Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ އާޢި ރާއްޖޭގެ ގުޅުން

އިންޑިއާއިން ވެދޭ އެހީގެ ބަދަލުގައި އެއްވެސް އެއްޗެއް ބޭނުމެއް ނޫން: އިންޑިއާ ސަފީރު

20 ޑިސެމްބަރު 2019 | ހުކުރު 08:25

ގުޅުން ބަދަހިވެގެން ދިޔައީ އުފެދިފައިވާ އިތުބާރެއްގެ ބޮޑުކަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޑިސެމްބަރު 2019 | ހުކުރު 08:25
އެމްބެސަޑަރު ސަންޖޭ ސުދީރު

އެމްބެސަޑަރު ސަންޖޭ ސުދީރު

އިންޑިއާއިން ރާއްޖެއަށް ވެދޭ އެހީގެ ބަދަލުގައި ރާއްޖެއިން ވަކި ކަންތައްތަކެއް ބޭނުން ނުވާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމްބެސަޑަރު ސުދީރު ވިދާޅުވީ 50 އަށް ވުރެ ގިނަ އަހަރު ރާއްޖެއާއި އިންޑިއާގެ ގުޅުން ދެގޮތެއް ނުވެ ދެމިއޮތީ ވަކި އެދުމެއްނެތި މިގުޅުން ދެޤައުމުން ދެމެހެއްޓުމުން ކަމަށެވެ. މިގުޅުމަކީ ދެޤައުމުގެ މެދުގައި އޮންނަ އެކުވެރިކަމާއި، އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް އެމްބެސަޑަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދިމާވި އުނދަގޫ ޙާލަތްތަކުގައި ވެސް ދެޤައުމުގެ ގުޅުން ބަދަހިކޮށް އޮތީ އުފެދިފައިވާ އިތުބާރެއްގެ ސަބަބުން ކަމަށެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމަށް އަލިއަޅުއްވާލައްވާ އެމްބެސަޑަރު ސުދީރު ވިދާޅުވީ ރައީސް ޞާލިޙު ވެރިކަމުގެ ހުވާކުރައްވައި، އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު، ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވި ކަމަށެވެ. އެގޮތުން މިހާރު ގިނަ މަޝްރޫޢުތަކުގެ މަސައްކަތްތަކާއި، އެހެނިހެން ތަރައްޤީގެ މަޝްރޫއުތައް ދެޤައުމު ގުޅިގެން ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އެމްބެސަޑަރު ސަންޖޭ ވިދާޅުވިއެވެ. އަދި އެކި ދާއިރާތަކުން 18 އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ބަޖެޓުގެ ދަތިތަކަން އޮވެ އިޤަތިޞާދު އަޑިއަޅާފައި އޮތް ވަގުތެއްގައި އިންޑިއާއިން 1.4 މިލިއަން ޑޮލަރުގެ އެހީއެއްވެދީ، ބަޖެޓުގެ ތާށިކަމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެމްބެސަޑަރު ފާހަގަކުރެއްވިއެވެ. އަދި ބަޖެޓްގެ ސަޕޯޓަށް 50 މިލިއަން ޑޮލަރު ލައިން އޮފް ކްރެޑިޓްގެ ގޮތުގައި 800 މިލިއަން ޑޮލަރުގެ އެހީގެ ސަބަބުން އިޤްތިޞާދު އަލުން ރަނގަޅު ކުރުމަށްހުރި ގޮންޖެހުންތަކަށް އަރައިގަނެވުނު ކަމަށް ވިދާޅުވިއެވެ.

އެމްބެސަޑަރު ސުދީރު ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ ތަޢުލީމާއި، ޞިއްޙީ ދާއިރާ ކުރިއެރުވަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި 100 އެނދުގެ ކެންސަރު ހޮސްޕިޓަލެއް އިންޑިއާގެ އެހީގައިއަޅަން ނިންމާފައިވާއިރު، ސެނެހިޔާ އަދި އައިޖީއެމްއެޗަށް ޑޮކްޓަރުންގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

މީގެ އިތުރުން އެމްބެސަޑަރު ސަންޖޭ ވިދާޅުވީ ރައީސް ޞާލިޙާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެއްއަހަރުގެ ތެރޭގައި، ރަސްމީ 04 ބައްދަލުވުން ބާއްވާފައިވާ ކަމަށާއި، އެއީ ވެސް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މޯދީގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގެން ފުރަމާނަ ދަތުރުފުޅެއް ފުރަތަމަ ކުރެއްވީ ރާއްޖެއަށްކަން އެމްބެސަޑަރު ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިސް މެންބަރުންނާއެކު އިންޑިއާއަށް ކުރެއްވި ދަތުރުފަތުރަށް އަލިއަޅުއްވާލައްވާ އެމްބެސަޑަރު ސުދީރު ވިދާޅުވީ މިދަތުފުޅުތަކުގެ ސަބަބުން ވެސް ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ.

އެމްބެސަޑަރު ސުދީރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާއި، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ ދެމެދު ވެފައިވާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި، މީގެ ދަށުން ރިކޯޑްތައް ޑިޖަޓަލައިޒް ކުރުމަށް އެހީވެދުނުމާއި، ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ކަންތައްތަކަށް އަލިއަޅުއްވާލައްވާ އެމްބެސަޑަރު ސަންޖޭ ވިދާޅުވީ އެއްވެސް ކަހަލަ ފޮރުވާފައިވާ އެޖެންޑާއެއް ނޯންނާނެ ކަމަށާއި، ރައީސް ޞާލިޙު އިންޑިއާގެ ސަރުކާރަށް ކުރާ އިތުބާރު ދަމަހައްޓަން މަސައްކަތް ކުރާނެ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް