Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނޯ ޓޮބޭކޯ ޑޭ

މިނިސްޓަރ ނާޒިމަށް ޑަބްލިއުއެޗްއޯގެ ނޯ ޓޮބޭކޯ ޑޭ އެވޯޑް އަރުވައިފި

ދާއިރާއިން މިނިސްޓަރ ނާޒިމް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ: ޑަބްލިއުއެޗްއޯ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 31 މެއި 2017 | ބުދަ 17:18
ސިއްހަތާއި ބެހޭ ވަޒީރު، ޢަބްދުﷲ ނާޒިމް އިބްރާހިމް

ސިއްހަތާއި ބެހޭ ވަޒީރު، ޢަބްދުﷲ ނާޒިމް އިބްރާހިމް

ވޯލްޑް ނޯ ޓޮބޭކޯ ޑޭ އާއި ގުޅުވައިގެން ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ، ޑަބްލިއުއެޗްއޯއިން ދޭ ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް ރާއްޖޭގެ ސިއްހަތާއި ބެހޭ ވަޒީރު، ޢަބްދުﷲ ނާޒިމް އިބްރާހިމްއަށް އަރުވައިފިއެވެ.

ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ދުވަހާއި ގުޅުވައިގެން، ޑަބްލިއުއެޗްއޯއިން ދޭ މި އެވޯޑް މިނިސްޓަރ ނާޒިމްއަށް އަރުވާފައިވަނީ، ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރުމުގެ ގޮތުންނެވެ.

Advertisement - newsAdvertisement

ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާގެ ރާއްޖޭ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ އޮފީހުގެ އެހީއާއިއެކު މިނިސްޓްރ ނާޒިމްގެ އިސްނެންގެވުމުގެ މަތިން، ރާއްޖޭގައި މަތީ ފަންތީގެ އެޑްވޮކަސީ ފޯރަމެއް ބޭއްވުނު ކަމަށާއި، މި ފޯރަމްގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ދުންފަތުން ނަގާ ޓެކްސް ގާތްގަނޑަކަށް 60 އިންސައްތައަށް އުފުލިފައިވާ ކަމަށެވެ. ދެކުނު އޭޝިއާ ސަރަޙައްދުގައި ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން ސަރަޙައްދީ ފެންވަރުގެ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަށް މިނިސްޓަރ މަގުފަހިކޮށްދެއްވި ކަމަށާއި، އެ ބައްދަލުވުން ކާމިޔާބު ބައްދަލުވުމަކަށް ވެގެން ގޮސްފައިވާކަންވެސް ޑަބްލިއުއެޗްއޯގެ ރާއްޖޭ އޮފީހުން ނެރެފައިވާ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓަން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދެއްވުމަށާއި، އެކަމަށް ބޭނުންވާ ކިޓް ފަސޭހަ ކަމާއި އެކު ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް މިނިސްޓަރ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ޑަބްލިއުއެޗްއޯގެ ރާއްޖޭ އޮފީހުން ވަނީ ބަޔާންކޮށްފައެވެ.

މި ކަންކަމުގެ އިތުރުން، ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ މަސައްކަތްތައް އަލުން ފެށުމާއި، 2016 ވަނަ އަހަރު ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ދުވަހާއި ގުޅުވައިގެން 'އައި ޗޫޒް ލައިފް' ނަމުގައި ހިންގި ކެމްޕެއިން ކުރިއަށް ގެންދިއުމުގައި މިނިސްޓަރ ނާޒިމް އަދާކުރެއްވި ރޯލު ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަކޮށްފައެވެ. މި ދުވަހާއި ގުޅުވައިގެން، ޑަބްލިއުއެޗްއޯގެ ރާއްޖޭ އޮފީހުން ބުނެފައިވަނީ، ރާއްޖޭގެ ކުރިއަށް އަންނަން އޮތް ޖީލުތަކަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލަކަށް ހެދުމަށް އެ ޖަމުޢިއްޔާއިން އިސްކަން ދީގެން މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު