Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަކަރާއި ހީލަތް ހެދުން

ޕްރީ އޯޑަރ އެމްވީ ހިންގި މީހާ 4 އަހަރަށް ގޭބަންދު ކުރަން ހުކުމް ކޮށްފި

5 ޑިސެމްބަރު 2019 | ބުރާސްފަތި 08:53

އޭނާ ވަނީ ކުށަށް އިއުތިރާފުވެ، ފައިސާ ދެއްކޭނެ ގޮތެއް ހޯދުމަށްޓަކައި ލުއި އަދަބެއް ދިނުމަށް އެދިފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 ޑިސެމްބަރު 2019 | ބުރާސްފަތި 08:53
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ޕްރީ އޯޑަރ އެމްވީގެ ނަމުގައި ފޭސްބުކް ޕޭޖެއް ހުޅުވައި، އެ ޕޭޖު މެދުވެރިކޮށް، އިލެކްޓްރޯނިކް ސާމާނު ގެނެސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާނަގައި އޮޅުވާލި މީހަކު ހަތަރު އަހަރަށް ގޭ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އެހުކުމް ކޮށްފައި ވަނީ ވ. ކްލޭޓަން، މޫސާ ނަހްޒާން ނަސީމްގެ މައްޗަށެވެ. އޭނާ ހަތަރު އަހަރަށް ގޭބަންދަށް ހުކުމް ކޮށްފައިވަނީ، ޕްރީ އޯޑަރ އެމްވީގެ ނަމުގައި 2017 ވަނަ އަހަރު ހިންގި ފޭސްބުކް ޕޭޖަކުން އިލެކްޓްރޯނިކްސް ސާމާނު ގެނެސްދޭނެ ކަމަށް ބުނެ 75 މީހެއްގެ އަތުން ޖުމްލަ 500،000 އަށް ވުރެ ގިނަ ރުފިޔާ ނެގުމަށް ފަހު އެ ތަކެތި ގެނެސް ނުދިން މައްސަލާގައި، އޭނާގެ މައްޗަށް ދައުވާކުރި މަކަރާއި ހީލަތް ހެދުމުގެ ދައުވާއާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އެދައުވާ އިއްވުމުން ނަހްޒާން ވަނީ އެދައުވާ ސާފުވާ ކަމަށާއި އަދި ކުށަށް އިއުތިރާފުވާ ކަމަށް ޝަރީއަތުގައި ބުނެފަ އެވެ. އަދި އެފައިސާ ނެގި ފަރާތްތަކަށް އަނބުރާ ދެއްކޭނީ، އޭނާ ޖަލަށްލުމުގެ ބަދަލުގައި އެދައުވާގެ އެންމެ ކުޑަ އަދަބެއް ދިނުމުން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ޝަރީއަތުން ނިންމީ، ކުށަށް އޭނާ އިއުތިރާފުވެފައިވާތީއާއި އެކަން އޭނާ ކުރީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އޭނާގެ އަމިއްލަ އިޚުތިޔާރުގައި ކަމަށް ޝަރީއަތުގައި އޭނާ ބުނެފައިވާތީ، ނަހްޒާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާ ކަމަށެވެ. އަދި ކުށުގެ އަދަބެއްގެ ގޮތުން އޭނާ ހަތަރު އަހަރާއި ނުވަ މަހާއި 18 ދުވަހަށް ގޭބަންދު ކުރުމަށް ހުކުމް ކުރާކަމަށް ކްރިމިނަލް ކޯޓުން ނަހްޒާންގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ބުނެފައި ވެއެވެ.

މައްސަލައިގައި ނަހްޒާން އާއި ޕްރޮސެކިއުޓާ ޖެނެރަލް އާދެމެދު ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދާފަ އެވެ. ނަމަވެސް ނަހްޒާން ވަނީ އެމައްސަލައިގެ އިބްތިދާއީ އަޑުހުމުގައި އެ އެއްބަސްވުމާއެއްގޮތަށް، އޭނާ ފައިސާ ނެގި ފަރާތްތަކަށް ފައިސާ ނުދެވޭނެކަމަށް ބުނެ، އެ އެއްބަސްވުން އުވާލަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންކަމުން ޝަރީއަތުން ނިންމާފައިވަނީ އެ އެއްބަސްވުން ބަލައި ނުގަތުމަށެވެ.

މި ކުށަށް ކަނޑައެޅިފައިވާ އަދަބުގެ އަސާސީ މިންގަނޑަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އިބްތިދާއީ އަޑުއެހުމުގައި ނަހްޒާން ދައުވާއަށް އިއުތިރާފުވެ، ޝަރީއަތުގައި އިއުތިރާފް ދަމަހައްޓާފައި ވާތީ އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ ދަށްވާނެކަން އެނގެން އޮންނާތީ، އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އޭނާ ގޭބަންދުކުރަން ހުކުމްކޮށްފައި ވަނީ އެއީ އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ޝަރީއަތަށް ފެންނާތީ ކަމަށް ހުކުމްގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އޭނާ އަށް ފައިސާ ދެއްކި ފަރާތްތަކަށް އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރުމުގެ ހައްގު އޮންނާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް