Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމްގެ މަރުގެ މައްސަލަ

ގާސިމުގެ މަރާ ގުޅޭގޮތުން އަޅުގަނޑާ ގުޅުވައިގެން ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް: މެންބަރު ޝަހީމް

ސޯޝަލް މީޑިއާގައި މީގެ ކުރިން އެބަޔަކު ވަނީ ޝަހީމްއާ ބެހޭގޮތުން ދޮގު ވާހަކަތަކެއް ފަތުރާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 ޑިސެމްބަރު 2019 | ހޮނިހިރު 08:15
ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް-

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް-

މި ޑިސެމްބަރު މަހު ހަތަރު ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ޓެކްސީއެއްގެ ތެރޭގައި ހަމަލާދީ މަރާލާފައިވާ، އދ. މާމިގިލި ކަނީރުމާގެ ޤާސިމް ޙަސަންގެ މަރާއި ގުޅުވައިގެން، ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް އަބްދުލް ޙަކީމާމެދު ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

މެންބަރު ޝަހީމް ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޤާސިމުގެ މަރާ އޭނާއާ ގުޅުވައި އެކި މީޑިއާތަކުގައި ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އަދި ޤާސިމަކީ އޭނާ ދަންނަ މީހެއް ނޫން ކަމަށާއި، ޤާސިމާ ބައްދަލުވެ، ނުވަތަ އެނޫންވެސް ގޮތަކަށް ވާހަކަ ދެކިވިފައިވާ މީހެއް ނޫން ކަމަށް ޝަހީމް ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ޤާސިމުގެ މަރާއި ޝަހީމާ ގުޅުމެއް އޮތް ކަމަށް ސޯޝަލް މީޑިއާގައި ބަޔަކު މީހުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް މިންވަރެއްގެ ޙަޤީޤަތެއްގެ މައްޗަށް ފަތުރަމުންދާ ވާހަކަތަކެއް ނޫން ކަމަށް ޝަހީމުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. އަދި މިފަދަ ވާހަކަތައް ފަތުރަމުންގެންދާ ބައެއް ފަރާތްތަކަކީ މީގެ ކުރިންވެސް މިފަދަ ދޮގު އެހެން ވާހަކަތަކެއް އޭނާއާ ބެހޭ ގޮތުން ފަތުރަމުން ގެންދިޔަ ފަރާތްތަކެއްކަމަށް ޝަހީމުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ޝަހީމް ވިދާޅުވީ މިފަދަ ނުރައްކާތެރި އަދި ބިރުވެރި ޢަމަލުތަކާ ގުޅޭގޮތުން އެފަދަ ދޮގު ވާހަކަތައް ފެތުރުމުގެ ނަތީޖާއަކަށްވާނީ މުޖުތަމަޢުގެ ތެރޭގައި އެއްބައެއްގެ މައްޗަށް އަނެއް ބަޔަކު ނަފުރަތުވެ، ފިތުނަވެރިކަން އިތުރުވުން ކަމަށެވެ. އަދި ބަދަލުހިފުމުގެ ރޫޙު އާލާވުމުގެ ސަބަބުން މިފަދަ ނުރައްކާތެރި ޢަމަލުތައް ތަކުރާރުވުމުގެ ފުރުޞަތު އިތުރުވެގެންދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ޝަހީމުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެހެންކަމުން އެފަދަ ދޮގު ވާހަކަތައް ފަތުރަމުންދާ ފަރާތްތަކުގެ ކިބައިން އެދެނީ ދޮގު ވާހަކަތައް ފަތުރާ، ރައްޔިތުންގެ މެދުގައި އޮތް އަމާން އޮމާން ދިރުއުޅުން ނަގާލުމަށް މަސައްކަތް ނުކުރުމަށް މެމްބަރު ޝަހީމްވަނީ އެފަރާތްތަކަށް ގޮވާލައްވާފަ އެވެ.

ގާސިމް އަނިޔާވެރިގޮތަކަށް މަރާލާފައިވާތީ، އޭނާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރާ ކަމަށް ޝަހީމުގެ ބަޔާނުގައި ވެއެވެ. އަދި ޤާސިމުގެ މަރުގެ މައްސަލާގައި ވަށައިގެންވާ އެންމެހާ ކަންކަން ތަހުޤީޤުކޮށް، އެކަން ކުރިބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް ޝަހީމުގެ ބަޔާނުގައި ގޮވާލައްވާފައި ވެއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި

09 ފެބުރުއަރީ 2017
އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު