Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުން

ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ: މެޓް އޮފީސް

ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވެގެންދާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޑިސެމްބަރު 2019 | ހުކުރު 08:47
ދޯންޏެއް އުރިފައި- ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް މިއަދު އާދައިގެ ވަރަކަށް ގަދަވާނެ

ދޯންޏެއް އުރިފައި- ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް މިއަދު އާދައިގެ ވަރަކަށް ގަދަވާނެ

މިފެށޭ ހަފުތާއާއި ހަމައަށްވެސް މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

ހުކުރު ދުވަހު "ރާއްޖެޓީވީ" އަށް ދެއްވި އިންޓަރވިއުއެއްގައި މެޓް އޮފީހުގެ އޮފިޝަލު ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވެގެންދާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން ގޮސް އާދިއްތަ ދުވަހާއި ހަމައަށްވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހުމުގެ ފުރުޞަތު އެބަ އޮތް ކަމަށާއި، މޫސުން އަދި އެއްކޮށް އަލިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާ ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ވޭތުވެ ދިޔަ 24 ގަޑިއިރަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ ތުޅާދުއަށް ކަމަށާއި، އެރަށަށް 104 މިލިމީޓަރަށް ވާރޭ ވެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އެހެން ބުނެފައިވާއިރު، ހުކުރު ދުވަހުގެ މެންދުރު 11:00 ގެ ނިޔަލަށް ބ އަތޮޅުގެ ރަށްތަކަށް ޔެލޯ އެލަރޓެއްވެސް ނެރުނެވެ.

އޭގެ އިތުރުން، ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު