Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޑިޕްރެޝަން

ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

ޑިޕްރެޝަންގެ ސަބަބުން ހިތުގެ ބައްޔަށް މަގުފަހިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 8 އެޕްރީލު 2017 | ހޮނިހިރު 17:58
ޑިޕްރެޝަން ބަލި

ޑިޕްރެޝަން ބަލި

އަބަދު މާޔޫސްވެ، ދިރިއުޅުމުގައި އުންމީދެއް ނެތްކަން އިހުސާސް ކުރެވި، ދިރިއުޅުން މަތިން ފޫހިވާ ގޮތް ދިމާ ހެއްޔެވެ. ވަކި ކަމެއް ނޭނގި އާދަޔާ ހިލާފަށް ދެރަވެ، ރޮވޭ ގޮތް ދިމާވޭ ހެއްޔެވެ. މީހުން ދެކެ ރުޅިގަދަވެ، އެމީހުންނާ އޮންނަ ގުޅުން އެއްކޮށް ކަނޑާލަން ހިތަށް އަރާ ހެއްޔެވެ. އަބަދުވެސް އެންމެ ގަޔާވާ ކަންކަން ކުރަން ފޫހިވެ، ހިތްހަމަ ޖެހޭ ކަންކަމުގެ ގޮތުގައި ކުރިން ކުރާ ކަންކަން ކުރަން ފޫހިވޭ ހެއްޔެވެ. ނޫނީ ހަޔާތުގެ ނިންމުންތައް ނިންމަން އުނދަގޫވެ، ހަޔާތާމެދު އިންތިހާއަށް ކަންބޮޑުވާ ގޮތް ދިމާވޭ ހެއްޔެވެ. ނިދުމަށް އުނދަގޫވެ، މީހުންނާ ވާހަކަދެއްކުމުގެ ބޭނުމެއް ނެތްކަން އިހުސާސްކުރެވޭ ހެއްޔެވެ. ނޫނީ ކަންކަމާ ދެރަވާ ވަގުތުތަކުގައި އަމިއްލަައަށް މަރުވުމަށް ނުވަތަ އަމިއްލަ ނަފްސަށް ޖިސްމާނީ ގޮތުން އަނިޔާ ދިނުމަށް ހިތަށް އަރާ ހެއްޔެވެ.

ހަމަގައިމުވެސް މިއީ ކޮންމެ މީހަކަށް ވެސް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އިހްސާސްކުރެވޭނެ ކަންކަމެވެ. މިފަދަ އިހްސާސްތަކާ ކުރިމަތިލަން ނޭނގި ޑިޕްރެޝަނަށް މަގުފަހިވެގެންދެ އެވެ. މިއީ ޑިޕްރެޝަންކަން އެނގެނީ ކިތައްމީހުންނަށް ތޯ އެވެ. ނުވަތަ ޑިޕްރެޝަން ކަން އެނގުނަސް އެކަމާ ކުރިމަތިލާ، ބޭނުންވާ އެހީތެރިކަން ހޯދަނީ ކިތަށް މީހުން ހެއްޔެވެ.

ދުނިޔޭގެ ސިއްހަތުގެ ދުވަހާ ގުޅުވައިގެން، ސިއްހަތު ޖަމިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ މައުލޫއަކީ "ޑިޕްރެޝަން، ލެޓްސް ޓޯކް" އެވެ. މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ޑިޕްރެޝަން އަށް ޑައިގްނޯސް ކުރެވިފައިވާ މިންވަރު ވަނީ 18 ޕަސެންޓް އިތުރުވެފަ އެވެ. އަދި ދުނިޔޭގައި 300 މިލިއަން މީހުން މިހާރުވެސް ޑިޕްރެޝަން ތަހައްމަލު ކުރަމުންދެއެވެ.

ޑިޕްރެޝަން ގިނަ ދުވަސްތަކެއް ވަންދެން ތަހައްމަލު ކުރާ ފަރާތްތަކަށް، ތަފާތު ނުކުޅެދުންތެރިކަމާއި ހިތުގެ ތަފާތު ބަލިތަކަށް މަގުފަހިވެގެ ދެއެވެ.

ޑިޕްރެޝަނަކީ މި މުޖުތަމައުގައިވެސް އެތަށް ބަޔަކު ތަހައްމަލު ކުރަމުންދާ ކަމަކަށްވާ އިރު، މި ބަލީގައި ބޮޑުވަރުވުމުން ނޫނީ، މިއީ ފަރުވާ ބޭނުންވާ ކަމެއް ކަމުގައި ގިނަ މީހުންނަށް ވިސްނިފަ އެއް ނުވެ އެވެ.

ރާއްޖޭގައި މި ބައްޔަށް އެންމެ އެކަށީގެންވާ މިންވަރެއްގައި އާއްމުން ހޭލުންތެރިވެފައިނުވާ ކަމަށް ކަމާ ގުޅޭ ފަރާތްތަކުން ބުނެ އެވެ. އަދިވެސް އެހީއަށް އެދި ކައުންސިލިންނާއި ތެރަޕިސްޓެއްގެ އެހީ ހޯދުމަކީ މީހުންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ.

އަދި އެފަދަ އެހީއެއް ހޯދާ މީހުންނަނީ މޮޔައިން ކަމަށް، ނުވަތަ ބުއްދި ހަމަ ނޫން މީހުންގެ ގޮތުގައި ވަރަށް ފަސޭހައިން މުޖުތަމައުގައި ލޭބަލް ކުރެވެ އެވެ.

ޑިޕްރެޝަނާއި ހިތުގެ ބަލިތަކާއި ގުޅުން ހުރި ނަމަވެސް ޑިޕްރެޝަން ޖެހޭ މީހުން ހިތުގެ ބައްޔަށް ދާ މިންވަރު މިހާތަނަށް ދެނެގަނެވިފަ އެއް ނުވެ އެވެ. އެހެން ނަމަވެސް ޑިޕްރެޝަން ހުންނަ މީހުންނަށް ހަރޓް އެޓޭކް ޖެހުމުގެ ރިސްކު ބޮޑު އިރު ހިތުގެ ބަލި ހުންނަ މީހުންވެސް ޑިޕްރެޝަނަށް ދިޔުމަށް މަގުފަހިވާކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

ދިރާސާތަކުން ދައްކާގޮތުން، ޑިޕްރެޝަން ހުންނަ މީހުންގެ ހަށިގަނޑުގައި ހުންނަ ބްލަޑް ސެލްތައް ހަޑިގަނޑު ދުޅަހެޔޮކޮށް ހުންނަ މީހުންގެ ބްލަޑް ސެލްތަކުގައި ހުންނަ ތެއްކަމަށް ވުރެ ތެއްކަން ކުޑަ އެވެ. މިކަކަމުގެ ސަބަބުން ލޭ ގަނޑު ވުން ނުވަތަ ބްލަޑް ކްލޮޓްވުމަށް މަގުފަހިވެ އެވެ. އަދި މިއީ ހަރޓް އެޓޭކް ޖެހުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ޑިޕްރެޝަން ތަހައްމަލު ކުރަމުންދާ މީހުންނަށް ދިރިއުޅުމުގައި ސިއްހަތަށް ގެއްލުންވާފަދަ އާދަތައް ގިނައިން ގެންގުޅެވޭތަން އާދެ އެވެ. އެގޮތުން ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ކަސްރަތު ނުކުރުމާއި، ކެޔުމުގައި ރަގަޅު އާދަތައް ހިމެނެ އެވެ.

މިފަދަ އާދަތަކުގެ ސަަބަބުން ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހިވެގެންދެ އެވެ.

އެމެރިކާގައި ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުން ހިތުގެ ބަލި ހުންނަ އަދި ޑިޕްރެޝަންއަށް ޑައިގްނޯސް ކުރެވިފައިވާ މީހުން، ހިތުގެ ބަލި ހުރެ ޑިޕްރެޝަން ނެތް މީހުންނަށް ވުރެ މަރުވުމުގެ ފުރުސަތު ދެ ދެ ގުނަ ބޮޑެވެ. މިކަމުންވެސް އެނގެނީ، ހިތުގެ ބަލި ހުންނަ މީހުންނަށް ޑޮކްޓަރީ ގޮތުން މީހާގެ ހަށިގަނޑަކަށް ދޭ ފަރުވާގެ އިތުރުން އެމީހާއަކީ ޑިޕްރެޝަން ހުންނަ މީހެއްތޯ ބަލަންޖެހޭ ކަމެވެ.

ޑިޕްރެޝަން ތަހައްމަލު ކުރާ ނަމަ، އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދުމަކީ ކޮންމެހެން މުހިއްމުކަމެކެވެ. އަދި އެކަމުގައި އެހީތެރިވެދޭނެ ތެރަޕިސްޓެއް ނުވަތަ ކައުންސިލެއްގެ އެހީތެރިކަން ހޯދުމަކީ ކޮންމެހެން މުހިއްމު ކަމެވެ. އަދި އެފަދަ ކަމެއް ދިމާވާ ރައްޓެއްސެއް ނުވަތަ އައިލާ މީހެއް ހުރި ނަމަވެސް އެކަން ކަމާ ގުޅޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ފަރުވާ ހޯދައިދިނުމަށް ހިތްވަރު ދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އެހެން ނޫންނަމަ އެފަދަ ގާތްއެކުވެރިންނާއި އައިލާގެ މެންބަރުން ގެއްލިގެން ހިނގައިދާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިހިރީ ހައްތާވެސް ވާހަކައެވެ.

މިހިރީ ހައްތާވެސް ވާހަކައެވެ.

21 މެއި 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު