Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލަލީގާ

ރާއްޖޭގެ އާބާދީއަށްވުރެ، ގިނަ މީހުން ބެލި ކްލެސިކޯ މެޗު އެއްވަރު ވެގެން ނިމިއްޖެ

މި މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2019 | ބުރާސްފަތި 03:54
ކްލެސިކޯ މެޗުގެ ތެރެއިން

ކްލެސިކޯ މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް އަދި ބާސެލޯނާގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.

ކްލެސިކޯގެ ނަމުން މަޝްހޫރުވެފައިވާ މި މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާ އަކުންނެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރެއާލުން ވަނީ މޮޅު އެޓޭކިންގ ގޭމެއް ކުޅެފައެވެ. އެގޮތުން މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ރެއާލުން ވަނީ ބާސެލޯނާގެ ގޯލަށް 4 ހަމަލާ ފޮނުވައިލައިފައެވެ. ފުރަތަމަ ހާފުގައި ބާސެލޯނާއަށް ލަނޑު ޖަހަން ހުސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. މެސީ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ރެއަލް މެޑްރިޑްގެ ކެޕްޓަން ޑިފެންޑަރ ސާޖިއޯ ރާމޮސް ވަނީ ގޯލު ރޮނގު މަތިން ދިފާއު ކޮށްފައެވެ. މި ހާފުގައި ރެއާލް މެޑްރިޑްގެ ގެރެތް ބޭލް އަދި މިޑްފިލްޑަރ ވަލްވާޑޭ ވަނީ ނުރައްކާތެރި ދެ ހަމަލާ ބާސެލޯނާގެ ގޯލަށް ފޮނުވައިލައިފައެވެ. ބޭލް ފޮނުވާލި ބޯޅަ ބާސާގެ ކީޕަރު ދިފާއު ކުރިއިރު ވަލްވާޑޭ ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ބާސާގެ ލުއިސް ސުއަރޭޒް އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި ހާފުގައި ރެއާލްގެ ފޯވާޑް ގެރެތް ބޭލް ލަނޑެއް ޖެހި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އޭނާ ލަނޑު ޖެހީ އޮފްސައިޑްގައި ހުރެގެން ކަމަށެވެ.

މި ނަތީޖާ އާއި އެކު ދެ ޓީމަށް ވެސް 36 ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.

މި ސީޒަނުގެ ފުރަތަމަ ކްލެސިކޯ ފޭސްބުކް ލައިވް މެދުވެރިކޮށް ބެލި މީހުންގެ އަދަދު ހަތަރު ލައްކައަށް ވުރެ ގިނައެވެ. އެންމެ ފަހުގެ ކްލެސިކޯ ތިން ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ފޭސްބުކް މެދުވެރި ކޮށް ބަލައިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު