Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންކަމް ޓެކްސް

އާމްދަނީން ޓެކްސް ނެގުމުގެ ބިލް ތަސްދީޤްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކޮށްފައިވަނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2019 | އަންގާރަ 12:18
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި އާމްދަނީން ޓެކްސް ނެގުމުގެ ބިލަކީ މިއަހަރުގެ ޑިސެންބަރު މަހުގެ 04 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 75 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. އާމްދަނީން ޓެކްސް ނެގުމުގެ ބިލަކީ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

Advertisement - newsAdvertisement

މި ބިލުގެ ދަށުން ފަރުދުންގެ ޓެކްސް ބިނާކޮށްފައި ވަނީ ޓެކްސް ބިނާކުރެވޭ އާމްދަނީން ފަސް ބްރެކެޓެއްގެ ދަށުން ޓެކްސް ނެގުމުގެ މައްޗަށެވެ. އެގޮތުން ޓެކްސް ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓު 1 ގައި ހިމަނާފައި ވަނީ 720،000 (ހަތްލައްކަ ވިހިހާސް) ރުފިޔާއިން ފެށިގެން ދަށުން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން 0 އިންސައްތައިގެ ޓެކްސް ނެގުމަށެވެ.

ދެވަނަ ބްރެކެޓުގައި ހިމަނާފައި ވަނީ 720،000 (ހަތްލައްކަ ވިހިހާސް) ރުފިޔާއާއި 1200،000 (1.2 މިލިއަން) ރުފިޔާއާއި ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ 5.5 އިންސައްތަ ޓެކްސް ނެގުމަށެވެ. ތިން ވަނަ ބުރެކެޓުގައި ހިމަނާފައި ވަނީ 1200،000 (1.2 މިލިއަން) ރުފިޔާއާއި 1800،000 (1.8 މިލިއަން) ރުފިޔާއާއި ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ 8 އިންސައްތަ ޓެކްސް ނެގުމަށެވެ.

ހަތަރު ވަނަ ބުރެކެޓުގައި ހިމަނާފައި ވަނީ 1800،000 (1.8 މިލިއަން) ރުފިޔާއާއި 2400،000 (2.4 މިލިއަން) ރުފިޔާއާއި ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ 12 އިންސައްތަ ޓެކްސް ނެގުމަށެވެ. އެންމެ ފަހު ބުރެކެޓެއްގެ ގޮތުގައި ހިމަނާފައި ވަނީ 2400،000 (2.4 މިލިއަން) ރުފިޔާއަށްވުރެ ބޮޑުނަމަ 15 އިންސައްތަ ޓެކްސް ނެގުމަށެވެ.

މިބިލުގައި ބޭންކުތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން ޓެކްސް ނެގުމަށް ކަނޑައަޅާފައި ވަނީ އެ ބޭންކެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ %25 (ފަންސަވީސް އިންސައްތަ) ގެ ރޭޓުގައެވެ.

ފަރުދުންނާއި ބޭންކުތައް ފިޔަވައި އެހެނިހެން ފަރާތްތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ބިލުގައި ދެ ބުރެކެޓެއްގެ ދަށުން ޓެކްސް ނެގުމަށް ހިމަނާފައި ވެއެވެ. އެގޮތުން ފުރަތަމަ ބުރެކެޓްގައި ހިމެނެނީ 500،000 (ފަސްލައްކަ) ރުފިޔާއަށް ވުރެ ދަށުގެ ޓެކްސް ބިނާކުރެވޭ އާމްދަނީން 0 އިންސައްތަ ޓެކްސް ނެގުމެވެ. ދެވަނަ ބުރެކެޓުގައި ހިމެނެނީ 500،000 (ފަސްލައްކަ) ރުފިޔާއިން މަތީގެ ޓެކްސް ބިނާކުރެވޭ އާމްދަނީން 15 އިންސައްތައިގެ ރޭޓުގައި ޓެކްސް ނެގުމަށެވެ.

މިބިލުގައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ޓެކްސް ނެގުމަށްވެސް ފަސް ބުރެކެޓެއް ހިމަނާފައިވެއެވެ. އެގޮތުން މަހެއްގެ މައްޗަށް 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއިން ފެށިގެން މަތިން ލިބޭ އުޖޫރައިން ޓެކްސް ނެގުމަށް ފަސް ބުރެކެޓެއް ވަނީ ހިމަނާފައެވެ. އެގޮތުން 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއިން ފެށިގެން ދަށުގެ އާމްދަނީން ޓެކްސް ހިމަނާފައި ވަނީ 0 އިންސައްތަގައެވެ. 60،000 (ފަސްދޮޅަސް ހާސް) އާއި 100،000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އާމްދަނީން ޓެކްސް ނެގުމަށް ހިމަނާފައި ވަނީ 5.5 އިންސައްތަ އެވެ. 100،000 (އެއްލައްކަ) ރުފިޔާއާއި 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދުގެ އާމްދަނީން ޓެކްސް ނެގުމަށް ކަނޑައަޅާފައި ވަނީ 8 އިންސައްތަ އެވެ. 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާއާއި 200،000 (ދެލައްކަ) ރުފިޔާއާ ދެމެދުގެ އާމްދަނީން 12 އިންސައްތައެވެ. 200،000 (ދެލައްކަ) ރުފިޔާއިން ފެށިގެން މަތީގެ އާމްދަނީން ޓެކްސް ނަގާނީ 15 އިންސައްތަ އެވެ.

މިބިލުގައި އާމްދަނީ ކަނޑައެޅޭނެ ގޮތްތަކާއި އިސްތިސްނާވާ އާމްދަނީއާ އަދި މި ނޫންވެސް ޓެކްސްއާ ބެހޭ ތަފްޞީލުތައް ހިމަނާފައިވެއެވެ.

މި ޤާނޫނު ހިނގާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތެއްގެ އަދި ރާއްޖޭގައި ވަޒަންވެރިވެފައި ނުވި ނަމަވެސް ރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް ހިމެނެއެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމަށް ހަމަޖެހިފައި ވަނީ، އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކުރައްވާފައެވެ.

މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު މިޤާނޫނުގެ ދަށަށް ޓެކްސް ނެގުމުގެ ނިޒާމު ބަދަލުކުރުމުން ވިޔާފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި ރާއްޖޭގައި ހިންގާ ޕެޓްރޯލިއަމް ކުންފުނިތަކުން ކުރާ މަސައްކަތުން ޓެކްސް ނެގުމުގެ ޤާނޫނު އުވިގެންދާނެއެވެ. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އުވިގެންދާ ޓެކްސްތަކުގެ ތެރޭގައި ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގެ ދަށުން ނަގަމުން އައި ޓެކްސްއާއި، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެދަށުން ނަގަމުން އައި ޓެކްސްއާއި، އެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ބ) ދަށުން ނަގަމުން އައި ޓެކްސް ހިމެނެއެވެ. މީގެ އިތުރުން ވަޒީފާއާ ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ނަގަމުން އައި ރެމިޓެންސް ޓެކްސްވެސް މިއާއެކު އުވިގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

14 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު