Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިތިއޯޕިއާ

އިތިއޯޕިއާގައި މިސްކިތްތަކެއްގައި ރޯކޮށްލުމާއި ގުޅިގެން އެގައުމުގެ މުސްލިމުން މުޒާހަރާކުރަނީ

24 ޑިސެމްބަރު 2019 | އަންގާރަ 20:40

މުސްލިމުން ކުރަމުންދާ މުޒާހަރާތަކުގައި އެމީހުން ގޮވާލަމުންދަނީ އިންސާފު ހޯދައިދިނުމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ޑިސެމްބަރު 2019 | އަންގާރަ 20:40
އެކި އެކި ދީންތަކުގެ މީހުންގެ މެދުގައި އިތިއޯޕިއާގައި އަންނަނީ ހަމަނުޖެހުން ހިނގަމުން

އެކި އެކި ދީންތަކުގެ މީހުންގެ މެދުގައި އިތިއޯޕިއާގައި އަންނަނީ ހަމަނުޖެހުން ހިނގަމުން

އިތިއޯޕިއާގެ ހަތަރު މިސްކިތެއްގައި ރޯކޮށްލާ އަންދާލުމާއި ގުޅިގެން އެގައުމުގެ އެތައް ހާސް މުސްލިމުންނެއް މުޒާހަރާކުރަން ފަށައިފިއެވެ.

އެމްހާރާ ސަރަހައްދުގައި ހުރި މިސްކިތްތަކެއްގައި ރޯކޮށްލާ އަންދާލުމާއި ގުޅިގެން މުސްލިމުން ކުރަމުންދާ މުޒާހަރާތަކުގައި އެމީހުން ގޮވާލަމުންދަނީ އިންސާފު ހޯދައިދިނުމަށެވެ. ހުކުރު ދުވަހު މޯޓާ ޓައުންގައި ހުރި މުސްލިމުންގެ ވިޔަފާރިތަކަކަށްވެސް ވަނީ ގެއްލުންދީފައެވެ.

މިހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު ބުނެފައިވަނީ މިހަމަލާތަކަކީ އެގައުމުން އެތައް އަހަރެއް ވަންދެން އެކި ދީންތަކުގެ މީހުން އުޅެމުން އަންނަ އެއްބައިވަންތަކަން ނަގާލުމަށް ހައްދު ފަހަނައަޅައި ގޮސްފައިވާ ފަރާތްތަކުން ދޭ ހަމަލާތަކެއް ކަމަށެވެ.

އިތިއޯޕިއާގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ކާމިލް ޝެމްސޫ އެސޯސިއޭޓް ޕްރެސް އަށް މައުލޫމާތު ދެމުން ބުނީ މިހިނގަމުންދާ ހަމަނުޖެހުންތަކަކީ ސިޔާސީ ބަޔަކު އެއް ދީނެއްގެ ބަޔަކާއި އަނެއް ދީނެއް ބަޔަކު ޖައްސާ ހަމަނުޖެހުން އުފައްދަން ކުރާ މަސައްކަތްތަކެއް ކަމަށެވެ.

އެމްހާރާ ރީޖަންގެ އޮފިޝަލުން ބުނެފައިވަނީ މިހަމަނުޖެހުންތަކުގައި މިހާތަނަށް 15 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުންގެ ކޮމާންޑަރ ޖީމަލް މެކޮނެން ސްޓޭޓް މީީޑިޔާއަށް ދީފައިވާ އިންޓަރވިއުއްގައި ބުނެފައިވަނީ މުސްލިމުންނަށް އަމާޒުކޮށް ދޭ މިހަމަލާތައް ފަށާފައިވަނީ ޗާރޗެއްގައި އަލިފާން ރޯވި ހާދިސާ އަކާ ގުޅިގެން ކަމަށެވެ.

އިތިއޯޕިއާގައި މިފަހަކުން އަންނަނީ އެކި ދީންތަކުގެ މީހުން އަޅުކަން ކުރުމަށް ހަދާފައި ހުންނަ ތަންތަނަށް ދޭ ހަމަލާތައް އިތުރުވަމުންނެވެ. އަދި އެކި ދީންތަކުގެ މީހުންގެ މެދުގައި ހަމަނުޖެހުންތައް ހިނގަނީ ބިމުގެ މައްސަލަތަކާއި ގަބޫލުކުރާ އެކި އާދަކާދަތަކާއި އެހެނިހެން މައްސަލަތަކުގެ ސަބަބުން ކަމަށްވެ އެވެ.

110 މިލިއަން މީހުން އުޅޭ އިތިއޯޕިއާގައި މުސްލިމުންގެ އާބާދީއަކީ ތިންބައި ކުޅަ އެއްބައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ
17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް