Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

569 ގަޑިއިރު މަސައްކަތް ކުރެއްވުމަށްފަހު މެމްބަރުން ދެ މަސްދުވަހުގެ ޗުއްޓީއަށް

މެމްބަރުން ޗުއްޓީ އަށް ވަޑައިގަންފައިވަނީ 53 އިންސައްތައިގެ މަސައްކަތް ނިމިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޑިސެމްބަރު 2019 | ހޮނިހިރު 11:20
ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީސް

ޖަލްސާތަކާއި ކޮމިޓީތަކުގައި މުޅި ޖުމްލަ 569 ގަޑިއިރާއި 57 މިނެޓް މަސައްކަތް ކުރެއްވުމަށްފަހު މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގެންފި އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރު ނިންމާ މެންބަރުން ޗުއްޓީއަށް ވަޑައިގެންފައިވާއިރު 77 ޖަލްސާ ވަނީ ބާއްވާފަ އެވެ. އެއީ ފުރަތަމަ ދައުރުގައި ބޭއްވި 47 ޖަލްސާ އާއި, ދެވަނަ ދައުރުގައި ބޭއްވި 30 ޖަލްސާ އެވެ. ދެވަނަ ދައުރުގައި މެމްބަރުން 63 ދުވަހު މަސައްކަތް ކުރައްވާފައިވެ އެވެ.

ޖަލްސާތަކުގައި މެންބަރުން 128 ގަޑިއިރާއި 37 މިނެޓު ހޭދަކުރައްވާފައިއެވެ. އަދި މެންބަރުން 92 އިން ސައްތަ ޖަލްސާތަކަށް ވަޑައިގަންނަވާފައިވެއެވެ. މިދައުރުގައި 395 ކޮމިޓީ ބައްދަލުވުމެއް ބާއްވަވާފައިވާއިރު ކޮމިޓީ ބައްދަލުވުންތަކުގައި 441 ގަޑިއިރާއި 20 މިނެޓު ހޭދަކޮށްފައިވެއެވެ. އެހެންކަމުން މެންބަރުންނަށް ކޮންމެ ދުވަހަކު 8 ގަޑިއިރު މަސައްކަތް ކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މިދައުރުގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލާލާއިރު، މިދައުރަށް 23 ބިލު ހުށަހަޅާފައިވެއެވެ. މިދިޔަ ދައުރުގައި ހުށަހަޅާފައިވާ ބިލުތަކުގެ ތެރެއިން 16 ބިލެއްގެ މަސައްކަތް މިދައުރުގައި ކޮށްފައިވެއެވެ. މިދައުރުގައި ނިންމާފައިވަނީ 11 ބިލެކެވެ. އެހެންކަމުން މިދިޔަ ދައުރުން އައި ބިލުތަކާއި މިދައުރުގައި ހުށަހެޅުނު ބިލުތަކާއެކު ނުނިމި އޮތީ 28 ބިލެކެވެ.

މިދައުރަށް 5 ޤަރާރު ހުށަހަޅާފައިވާއިރު މިދިޔަ ދައުރުގައި ނުނިމިހުރި 12 ޤަރާރެއްގެ މަސައްކަތް މެންބަރުން ކޮށްފައިވެ އެވެ. މިދައުރުގައި އެއްކޮށް މަސައްކަތްކޮށް ނިންމާފައިވަނީ 2 ޤަރާރުގެ މަސައްކަތެވެ.

ސަރުކާރުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މިދައުރަށް ހުށަހަޅާފައިވަނީ 16 މައްސަލައެކެވެ. މިދިޔަ ދައުރުން ނުނިމި 2 މައްސަލަ އެއް މިދައުރުގައި މެންބަރުން ކޮށްފައިވާއިރު، މީގެތެރެއިން މެންބަރުން ނިންމާފައިވަނީ 17 މައްސަލަ އެކެވެ. ސަރުކާރުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މެންބަރުންނަށް ނުނިންމިވަނީ އެންމެ މައްސަލައެކެވެ.

ރިޔާސަތުން މިދިޔަ ދައުރުގައި 6 މައްސަލައެއް، އަދި މިދައުރުގައި 17 މައްސަލަ އެއް ހުށަހަޅާފަައިވެއެވެ. ޖުމުލަ 23 މައްސަލައެއްގެ މަސައްކަތް ކުރަން އޮތްއިރު މިއިން އެއްވެސް މައްސަލައެއްގެ މަސައްކަތް ނިންމާފައެއް ނުވެއެވެ. މިދައުރުގައި މެންބަރުން 7 މައްސަލަ އެއް ހުށަހަޅާފައިވާއިރު، އެ 7 މައްސަލަވެސް ވަނީ ނިންމާފައެވެ. އެހެނިހެން މައްސަލަތަކުގެ 7 މައްސަލަ އެއް ހުށަހަޅާފައިވާއިރު، ނިންމާފައިވަނީ 6 މައްސަލައެކެވެ.

ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގެ ދަށުން 24 މައްސަލަ އެއް ވާއިރު ނިމިފައިވަނީ 12 މައްސަލަ އެވެ.

މެމްބަރުން ޗުއްޓީ އަށް ވަޑައިގަންފައިވަނީ 53 އިންސައްތައިގެ މަސައްކަތް ނިންމަވާފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ހޮނިހިރު ދުވަހު ނިންމާލާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިދައުރުގައި މެންބަރުން ކުރައްވާފައިވާ މަސައްކަތްތައް މާގިނަ ކަމަށެވެ. އަދި މެންބަރުން ކުރެއްވި މަސައްކަތަށް ތަޢުރީފު ކުރައްވައި ނަޝީދު ވިދާޅުވީ މެންބަރުންގެ މުސާރަ ޙަލާލު ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

މިދައުރު ތެރޭގައި މަޖިލީހުން ކުރި މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލައްވާ ރައީސް ނަޝީދު ވިދާޅުވީ، ފަހު ދައުރުގައި ކުރި ބައެއް ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި މަސްވެރިންގެ ޤާނޫނަށް ގެންނަން ފާސް ކުރި އިޞްލާޙުތަކާއި، ލާމަރުކަޒީ ޤާނޫނަށް ގެންނަން ނިންމި އިޞްލާޙުތަކާއި އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމާއި ޢާމްދަނީން ޓެކްސް ނެގުމުގެ ބިލު ނިންމުން ހިމެނޭ ކަމަށެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު