Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް ބަޖެޓް

ޖެނުއަރީ 15 ގެ ކުރިން ކައުންސިލްތަކުން ބަޖެޓް ތައްޔާރުކުރުމަށް އަންގައިފި

ކައުންސިލްތަކުން ބަޖެޓް ފާސްކުރުމަށްފަހު ލޯކަލް ގަވަމަންޓް އޮތޯރިޓީގެ "ވިޔަ މޮޑިއުލް" މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އަންގާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ޑިސެމްބަރު 2019 | ހޯމަ 08:38
ކައުންސިލަރުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ވިއަވަތި ރާއްޖެ މަހާސިންތާގެ ތެރެއިން

ކައުންސިލަރުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ވިއަވަތި ރާއްޖެ މަހާސިންތާގެ ތެރެއިން

ކައުންސިލްތަކަށް ލިބޭ ޢާމްދަނީ އާއި އެކި ގޮތްގޮތުން ލިބޭ އެހީ އަށް ބަލައިގެން ތައްޔާރުކުރާ ބަޖެޓު ފާސްކުރުމަށްފަހު އަންނަ ޖެނުއަރީ މަހުގެ 15 ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް އެމިނިސްޓްރީން ކައުންސިލްތަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ހުރިހާ ކައުންސިލްތަކަށް ފޮނުވާފައިވާ ސަރކިއުލަރ އެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތަށް، ފިނޭންސް މިނިސްޓްރީން ފިސްކަލް ފޯމިއުލާ ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ބެހިގެންދާ ގޮތަށް ހިލޭ އެހީގެ ގޮތުގައި ދައުލަތުން ފައިސާ ދޫކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެގޮތުގެ މަތިން އަންނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީ ކައުންސިލްތަކަށް ބެހިގެންދާ ގޮތުގެ ތަފުޞީލު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް އަދި ބަޖެޓް ވެބްސައިޓުގައި ޝާޢިއުކުރެވިފައިވާނެ ކަމަށް ސަރކިޔުލާގައި ބުނެފައިވެއެވެ.

އެހެންކަމުން ކައުންސިލްތަކުން ބަޖެޓް ފާސްކުރުމަށްފަހު ލޯކަލް ގަވަންމަންޓް އޮތޯރިޓީގެ "ވިޔަ މޮޑިއުލް" މެދުވެރިކޮށް ހުށަހެޅުމަށް ކައުންސިލްތަކަށް ވަނީ އަންގާފަ އެވެ. އަދި ބަޖެޓު ތައްޔާރުކުރުމުގައި މިނިސްޓްރީން އެކުލަވާލާފައިވާ "ކައުންސިލްތަކަށްދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އާ އެއްގޮތަށް ކައުންސިލުތަކުން ޢަމަލުކުރުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެއިތުރުން ސަރުކާރުން ކައުންސިލްތަކަށް ދިނުމަށް ހަމަޖެހިފައިވާ އެހީ ބޭނުންކުރުމުގައި އަދި ކައުންސިލްތަކުގެ ބަޖެޓު ތަންފީޒުކުރުމުގައި މި އުޞޫލާ އެއްގޮތަށް ކައުންސިލްތަކަށް ޢަމަލުކުރުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ސަރުކާރުން ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ ގޮތުގައި އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި 1.6 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
27 ފެބުރުއަރީ 2017

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު