Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމީރާ

އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދުގެ ދެލިކޮޕީ އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 24

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ޑިސެމްބަރު 2019 | ހުކުރު 03:58
އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދުގެ ދެލިކޮޕީ އާންމުންގެ ހިޔާލަށް ހުޅުވާލުން

އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދުގެ ދެލިކޮޕީ އާންމުންގެ ހިޔާލަށް ހުޅުވާލުން

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޢާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދު އަދި ޓްރަންސްފަރ ޕްރައިޒިންގ ޤަވާއިދުގެ ދެލި ކޮޕީ އެކުލަވާލުމަށްފަހު ޢަންމުންގެ ޚިޔާލަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހުޅުވާލައިފިއެވެ.

މީރާ އިން ބުނީ ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މީރާގެ އީމެއިލް އެޑްރެސް Comments@mira.gov.mv މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 24 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމަށެވެ.

މީރާ އިން ބުނީ މިއީ އާމްދަނީ އިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުގެ ތެރެއިން މިވަގުތަށް ބޭނުންވާ ބައިތައް ހިމަނައިގެން އެކުލަވާލާފައިވާ ފުރަތަމަ ދެލި ކޮޕީ ކަމަށާއި ކުރިއަތް އޮތް ތާނގައި މި ޤާނޫނުގެ ދަށުން ހަދަންޖެހޭ އިތުރު ޤަވާއިދުތައް އެކުލަވާލުމަށްފަހު، އެ ޤަވާއިދުތަކަށް ވެސް ޢާންމުންގެ ޚިޔާލަށް ހުޅުވާލާނެ ކަމަށެވެ.

ޢާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދު އަދި ޓްރަންސްފަރ ޕްރައިޒިންގ ޤަވާއިދުގެ ދެލި ކޮޕީ މީރާ އިން ވަނީ އެ އޮތޯރިޓީގެ ވެބްސައިޓްގައި ހިއްސާކޮށްފައެވެ. ޢާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވާފައިވަނީ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.

ޢާމްދަނީން ޓެކްސް ނެގުމުގެ ބިލަކީ ޢާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް، އެކަމާގުޅޭ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނު ހިނގާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތެއްގެ އަދި ރާއްޖޭގައި ވަޒަންވެރިވެފައި ނުވި ނަމަވެސް ރާއްޖެއިން ޢާމްދަނީ ލިބޭ ކޮންމެ ފަރާތެއް ހިމެނެއެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމަށް ހަމަޖެހިފައި ވަނީ، އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު މިޤާނޫނުގެ ދަށަށް ޓެކްސް ނެގުމުގެ ނިޒާމު ބަދަލުކުރުމުން ވިޔާފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި ރާއްޖޭގައި ހިންގާ ޕެޓްރޯލިއަމް ކުންފުނިތަކުން ކުރާ މަސައްކަތުން ޓެކްސް ނެގުމުގެ ޤާނޫނު އުވިގެންދާނެއެވެ. ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އުވިގެންދާ ޓެކްސްތަކުގެ ތެރޭގައި ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގެ ދަށުން ނަގަމުން އައި ޓެކްސްއާއި، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެދަށުން ނަގަމުން އައި ޓެކްސްއާއި، އެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ބ) ދަށުން ނަގަމުން އައި ޓެކްސް ހިމެނެއެވެ. މީގެ އިތުރުން ވަޒީފާއާ ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ނަގަމުން އައި ރެމިޓެންސް ޓެކްސްވެސް މިއާއެކު އުވިގެންދާނެއެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ޓެކްސްގެ މަސައްކަތް ކުރަނީ ރަޖިސްޓަރވެފައިވާ ފަރާތެއްތޯ ކަށަވަރުކުރޭ: މީރާ

19 އޮކްޓޯބަރު 2017
ޓެކްސްގެ މަސައްކަތް ކުރަނީ ރަޖިސްޓަރވެފައިވާ ފަރާތެއްތޯ ކަށަވަރުކުރޭ: މީރާ
16 އޮކްޓޯބަރު 2017

އިލެކްޓްރޯނިކް ޒަރިއްޔާ އިން ޓެކްސް ދެއްކުމުގެ ގަވައިދަށް ބަދަލު ގެނެސްފި

16 އޮކްޓޯބަރު 2017
އިލެކްޓްރޯނިކް ޒަރިއްޔާ އިން ޓެކްސް ދެއްކުމުގެ ގަވައިދަށް ބަދަލު ގެނެސްފި
21 އޯގަސްޓު 2017

ޓެކްސް ނުދައްކާ 113 ފަރާތެއްގެ މަޢުލޫމާތު މީރާއިން ޢާއްމުކޮށްފި

21 އޯގަސްޓު 2017
ޓެކްސް ނުދައްކާ 113 ފަރާތެއްގެ މަޢުލޫމާތު މީރާއިން ޢާއްމުކޮށްފި
24 ޖުލައި 2017

މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!

24 ޖުލައި 2017
މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!
13 އެޕްރީލު 2017

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު