަހަރަށްވުރެ ގިނަ ދުވަހުގެ އަގުހުރި މަސައްކަތް ކޮށްދިން ޚިދުމަތްތެރިއެއް ގެއްލިގެން ދިއުމުގެ ފަޅުކަން ކުންފުނީގެ މުވައްޒަފުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވީނަމަވެސް ހަނާ ފަދަ މަސައްކަތްތެރި އިހްލާސްތެރި އެތަކެއް މުއައްޒަފުންތެކެއް ފެންނާނެ ކަމަށް އެކުންފުނިން ގަބޫލުކުރެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް