Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިކަން

މަސްވެރިންގެ ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ބާއްވަނީ

5 ޑިސެމްބަރު 2019 | ބުރާސްފަތި 18:08

ދޮށީގެ މަސްވެރިކަމުގެ މަސް ދަތުރު މިމަހުގެ 06 އަދި 07 ގައި އޮންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޑިސެމްބަރު 2019 | ބުރާސްފަތި 18:08
2018 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން

2018 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން

މަސްވެރިންގެ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނީ މަސްވެރިންގެ ދުވަހުގެ އިޙްތިފާލުތައް ޑިސެމްބަރު 06 އިން 10 އަށް ހުޅުމާލޭގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ރާއްޖޭގެ ހުރިހާ އަތޮޅުތަކުން މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގެ ގިނަ އަދަދެއްގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވާނެ ކަމަށެވެ. އެގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ދޮށީގެ މަސްވެރިކަމުގެ މަސް ދަތުރު މިމަހުގެ 06 އަދި 07 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ މަސްވެރިކަމުގައި، ޚާއްސަކޮށް ދޮށީގެ މަސްވެރިކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި ދޮށީގެ މަސްވެރިކަމަށް ޒުވާނުން އަހުލުވެރިކޮށް ޒުވާން މަސްވެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިގެން ބާއްވާ ދޮށީގެ މަސްވެރިކަމުގެ މަސް ދަތުރެއެއް ކަމަށާއި، މިދަތުރުގައި 02 ދޯންޏަކަށް ބަހާލެވިގެން ޖުމްލަ 30 ޒުވާނުން މަހަށް ފުރުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ. އަދި މިމަސްދަތުރުގައި އެންވެރިކަންކުރާ ގޮތާއި މާކަނޑުގައި ދޮށީގެ މަސްވެރިކަން ކުރާނެ ގޮތް އަމަލީ ގޮތުން ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިމަހުގެ 06 އަދި 08 ގައި ފިޝަރީޒް އެކްސްޕޯ އޮންނާނެ ކަމަށާއި، މިއީ މަސްވެރިކަމުގެ ދާއިރާގެ އެކިއެކި ވަޞީލަތްތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތައް އަދި އެސިނާއަތްތަކުގެ އުފެއްދުންތަކާއި އެސިނާއަތްތަކާއިބެހޭ މައުލޫމާތުތައް ފުޅާ ދާއިރާއެއްގައި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ މަގުސަދުގައި ބާއްވާ އެކްސްޕޯއެއް ކަމަށެވެ. މިނިސްޓްރީން ބުނީ މިއެކްސްޕޯގައި މަސްވެރިކަމާއި ގުޅުންހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުސޫލުން ވިއްކުމަށް ބައިވެރިންނަށް ފުރުސަތު ލިބޭނެ ކަމަށާއި، މަހުގެ އުފެއްދުން އުފައްދާ ފަރާތްތަކަށް އެފަރާތްތަކުގެ އުފެއްދުން މާކެޓްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މިއެކްސްޕޯ އޮންނާނީ ހުޅުމާލޭ ހުރަވީ ސްކޫލް ހޯލުގައެވެ. މިއެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ 06 ޑިސެމްބަރ ވަނަ ދުވަހު ހަވީރު 16:15 ގައެވެ. މިއެކްސްޕޯގައި މަސްވެރިކަމުގެ ސިނާއަތުގައި އެކިގޮތްގޮތުން ހަރަކާތްތެރިވާ ޖުމްލަ 14 ފަރާތަކުން ބައިވެރިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ފޯރަމް މިމަހުގެ 08 އަކުން 09 އަކަށް އޮންނާނެ ކަމަށެވެ.

މަސްވެރިންގެ ފޯރަމަކީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ، މަސްވެރިކަމާއި ގުޅުންހުރި ސިޔާސަތުތައް ބައްޓަންކުރާނެ ގޮތާއިބެހޭ ގޮތުން މައުލޫމާތު ބަދަލުކުރުމާއި، މިސިނާއަތު ތަރައްގީކޮށް ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމުގެ މަގުސަދުގައި ބާއްބާ ފޯރަމެކެވެ. މިފޯރަމުގައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތަކުގެ އިތުރުން، ރާއްޖޭގެ ހުރިހާ އަތޮޅަކުން މަސްވެރިންނާއި، ކެޔޮޅުން އަދި އޮޑިވެރިން ހިމެނޭ ގޮތަށް ޖުމްލަ 50 ފަރާތެއް ބައިވެރިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސް ކެނޑުމުގެ މުބާރާތް އަދި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ދަޅުމަސް ބަނދުކުރާ ފެކްޓްރީ އާއި ފިޝަރީޒް ހާރބާރގައި އަލަށް ގާއިމް ކޮށްފައިވާ 95 ޓަނުގެ އައިސް ޕްލާންޓު ހުޅުވުން މިމަހުގެ 09 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.

ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މިމިމުބާރާތް އޮންނާނީ މިމަހުގެ 09 ވަނަ ދުވަހު ހަވީރު 17:00 ގައި ހުޅުމާލޭގައި އެންސިސްއިން ގާއިމުކޮށްފައިވާ ދަޅުމަސް ބަންދުކުރާ ފެކްޓްރީގައި ކަމަށާއި، މިމުބާރާތުގެ އަންހެން އަދި ފިރިހެން ބައިންވެސް 1 ވަނަ، 2 ވަނަ، އަދި 3 ވަނަ ހޮވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ހުޅުމާލޭގައި އެންސިސްއިން ގާއިމުކޮށްފައިވާ މިފެކްޓްރީ ހުޅުވުމުން 400 ވަޒީފާ އިތުރުވެގެން ދާނެކަމަށެވެ. އަދި އެންސިސްއިން އަލަށް ގާއިމް ކޮށްފައިވާ 95 ޓަނުގެ އައިސް ޕްލާންޓުވެސް ހުޅުވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި، މިއައިސްޕްލާންޓް ގާއިމްކުރުމުން މާލޭ ސަރަހައްދުން މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމުގައި ގިނަ ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

މަސްވެރިންގެ ދުވަހު ފަތިސް ނަމާދަށްފަހު ކުރާ ޚާއްސަ ދުއާއެއް ކުރާކަން ފާހަގަކުރައްވައި މިނިސްޓްރީން ބުނީ މިމަހުގެ 10 ވަނަ ދުވަހު މިޚާއްސަ ދުއާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރާގޮތަށް ވަނީ ހަމަޖެހިފައިވާ މާލޭގައި މިދުއާ ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު އަދި ހުޅުމާލޭ މަސްޖިދް ޙަމަދު ބިން ޚަލީފާ އައްޘާނީގައި ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފާހަގަކުރާ ރަސްމީ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ފާކް ސަރަހައްދުގައި 10 ޑިސެމްބަރު 2019 ވަނަ ދުވަހުގެރޭ 20:10 ގައި ކަމަށެވެ. މިނިސްޓްރީން ބުނީ މިޙަފްލާގައި މަސްވެރިކަމުގެ ސިނާޢަތަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ޝަރަފްވެރި އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން، 2018 ވަނަ އަހަރުގެ މަސްވެރިކަމުގައި ޙަރަކާތްތެރިވި ކުންފުނިތަކުގެ އަދި ދޯނިފަހަރުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކުރެވޭނެ ކަމަށެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޕްލެޓިނަމް ސްޕޮންސަރުންނަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަދި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑެވެ. ގޯލްޑް ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވެސް، ބޭންކް އޮފް މޯލްޑިވްސް އަދި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑެވެ. ސިލްވަރ ސްޕޮންސަރަކަށް ހަމަޖެހިފައިވަނީ ސީގަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް