Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ލީގު ކަޕް

ޒުވާން ޓީމުގެ ފަރާތުން އުންމީދީ މެޗެއް!

18 ޑިސެމްބަރު 2019 | ބުދަ 13:39

މި މެޗު ނިމިގެންދިޔައީ 5-0 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 18 ޑިސެމްބަރު 2019 | ބުދަ 13:39
އެސްޓަން ވިލާ އަދި ލިވަރޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

އެސްޓަން ވިލާ އަދި ލިވަރޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ލީގު ކަޕްގައި ޒުވާން ޓީމާއެކު ނިކުތް ލިވަރޕޫލްގެ ފަރާތުން އުންމީދީ ކުޅުމެއް ފެނިގެންދިޔައިރު، އެސްޓަން ވިލާއިން ލިވަރޕޫލް ބަލިކޮށްފިއެވެ.

ލިވަރޕޫލްގެ ސީނިއަރ ޓީމަށް ބުދަ ދުވަހު ފީފާ ކްލަބް ވޯލްޑްކަޕުގެ މެޗެއް ކުޅެން ޖެހިފައިވުމުން އަންގާރަ ދުވަހު އޮތް ލީގު ކަޕުގެ މެޗަށް ލިވަރޕޫލުން ނިކުތީ އެ ކްލަބުގެ 23 އަހަރުން ދަށުގެ ޒުވާން ޓީމާއި އެކުގައެވެ. ލިވަރޕޫލްގެ 23 އަހަރުން ދަށުގެ ޓީމުގެ އެވްރެޖް އުމުރަކީ 18- 21 އަހަރާއި ދެމެދެވެ.

މި މެޗު އެސްޓަން ވިލާ އިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އެސްޓަން ވިލާ އިން ގެންދިޔައީ ލިވަރޕޫލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި އެސްޓަން ވިލާއިން ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަރީހޭން އެވެ. މި ލަނޑާ އެކު އެސްޓަން ވިލާ އިން ވަނީ އެ ޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ލިވަރޕޫލްގެ މޯގަން ބޮއީސް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.

މި ލަނޑާ އެކު ލިވަރޕޫލުން އެޓީމުގެ ކުޅުން ރަނގަޅު ކޮށްފައިވެއެވެ. އެގޮތުން ލިވަރޕޫލްގެ ޒުވާން ކުޅުންތެރިން ވަނީ އެސްޓަން ވިލާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް މެޗުގެ 37 ވަނަ މިނެޓުގައި އެސްޓަން ވިލާއިން ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ 3-0 ކަށް ބަދަލުކޮށްލައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޮނަތަންއެވެ. އޭނާ ވަނީ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހާ ފަރަގު ބޮޑު ކޮށްފައެވެ.

ލިވަރޕޫލްގެ ޒުވާން ކުޅުންތެރިން ދެ ވަނަ ހާފަށް ނިކުތީ ޑިފެންސިވް ގޭމަކަށް ވިސްނައިގެންނެވެ. އެގޮތުން ލިވަރޕޫލުގެ ޑިފެންޑަރުން ވަނީ އެސްޓަން ވިލާގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ. ނަމަވެސް މެޗުގެ އެންމެ ފަހު މިނެޓުގައި އެސްޓަން އިން ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ 5-0 ކަށް ބަދަލުކޮށްލައިފައެވެ.

މި ނަތީޖާއާ އެކު ލިވަރޕޫލުން ވަނީ މި މުބާރާތުން ކަޓާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް