ރާއްޖެ
ފުލުހުން
ފޭރުމުގެ ހާދިސާއެއްގައި ތޫނުއެއްޗަކުން ހަމަލާދީ، މީހަކު ޒަޚަމްކޮށްލައިފި
އަނިޔާ ލިބިފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކަށް

އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2019 | ހޮނިހިރު 04:01

ފުލުހުންގެ އިދާރާ
ފޭރުން އުޅުމުގެ ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ، މީހަކު ޒަޚަމްކޮށްލައިފިއެވެ.
މި ހާދިސާއާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ 23:26 ހާއިރު ބޮޑުފުންގަނޑުމަގުގައި ހިނގި ހާދިސާއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަނިޔާ ލިބުނު މީހާ ކަރނިވަލް ކައިރިން ނަގައިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.
ފުލުހުން ބުނީ އަނިޔާ ލިބިފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާ އަށް އަނިޔާ ލިބިފައިވަނީ ވޮލެޓޫ ފޭރުމުގެ ތެރޭގައި ކަމަށާއި އޭނާގެ އަތުގެ ކުޑަ ހުޅުން މަތިން 2-3 އިންޗި ވަރަށް ފުންކޮށް ކަފާލާފައިވާކަމަށެވެ.







