Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުއްރަހީމް

ފަނޑިޔާރުންނަށް ނިސްބަތްކޮށް ބޭއަދަބީކޮށް ވާހަކައެއް ނުދައްކަން: އަބްދުއްރަހީމް

30 ނޮވެމްބަރު 2019 | ހޮނިހިރު 13:43

ކޯޓުތަކުގެ ނިންމުމަށް ފާޑު ނުކިޔަން

އަމްނާ އިމާދު
އަމްނާ އިމާދު | 30 ނޮވެމްބަރު 2019 | ހޮނިހިރު 13:43
ފަނޑިޔާރުން ހުވާކުރި ރަސްމިއްޔާތެއްގެ ތެރެއިން

ފަނޑިޔާރުން ހުވާކުރި ރަސްމިއްޔާތެއްގެ ތެރެއިން

ފަނޑިޔާރުންނަށް ނިސްބަތްކޮށް ބޭއަދަބީކޮށް ވާހަކަނުދައްކާ ކަމަށާއި، އިންޒާރުދީފައިނުވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީ ކުރެއްވި ސުވާލަކަށް އަބްދުއްރަހީމް ވިދާޅުވީ ޝަރުއީ ކޯޓުތަކަށް އިހުތިރާމް ކުރާ ކަމަށާއި، އެކޯޓުތަކުން ނިންމާ ނިންމުންތަކަށް ފާޑު ނުކިޔާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުއްގައްޔޫމްގެ މައްޗަށް އިއްވި ހުކުމަކީ އުސޫލުން ބޭރުން އިއްވި ހުކުމެއް ކަމަށާއި، އެއީ ސިޔާސީ ހުކުމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އުސޫލުތަކާ ހިލާފަށް ކަންކަން ކުރާނަމަ ބަސްބުނެވޭނެ ކަމަށާއި، ނަމަވެސް ފަނޑިޔާރުންނަށް ފާޑު ކިޔާ، އިންޒާރު ނުދޭ ކަމަށެވެ.

އެމްޑީޕީއަށް ފާޑު ކިޔުއްވާ އަބްދުއްރަހީމް ވިދާޅުވީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ އިތުރުން އެމްޑީޕީގެ ގިނަ މެމްބަރުން ކޯޓުތަކުގެ ހުރުމަތްކަނޑާފައިވާ ކަމަށާއި، ފަނޑިޔާރުންނަށް ބަދުބަސް ބުނެފައިވާ ކަމަށެވެ.

އަބްދުއްރަހީމް އެމްޑީޕީއަށް މިފަދަ ތުހުމަތު ކުރެއްވިއިރު، އަބްދުއްރަހީމް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތް ކުރައްވާ ހުތުރު ބަހެއް ބޭނުންކުރެއްވުމަށްފަހު ފަސް ފަނޑިޔާރުން ޖަލަށްލާނެކަމުގެ އިންޒާރުދީފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިމައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ 8:00 އަށް ފުލުހަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވާފައެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

5

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2017

ސުއޫދުގެ ނަސޭހަތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް: ވަގުތު ފާއިތުވުމުގެ ކުރިން ކަންކަން އިސްލާހުކުރައްވާ ތިޔަ ބޭފުޅުންވެސް ސަސްޕެންޑްކޮށްފާނެ!

13 ސެޕްޓެމްބަރު 2017
ސުއޫދުގެ ނަސޭހަތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް: ވަގުތު ފާއިތުވުމުގެ ކުރިން ކަންކަން އިސްލާހުކުރައްވާ ތިޔަ ބޭފުޅުންވެސް ސަސްޕެންޑްކޮށްފާނެ!
25 އޯގަސްޓު 2017

ގާސިމް ދެއްކެވި ވާހަކައަކީ ގާނޫނާ އިމުގެ ތެރެއިން ދެއްކި ވާހަކައެއްކަން ސާބިތުކޮށެއް ނުދެވުން : ހުކުމް

25 އޯގަސްޓު 2017
ގާސިމް ދެއްކެވި ވާހަކައަކީ ގާނޫނާ އިމުގެ ތެރެއިން ދެއްކި ވާހަކައެއްކަން ސާބިތުކޮށެއް ނުދެވުން : ހުކުމް
17 އޯގަސްޓު 2017

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިއޮތުން: މަޖިލީހުގެ އިދާރާއިން ދައްކާ ވާހަކައާއި، ޕީޕީއެމުން ދައްކާ ވާހަކައެއް ދިމަލެއް ނުވި!

17 އޯގަސްޓު 2017
މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިއޮތުން:  މަޖިލީހުގެ އިދާރާއިން ދައްކާ ވާހަކައާއި، ޕީޕީއެމުން ދައްކާ ވާހަކައެއް ދިމަލެއް ނުވި!
15 އޯގަސްޓު 2017

ރައީސް މައުމޫން ފަނޑިޔާރުންނަށް ނުފޫޒް ފޯރުއްވާ ކަމަށް ދޭހަވާ ގޮތަށް ނިހާން ވާހަކަ ދައްކަވައިފި

15 އޯގަސްޓު 2017
ރައީސް މައުމޫން ފަނޑިޔާރުންނަށް ނުފޫޒް ފޯރުއްވާ ކަމަށް ދޭހަވާ ގޮތަށް ނިހާން ވާހަކަ ދައްކަވައިފި
03 ޖުލައި 2017

މިއީ ބިރުން ތިއްބެވި ފަނޑިޔާރުންނަށް ލިބުނު އުފަލެއް: އަބްދުﷲ ރިޔާޒު

03 ޖުލައި 2017
މިއީ ބިރުން ތިއްބެވި ފަނޑިޔާރުންނަށް ލިބުނު އުފަލެއް: އަބްދުﷲ ރިޔާޒު
22 އެޕްރީލު 2017

ޕީޖީއަށާއި ފަނޑިޔާރުންނަށް އައްބާސް ފާއިޒްގެ ވަރުގަދަ ބަސްތަކެއް

22 އެޕްރީލު 2017
ޕީޖީއަށާއި ފަނޑިޔާރުންނަށް އައްބާސް ފާއިޒްގެ ވަރުގަދަ ބަސްތަކެއް
20 އެޕްރީލު 2017

ސަރުކާރުން ދައްކާ ވާހަކައެއް ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލެއް ނުކުރާނެ: ޝިފާޒް

20 އެޕްރީލު 2017
ސަރުކާރުން ދައްކާ ވާހަކައެއް ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލެއް ނުކުރާނެ: ޝިފާޒް
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް