Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އަޅުގަނޑު ޖޭއެސްސީން ވަކިވުމަކީ މިވަގުތަށް ލިބޭނެ އެންމެ ބޮޑު "ބޮނޑި" - ރައީސް ނަޝީދު

7 ޑިސެމްބަރު 2019 | ހޮނިހިރު 06:53

ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް މިކަން ކޮށް ނިންމާދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޑިސެމްބަރު 2019 | ހޮނިހިރު 06:53
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން މިވަގުތު ވަކިވުމަކީ ލިބޭނެ އެންމެ ބޮޑު "ބޮނޑި" ގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސިފަކުރައްވައިފި އެވެ.

ހޮނިހިރު ދުވަހުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް އަލްއުސްތާޒު ޙުސްނުއްސުޢޫދު ޢައްޔަނުކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ޖުޑީޝަރީން ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފު ވިދާޅުވީ ޖުޑީޝަރީ އިޞްލާޙުކުުރުމަށް މިވަގުތަށް ކުރެވޭނެ އެންމެ ރަނގަޅު ކަންތަކަކީ ޖޭއެސްސީން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ދުރަށް ވަޑައިގަތުން ކަމަށެވެ. ސަބަބެެއްކަމަށް އާދަމް ޝަރީފު ވިދާޅުވީ ރައީސް ނަޝީދަކީ ސިޔާސީ ބޭފުޅަކަށްވާތީ ކަމަށާއި، މިދެބައި އެއްކޮށްގެން މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއްކަމަށް ދެކެވަޑައިނުގަންނާތީ ކަމަށެވެ.

Advertisement - newsAdvertisement

އާދަމް ޝަރީފުގެ މިވާހަކައަށް ރައްދުދެއްވަމުން ރައީސް ނަޝީދު ވަނީ އެމަޤާމުގައި ހުންނަވައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ޖުޑީޝަރީ އިޞްލާޙުކުރުމުގެ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓަށް އަލްއުސްތާޛު ހުސްނުއްސުޢޫދު ޢައްޔަނުކުރުމާމެދު އާދަމް ޝަރީފު ވިދާޅުވީ ހުސްނުއްސުޢޫދަކީ ސިޔާސީ ބޭފުޅެއްކަމަށާއި އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެފަދަ ބޭފުޅަކު ޢައްޔަނުކުރާތީ އެކަމާއި ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ. ސިޔާސީ މަޤާމަކަށް ހުސްނުއްސުއޫދު ރަނގަޅުކަމަށާއި، ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަމަށް ޢައްޔަނުކުރުމަށް ފެނިވަޑައިނުގަންނަވާކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

މީގެއިތުރުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ފިޔަވައި ދެން ރާއްޖޭގައި ހުރި ސިޔާސީ އެންމެ ވަރުގަދަ ބޭފުޅެކީ ހުސްނުއްސުޢޫދު ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރަންވާނީ ސިޔާސީ ކަންކަމުގައި ޙަރަކާތްތެރި ނުވާ ބޭފުޅެއް ކަމަށެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް

06 އެޕްރީލު 2017
ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް
06 އެޕްރީލު 2017

އަޅުގަނޑު ޖަލަށްލާން ކިތަންމެ ބާރެއް އުޅުއްވިޔަސް ފަހަތަކަށް ނުޖެއްސޭނެ: ޤާސިމް

06 އެޕްރީލު 2017
އަޅުގަނޑު ޖަލަށްލާން ކިތަންމެ ބާރެއް އުޅުއްވިޔަސް ފަހަތަކަށް ނުޖެއްސޭނެ: ޤާސިމް
31 މާރިޗު 2017

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު
24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
17 މާރިޗު 2017

ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު

17 މާރިޗު 2017
ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
22 ފެބުރުއަރީ 2017

ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން
22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް