Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ސަރވިސް ޗާޖުގެ ވާހަކަތަކާއިއެކު ރިސޯޓް މުވައްޒަފުންގެ ފާޑުކިޔުން މިނިސްޓަރަށް

26 ޑިސެމްބަރު 2019 | ބުރާސްފަތި 07:42

ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި

އަލީ ސަމާޚް
އަލީ ސަމާޚް | 26 ޑިސެމްބަރު 2019 | ބުރާސްފަތި 07:42
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އެކަށީގެންވާ ސަރވިސް ޗާޖް ރިސޯޓުތަކުންދޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަަކުގެ އިތުރުން އާއްމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުދަ ދުވަހު ބޭއްވި ޕްރެސްކޮންފަރެންސެއް ގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ގިނަ ރިސޯޓުތަކުން މުވައްޒަފުންނާ މެދު އަމަލު ކުރަމުން އަންނަނީ ރަނގަޅަށް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ދިވެހިން ހިންގަމުން އަންނަ ރިސޯޓުތަކުން ރަނގަޅު ސަރވިސް ޗާޖުތަކެއް ދެމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަލީ ވަހީދުގެ އެވާހަކަތަކާއި އެކު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންތަކެއް ވަނީ އެ މީހުންގެ ޝުއޫރުތައް ޝޯޝަލް މީޑިއާގައި ބަންޑުން ކޮށްލާފައެވެ.

އެކަމާއި ގުޅިގެން ރިސޯޓެއްގައި މަސައްކަތް ކުރާ މީހަކު ވަނީ ޓްވިޓާ މެދުވެރިކޮށް މިނިސްޓަރަށް ސުވާލެއް ކުރިމަތި ކޮށްފައެވެ. ''ރިސޯޓް އޯނަރސް އަތުން ކިހާވަރެއްތޯ ލިބެނީ''؟ އަދި އަލީ ވަހީދު ވިދާޅުވާ ހައްގު މިންވަރަށް ސަރވިސް ޗާޖު ލިބޭ ކަމަށް ބުނެ އޭނާ ވަނީ ސަމާސާ ރާގަކަށް ފާޑު ކިޔާފައެވެ.

މޫސާ މަޖީދު ކިޔާ މީހަކު ކުރި ޓްވީޓެއްގައި އޭނާ ވަނީ، ރިސޯޓް ރޫމް ބޯއި އެއްގެ މަގާމު އެންމެ މަސްދުވަހަށް ނަމަވެސް އަދާކޮށްލެއްވުމަށް އަލީ ވަހީދަށް ދައުވަތު ދެއްވާފައެވެ. އަދި އެއަށް ފަހު ސަރވިސް ޗާޖު ދެނީ ރަނގަޅު މިންވަރަށްތޯ އިންސާފު ކޮށްލަދެއްވުމަށް އޭނާ ވަނީ އެދިފައެވެ.

އެ މައުޟޫއަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތު ރަނގަޅު ކުރަން އަލީ ވަހީދު ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށާއި، އަދި ގިނަ ކާމިޔާބީތަކެއްވެސް ހޯދިފައިވާ ކަމަށެވެ. ބައެއް ރިސޯޓުތަކުން އެކަށީގެންވާ ވަރަށް ސަރވިސްޗާޖު ދޭ ކަމަށެވެ. އެކަމަކު ހދ. ގައި ހަމައެކަނި އޮންނަ ރަށް ހދ. ހޮނޑާފުށިގެ ހާލަތު ބެލުމަށް ޔާސިރު އެދި ވަޑައިގެންނެވިއެވެ.

''ހޮނޑާފުށީގައި މިދިޔަ މަހު ސަރވިސް ޗާޖް އަކަށް ދިނީ 63 ޑޮލަރު.'' އެތަނުގައި ދިވެހިންނަށް ލިބޭ ކެއުންވެސް ވަރަށް ދަށް ކަމަށް ޔާސިރުގެ ޓްވީޓްގައި ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން ބުނީ، ހުރިހާ ރިސޯޓުތަކުން ސަރވިސް ޗާޖަށް ދޭ މިންވަރު މިނިސްޓަރަށް އެނގިވަޑައިނުގަތުމުން ކަމަށް އެކަށީގެންވާ ކަމަށެވެ. އަދި އެވަރޭޖް ކޮށް ސާވިސް ޗާޖު ދިނަސް މައްސަލަ އަކީ ހައްގު މިންވަރު ނުދިނުން ކަމަށެވެ. ރިސޯޓު އޯނަރުންގެ ''އުނގު'' ތެރެއަށް ވެއްޓިގެން އަލީ ވަހީދު ''ހައްޕު'' ކިޔުއްވައިގެން ހުންނަވަނީ ކަމަށް މީހަކު ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

ރިޒޯޓު މުވައްޒަފުންގެ ފާޑުކިޔުންތައް އަލީ ވަހީދަށް އަމާޒުވެފައިވާއިރު، ޕްރެސްގައި ދެއްކި ވާހަކައިގެ އަސްލު ގެއްލޭ ގޮތަށް ރައްޔިތުން މިސްލީޑު ކުރާތީ ހިތާމާ ކުރައްވާ ކަމަށް ވިދާޅުވެ ވަނީ ޓްވީޓެއްް ކުރައްވާފައެވެ.

ދިވެހި ވިޔަފާރިވެރިން ހިންގާ ގިނަ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް އެކަށީގެންވާ މުސާރައާ ސަރވިސް ޗާޖް ނުދޭ މައްސަލައަކީ އަބަދުވެސް ރިޒޯޓް މުވައްޒަފުން ކުރާ ޝަކުވާއެކެވެ. ބައެއް ރިސޯޓުތަކުގައި ދިވެހި މުވައްޒަފުންނާއި ބޭރު މުވައްޒަފުންނާއި ދޭތެރޭ ފަރަގުތަކެއް ގެންގުޅޭ ވާހަކަވެސް ވަރަށް ގިނައިން ދައްކައި އުޅެއެވެ. އެކަންތައްތަކަށް އަދިވެސް އެކަށީގެންވާ ހައްްލެއް ލިބިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
16 މާރިޗު 2017

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި

16 މާރިޗު 2017
ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި
06 މާރިޗު 2017

ރާއްޖެ ސަލާމަތްކޮށްދޭނީ ފަތުރުވެރިކަމާއި ރިސޯޓްތައް: ޑރ. ޝިހާމް

06 މާރިޗު 2017
ރާއްޖެ ސަލާމަތްކޮށްދޭނީ ފަތުރުވެރިކަމާއި ރިސޯޓްތައް: ޑރ. ޝިހާމް
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް