Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމައުމޫން އަބްދުލް ގައްޔޫމް

ޝަމީމަކީ ޕީޖީގެ މަގާމަށް އެންމެ ކަމުވޮށިގެންވާ ބޭފުޅާ: ރައީސް މައުމޫން

7 ޑިސެމްބަރު 2019 | ހޮނިހިރު 12:33

ޑެޕިއުޓީ ޕީޖީކަން ކުރެއްވި، އަދި ޕީޖީގެ މަގާމުގެ ޒިންމާ ވެސް މީގެކުރިން އަދާކުރެއްވި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 7 ޑިސެމްބަރު 2019 | ހޮނިހިރު 12:33
ޕީޖީ ޝަމީމް

ޕީޖީ ޝަމީމް

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ހުސައިން ޝަމީމަކީ އެމަޤާމަށް އެންމެ ކަމުވޮށިގެންވާ ބޭފުޅާ ކަމަށް ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ އިންތިޤާލީ ރައީސް، މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅު ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި، ޝަމީމު މަޤާމަށް ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ 74 މެމްބަރުން ވޯޓުދެއްވާފައިވާއިރު، މަޤާމަށް ޝަމީމު ހޮވިވަޑައިގަތުމުން، މަރުޙަބާ ދަންނަވައި ކުރީގެ ރައީސް މައުމޫން ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވީ، ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށް ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއްދީގެން އެމަސައްކަތް ކުރަމުންދާ ނާޒުކު ދަނޑިވަޅުގައި އެ މަޤާމަށް ހޮނިހިރު ދުވަހު ޢައްޔަނުކުރުމަށް ރުހުންދީފައިވަނީ މަޤާމަށް އެންމެ ޤާބިލު އަދި ކަމުވޮށިގެންވާ ބޭފުޅާކަމަށެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް މައުމޫން 1 ފެބްރުއަރީގެ ޙުކުމާއި ގުޅިގެން ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ޖަލަށް ލާން ޙުކުމް ކުރިއިރު ރައީސް މައުމޫންގެ ވަކީލެއްގެ ގޮތުގައި ހުންނެވި ބޭފުޅަކީވެސް ޝަމީމެވެ. އަދި މާފުށީ ޖަލުގައި ރައީސް މައުމޫނާއި ޝަމީމް ބައްދަލުކުރެއްވި އިރު ޢަރަބި ބަހުން މުޚާޠަބު ކުރެއްވުމާއި ގުޅިގެން ވަކީލުން ޖަލު ޙުކުމްގައި ތިއްބަވާ ބޭފުޅުންނާއި ބައްދަލުކުރައްވާއިރު މުޢާމަލާތް ކުރެވޭނީ ހަމައެކަނި ދިވެހި ބަހުންކަމަށްވެސް އެއިރުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ޕީޖީގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރެއްވުމަށްޓަކައި ރައީސް އޮފީހުން ކުރެއްވި އިޢުލާނާ ގުޅިގެން، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްތޯ ބެއްލެވުމަށް ފޮނުއްވީ ނަންފުޅަކީ ޝަމީމުގެ ނަންފުޅެވެ.

ޝަމީމުގެ އިތުރުންވެސް އެމަޤާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންފުޅުތައް ރައީސް ޞާލިހު މަޖިލީހަށް ފޮނުއްވާފައިވާއިރު ޕީޖީގެ މަޤާމަށް ޢައްޔަން ކުރެއްވުމަށް ރައީސް ޞޯލިހު އިސްކަން ދެއްވާފައިވަނީ ޝަމީމަށްކަންވެސް ފާހަގަކޮށްލެވެއެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އިންޓަވިއު ކުރައްވާފައިވަނީ ވެސް ޝަމީމާ އެކަންޏެވެ.

ޝަމީމަކީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރައްވާ އަދި މިހާރު ޢަމަލުކުރަމުންދާ އައު ޤާނޫނުއަސާސީގެ ދަށުން ޕީޖީގެ މަޤާމާއި އޮފީހެއް ކަނޑައެޅިގެން ދިޔައިރު، ޕީޖީގެ މަޤާމަށް އޭރު ޢައްޔަން ކުރެއްވި އަޙްމަދު މުޢިއްޒާއެކު މަސައްކަތްކުރެއްވި އެ އޮފީހުގެ ދެވަނަ މުވައްޒަފެވެ. ޕީޖީގެ މަޤާމުން މުޢިއްޒު އިސްތިޢުފާ ދެއްވުމާއި ގުޅިގެން، ޝަމީމު ވަނީ ޕީޖީގެ މަޤާމުގެ ޒިންމާ ދުވަސްތަކެއް ވަންދެން ފުރުއްވާފައެވެ. އޭރު ޝަމީމަކީ ޑެޕިއުޓީ ޕީޖީ އެވެ. މީގެއިތުރުން ޝަމީމަކީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްއުޤޫބާތަށް އެންމެ ފަރިތަ އެއް ޤާނޫނީ ވަކީލެވެ. އޭނާ ވަނީ ޤާނޫނުލްއުޤޫބާތަށް ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުމަށް ގިނަ ޕްރޮގުރާމުތަކެއް ހިންގަވާފަ އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އައިޝަތު ބިޝާމް މަޤާމުން އިސްތިޢުފާ ދެއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ޝަމީމުގެ އިތުރުން ޕީޖީ ކަމަށް ދެން ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕީޖީންގެ ގޮތުގައި މަސައްކަތް ކުރެއްވި މަރިޔަމް ނިހާޔަތާއި، ޤާނޫނީ ވަކީލު އަޙްމަދު ޒަނީނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 ޖުލައި 2017

ޕީޕީއެމް ޕީޖީގެ ނައިބު ލީޑަރުކަމުން އިލްހާމް އިސްތިއުފާ ދެއްވައިފި

05 ޖުލައި 2017
ޕީޕީއެމް ޕީޖީގެ ނައިބު ލީޑަރުކަމުން އިލްހާމް އިސްތިއުފާ ދެއްވައިފި
02 ޖުލައި 2017

ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޒާހިދު

02 ޖުލައި 2017
ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޒާހިދު
19 ޖޫން 2017

އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ މަގާމަށް އަލީ ނިޔާޒު

19 ޖޫން 2017
އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ މަގާމަށް އަލީ ނިޔާޒު
14 މާރިޗު 2017

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި
25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް