Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކޮމް

ބްރޯޑް ކޮމް އަށް ޝިފްލާ އާއެކު އެމްޑީޕީގެ އެކްޓިވިސްޓް ގައިސް

30 ނޮވެމްބަރު 2019 | ހޮނިހިރު 14:29

ރައީސް އިސްކަންދެއްވާ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ލިސްޓުގެ ކުރީގައި އޮތީ ޝިފްލާ އާއި މުހައްމަދު ހިލްމީ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 ނޮވެމްބަރު 2019 | ހޮނިހިރު 14:29
ބްރޯޑްކޮމް އަށް އައްޔަނުކުރުމަށް ކޮމިޓީން ފާސްކުރި ލިސްޓުގެ ކުރީގައި ތިއްބެވި ޝިފްލާ އާއި ގައިސް

ބްރޯޑްކޮމް އަށް އައްޔަނުކުރުމަށް ކޮމިޓީން ފާސްކުރި ލިސްޓުގެ ކުރީގައި ތިއްބެވި ޝިފްލާ އާއި ގައިސް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ ދެ މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށްފަހު ތަޅުމަށްފޮނުވާ ލިސްޓުގެ ކުރީގައި ޝިފްލާ އާއެކު އެމްޑީޕީގެ އެކްޓިވިސްޓު އަހުމަދު ގައިސް ހިމެނިއްޖެ އެވެ.

ބްރޯޑްކޮމް އައްޔަނުކުރުމަށް ރައީސް އިސްކަންދެއްވާ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ 36 ނަންފުޅުގެ ލިސްޓުގެ ކުރީގައި އޮތީ ގ.މަސްއޮޑިގެ ޝިފްލާ އިބްރާހީމް އާއި ގ.ޑޭޒީފެހި މުހައްމަދު ހިލްމީއެވެ. މިނަންތައް ދިރާސާކުރި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ރިޕޯޓްގައި ބްރޯޑްކޮމް އިން ހުސްވެފައިވާ ދެ މަގާމަށް އައްޔަނުކުރުމަށް ކޮމިޓީގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާ ލިސްޓުގެ ކުރީގައި އުޅެނީ ގ. މަސްއޮޑިގެ ޝިފްލާ އިބްރާހީމް އާއި ގދ.ތިނަދޫ/ސަނީޑޭލް އަހުމަދު ޤައިސް އެވެ.

Advertisement - newsAdvertisement

ސަންގުޓީވީގެ ޕްރެޒެންޓަރެއްގެ ގޮތުގައި މިހާރު ހަރަކާތްތެރި ވަމުންދާ ޝިފްލާ އަކީ މީގެކުރިން ޓީވީއެމް އިން ނޫސްވެރިއެއްގެ ގޮތުގައާއި ޕްރެޒެންޓަރެއްގެ ގޮތުގައިވެސް ފެނިގެންގޮސްފައިވާ ފަރާތެކެވެ. ގައިސްއަކީ ތިނަދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި އަދި އެ ޕާޓީގެ ޓިކެޓްގައި ގދ. އަތޮޅު ކައުންސިލަށް ވެސް އިންތިހާބުވެފައިވާ ފަރާތެކެވެ.

ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްވެފައިވާ ފަރާތްތައް:

1- ޝިފްލާ އިބްރާހިމް- ގ. މަސްއޮޑިގެ

2- އަހުމަދު ގައިސް- ސަނީޑޭލް/ގދ. ތިނަދޫ

3- އަލީ ޔޫސުފް- ބާރަނާ/ޅ. ހިންނަވަރު

4- އަހުމަދު ފައިރޫޒް- މއ. ރަސްއައިން

5- ސައުދާ ސަލީމް- ރަބީއުމަންޒިލް/ހއ. ހޯރަފުށި

6- އަބްދުއްލަތީފް އަހުމަދު- ދަފްތަރު ނަމްބަރު ރސ 2345

7- އިބްރާހިމް އަޝްރަފް- ވ. މަށިވެލި

8- މޫސާ ރިލްވާން- މ. ހާވިލާ

9- މުއުމިނާ އާދަމް- ގ. ހާފްސީ

10- ފާތިނާ ގާސިމް- ދަފްތަރު ނަމްބަރު 4055

11- އިސްމާއިލް ސާޖިދު- މއ. ވިލާރޮނދި

12- މުހައްމަދު ސަނޫން- ނައިޓްވިލާ/ބ. ފެހެންދޫ

ކޮމިޓީން ފޮނުވާނަންތަކަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނީ އެލިސްޓުގެ ތަރުތީބުންނެވެ. އޭގެތެރެއިން ފުރަތަމަ ދެ ނަމަށް ވޯޓަށް އަހާ އެ ދެ ނަން ތަޅުމުން ފާސްވެއްޖެނަމަ ދެން ހުރި ނަންތަކަކަށް ވޯޓަކަށް ނާހާނެއެވެ.

ކޮމިޓީ ރިޕޯޓްގައިވާ ގޮތުން ރައީސް ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން ގ.ލައިޝާ އިބްރާހީމް ޝަރީފް، އޭނާގެ ނަންފުޅު އަނބުރާ ގެންދަވާފައިވާކަމަށް ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން އަންގާފައިވެއެވެ. މީގެއިތުރުން އިންޓަރވިއުއަށް ކޮމިޓީން ދައުވަތު އެރުވުމުން އިންޓަރވިއުއަށް ހާޒިރުވެވަޑައިނުގަންނަވާ 9 ފަރާތެއް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި ތަކުރާރުކޮށް ގުޅަން މަސައްކަތްކޮށްގެންވެސް ނުގުޅުނު 4 ނަމެއްވެސް ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ބްރޯޑްކޮމް އަށް ދެ މެމްބަރަކު މިއައްޔަނުކުރަނީ އެކޮމިޝަނުން އިސްތިއުފާދެއްވި އެކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ސޮފްވާން އާއި އެކޮމިޝަންގެ މެމްބަރު ހަސަން ނަބާހުގެ ބަދަލުގައެވެ. މި ދެމަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން މީޑިޔާގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ގިނަ ފަރާތްތަކަކުން ވަނީ އެކަމަށް ކުރިމަތިލާފަ އެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް