Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޑްރަގް ރެއިޑް

މަސްތުވެވޭ ހޮޓަލެއްގެ ވާހަކަ އަޑުއެހީމުތަ؟

19 ޑިސެމްބަރު 2019 | ބުރާސްފަތި 17:18

ފުލުހުން އެގެ ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ

އަލީ ސަމާޚް
އަލީ ސަމާޚް | 19 ޑިސެމްބަރު 2019 | ބުރާސްފަތި 17:18
ލޮނުމިދިލިގެ ކޮޓަރިއެއްގެ ތެރެގައި ހުރި މޭޒެއް

ލޮނުމިދިލިގެ ކޮޓަރިއެއްގެ ތެރެގައި ހުރި މޭޒެއް

މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ބުރާސްފަތި ދުވަހުގެރޭ ފުލުހުން ވަނީ މާލޭގެ މާފަންނު ލޮނުމިދިލިގެ ބަލާ ފާސްކޮށްފައެވެ. އެގެއިން އެއްޗެހިތަކެއް ފުލުހުން ގެންގޮސް މީހުންތަކެއް ހައްޔަރު ކުރިއެވެ. މަސްތުވާތަކެތި ބޭނުންކުރާ "އައްޑާތައް" ބަލާ ފާސްކުރިއިރު، ފުލުހުން ވަނީ މީޑިއާތަކަށް މިތަންތަނުގައި ހިނގާކަންކަން ގާތުން ބަލާލުމުގެ ފުރުސަތު ދީފައެވެ. އެ ގޭގައި ހިންގި އޮޕަރޭޝަން ދެއްކުމަށް ފުލުހުންގެ މީޑިއާ އޮފިސަރުގެ އިރުޝާދުގެ ދަށުން ހުރިހާ ނޫސްވެރިން އެރުވީ އޭ ގޭގެ ދެވަނަ ފްލޯއަށެވެ.

ހަނި ހަނި ސިޑިއަކުން އަރައިގެން ދިޔައިރު ފާރުގައި އެކި ތަންތަނުގައި އެކި ކަހަލަ ކުރެހުންތަކާއި އެކި ''ގޭންގު" ތަކުގެ ނިޝާންތައް ހުއްޓެވެ. ސިޑިން މައްޗަށް އަރައިގެން ގޮސް އޮފިސަރު ދެއްކީ ކުޑަ ދެ ކޮޓަރިއެކެވެ. ވަކަރުން ހުރި ދޮރުހުޅުވާލިއިރު އެތާ ތެރެއިން ފެނިގެން ދިޔަ މަންޒަރުން އަހަރެން ހުރީ ހަމަ ހައިރާން ވެފައެވެ. އެއީ އާދައިގެ ކޮޓަރިއެއް ނޫނެވެ. އެއީ ސީދާ މަސްތުވުމަށް ބޭނުންކުރާ ތަކެތީގެ ހިދުމަތްދޭ ކުޑަ ހޮޓަލެކެވެ.

އެތަނުގެ ތެރޭގައި ހުރި މޭޒެއްގައި ހުރީ މަސްތުވުމަށް ބޭނުންކުރާ އެކި ކަހަލަ އާލަތްތަކެވެ. ފޮއިލުން ފެށިގެން ގޮސް ''ޕައިޕާއީ'' މަސްތުވުމަށް ބޭނުންކުރާ އެކި ކަހަލަ އާލަތްތަކެވެ. އެ ކޮޓަރި ތެރެއަށް ބަލާލީމަ އެނގެނީ އެތަން މަސްތުވާތަކެތީގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރާތަނާ ދުވަސްތަކެއް ވެއްޖެ ކަމެވެ.

އެ ކޮޓަރީގެ ފާރުތަކުގައި އެތަނަށް އަންނަ މީހުންނަށް ތަނުގެ ތެރޭގައި ކަންތައް ކުރާނެ ގޮތާއި، އެތަނުގައި އަމަލުތައް ބަހައްޓާނެ ގޮތުގެ އިރުޝާދުގެ މެސެޖުތައް ފާރުގައި ލިޔެވިފައި ހުއްޓެވެ. އަދި އެބަޔަކު ކުރާ ކަމެއްކޮށް ނިމުމުން، އެތަން ދޫކޮށް ދިޔުމަށްވެސް ވެއެވެ. އިންތިޒާމުތައް އެހާވެސް "ފުރިހަމަ" އެވެ.

''ކޮންމެ މީހަކުވެސް ބޮއެ ނިމުނުހާ އަވަހަށް ތަން ދޫކޮށްފައި ދިޔުމަކީ އަހަރުމެންގެ ވަރަށް ބޮޑު އެދުމެއް'' މިއީ އެތަނުގައި ލިޔެފައިވާ އެއް މެސެޖެވެ. އެތަނަށް އެމީހުން ކިޔަނީ ''ލޮނު ސީޓީ'' އެވެ. އެ ކޮޓަރިއާއި ޖެހިގެން ހުރިި ކޮޓަރިއަކީވެސް ހަމަ ސީދާ އެކަމަށް ހަދާފައި ހުރި ތަނެކެވެ.

އެތަނަށް އަންނަ ''މެހެމާނުންނަށް'' އިށީންދެގެން ތިބެން ގޮނޑިއާއި އެނދުތައް ޖަހާފައި ހުއްޓެވެ. މިތަން ފެނިފައި، މީގެ ކިތައް "ލޮނު ސިޓީ" މާލޭގައި ހުންނާނެބާއޭ ހިތަށް އަަރައެެވެ. އަދި މިއީ ކޮން އިރަކުން ފެށިގެން ލިބޭ "ހިދުމަތެއް" ކަމާއިމެދުވެސް ހިތުގައި ސުވާލު އުފެދުނެވެ.

މިއީ ރާއްޖޭގައި މިފަދަ ތަނެއް ފެނުނު ފުރަތަމަ ފަހަރަށް ކަމުގައިވިޔަސް ބޭރުގައުމުތަކުގައި މިފަދަ ތަންތަނަށް ކިޔާ އުޅެނީ ''ކްރެކް ހައުސް'' އެވެ. ކްރެކް ހައުސްތަކަކީ މަސްތުވާތަކެތި ބޭނުންކުރަން ހަދާފައި ހުންނަ ތަންތަނެވެ. އެންމެ ފަހުން ރާއްޖޭގައިވެސް މިތަންތަން އާންމުވާން ފެށީއެވެ.

މިގެ އެކަނި ބަލާލުމުގެ ފުރުސަތު ލިބުނަސް، ފުލުހުން ބުނާ ގޮތުންނަމަ، އަދި މީގެ އެތައް ހާއްޔެއް އެބަހުއްޓެވެ. މި ޑިސެމްބަރު މަހުގެ ތެރޭގައި އެކަނިވެސް މީގެ އިތުރު ހަތަރު ތަނެއް ބަލާފާސްކޮށް، ފުލުހުން ވަނީ 29 މީހަކު ހައްޔަރުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

08 އެޕްރީލު 2017
 ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!
07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
01 އެޕްރީލު 2017

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
26 ފެބުރުއަރީ 2017

މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟

26 ފެބުރުއަރީ 2017
މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟
11 ޖެނުއަރީ 2017

ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!

11 ޖެނުއަރީ 2017
ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް