Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޫރިޒަމް ދާއިރާއިން ލައިފްޓައިމް އެވޯޑް

ފަތުރުވެރިކަމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ކެރަފާ ނަސީމްއަށް

21 ޑިސެމްބަރު 2019 | ހޮނިހިރު 08:23

ފަތުރުވެރިކަމަކީ ސަރުކާރުން އުފެއްދި އެއްޗެއް ނޫން ކަމަށް ވިޔަފާރިވެރިން ބުނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 ޑިސެމްބަރު 2019 | ހޮނިހިރު 08:23
ފަތުރުވެރިކަމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ކެރަފާ ނަސީމްއަށް ހަވާލުކޮށްދެވަނީ

ފަތުރުވެރިކަމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ކެރަފާ ނަސީމްއަށް ހަވާލުކޮށްދެވަނީ

ފަތުރުވެރިކަމުގެ ދާއިރާއިން، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމަށް (ކެރަފާ ނަސީމް) ލިބިވަޑައިގެންފިއެވެ.

މޯލްޑްވިސް ޓްރެވަލް އެވޯޑުގެ ނަމުގައި ކޮންމެ އަހަރަކު ވެސް، ފަތުރުވެރިކަމުގެ ދައިރާގެ އެކިއެކި ގޮތްގޮތުން ފާހަގަ ކޮށްލެވޭ ފަރާތްތަކަށް އެވޯޑުތަކެއް ދެމުންދާއިރު، އެއީ ޖަޖު ކުރެވިގެން ވަރަށް ޕްރޮފެޝަލްކޮށް، މޯލްޑިސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ)އިން ދޭ އެވޯޑެކެވެ.

Advertisement - newsAdvertisement

މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2019ގެ ގާލާ ހަފުލާ ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ކްރޮސްރޯޑް މޯލްޑިވްސްގަ އެވެ. މިއަހަރުގެ މޯލްޑިވްސް ޓްރެވެލް އެވޯޑްސް ގާލާގައި ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު އެވޯޑްތަކެއް ވަނީ ދީފައެވެ.

އެގޮތުން އެންމެ ޚާއްޞަ އެވޯޑަކަށް ދީފައިވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ. މި އެވޯޑް މިނިސްޓަރ ނަސީމަށް ލިބިވަޑައިގަތްއިރު އެމަނިކުފާނަކީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ފަރާތެވެ.

ދިވެހިރާއްޖޭގައި ސަރުކާރުން ޓޫރިޒަމް މިނިސްޓްރީއެއް ޤާއިމުކޮށް، އެމިނިސްޓްރީއަށް 31 އަހަރު ފުރުން ފާހަގަ ކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ހުސައިން ޒަކީ ވެސް ވަނީ އެ ހަފުލާގައި، ރާއްޖޭގެ ޓޫރިޒަމް ތައާރަފު ކުރެއްވުމުގައި ކެރެފާ ނަސީމްގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވާފަ އެވެ.

ޒަކީ ވިދާޅުވެފައިވަނީ ނަސީމުގެ އިތުރުން، ޒަކީ އާއި ޔުނިވަރސަލް ވެރިޔާ މުޙައްމަދު މަނިކު އަދި ޗަމްޕާ ޙަސަން އަފީފަކީ ރާއްޖެއަށް ޓޫރިޒަމް ތަޢާރަފު ކުރުމުގައި ޢަމަލީ ގޮތުން އެންމެ ފުރަތަމަ އުޅުއްވި ބޭފުޅުން ކަމަށެވެ.

މަޓާޓޯގެ ޓްރެވަލް އެވޯޑްސްގެ ގާލާ ހަފުލާގައި، ފަތުރުވެރިކަމުގެ ދާއިރާއިން އެކިގޮތްގޮތުން ފާހަގަކޮށްލެވޭ ރިސޯޓުތަކާއި އެއަރލައިންތަކާއި ހޮޓާތަކުގެ އިތުރުން ކުންފުނިތަކަށްވެސް އެވޯޑު ދީފައިވެއެވެ.

މިއަހަރުގެ އެވޯޑް ހަފުލާގައި ދާއިރާގެ 200 އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އަހަރުން އަހަރަށް އިތުރުވެގެން އަންނައިރު މަޓާޓޯގެ މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި އިތުރަށް ތަރައްޤީ ކޮށްދިނުމުގައި އެހީތެރިވެ ދިނުންކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އެގޮތުން މި އެވޯޑުގެ ސަބަބުން ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން ގިންތި ކުރެވި، ދާއިރާ ކުރިއެރުމަށް އެހީތެރި ވެދޭނެކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 ޖުލައި 2017

މުހައްމާގެ ނިންމެވުމަށް އެމްޑީޕީ އިހަވަންދޫ ދާއިރާއިން މަރުހަބާ ކިޔައިފި

06 ޖުލައި 2017
މުހައްމާގެ ނިންމެވުމަށް އެމްޑީޕީ އިހަވަންދޫ ދާއިރާއިން މަރުހަބާ ކިޔައިފި
31 މެއި 2017

މިނިސްޓަރ ނާޒިމަށް ޑަބްލިއުއެޗްއޯގެ ނޯ ޓޮބޭކޯ ޑޭ އެވޯޑް އަރުވައިފި

31 މެއި 2017
މިނިސްޓަރ ނާޒިމަށް ޑަބްލިއުއެޗްއޯގެ ނޯ ޓޮބޭކޯ ޑޭ އެވޯޑް އަރުވައިފި
29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
22 މެއި 2017

ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް

22 މެއި 2017
ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް
11 މެއި 2017

މަސީހުގެ ދާއިރާއިން މަސީހުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފި

11 މެއި 2017
މަސީހުގެ ދާއިރާއިން މަސީހުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފި
18 މާރިޗު 2017

ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ

18 މާރިޗު 2017
ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
08 މާރިޗު 2017

ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ

08 މާރިޗު 2017
ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ
21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް