Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ޕީޖީ ބިޝާމް

ކުރީގެ ޕީޖީ ބިޝާމް ވަނީ މަޖިލީހުގައި އިތުރުފުޅު ހައްދަވާފަ!

30 ނޮވެމްބަރު 2019 | ހޮނިހިރު 17:46

އެކެއް ފެބްރުއަރީ އަމުރު ނެރުމާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ދުވަސްވަރުގައި ކުރީގެ ޕީޖީ ވަނީ ރައީސް އޮފީހަށް ވަޑައިގަންނަވާފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 ނޮވެމްބަރު 2019 | ހޮނިހިރު 17:46
ކުރީގެ ޕީޖީ އާއިޝަތު ބިޝާމް: 1 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ދުވަސްވަރު

ކުރީގެ ޕީޖީ އާއިޝަތު ބިޝާމް: 1 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ދުވަސްވަރު

އެކެއް ފެބްރިއަރީގެ އަމުރާ ގުޅިގެންނާއި ވަގަށްނެގުމަށްފަހު، މަރާލާފައިވާ، ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލާގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި އިތުރުފުޅު ހެއްދެވިކަން ހާމަވެއްޖެ އެވެ.

ޕީޖީގެ މަގާމުން އާއިޝަތު ބިޝާމް އިސްތިއުފާ ދެއްވާފައިވަނީ މިދިއަ ބުރާސްފަތި ދުވަހު އެވެ. އިސްތިއުފާ ދެއްވާފައިވަނީ، އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި، އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރަމުން ދަނިކޮށް، އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ހާޒިރުވާން އަންގާފައި ވަނިކޮށް، ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ.

Advertisement - newsAdvertisement

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށް މަސައްކަތްތަކެއް ފައްޓަވާފަ އެވެ. އެގޮތުން މަޖިލީހުގައި ޖުޑީޝަރީ ކޮމެޓީގެ ނަމުގައި ދާއިމީ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، މީގެކުރިން އެކޮމެޓީން ބޭއްވި ބައްދަލުވުމަކަށް ޕީޖީ ބިޝާމް ކޮމެޓީއަށް ހާޒިރު ކުރައްވާފައި ވެއެވެ. އެކޮމެޓީގެ ބައްދަލުވުމަށް ވަޑައިގެން މެމްބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ބިޝާމް ވަނީ ޖަވާބު ދެއްވާފަ އެވެ. ނަމަވެސް ބިޝާމް ދެއްކެވި ބައެއް ވާހަކަފުޅުތަކުގައި އިތުރުފުޅު ހައްދަވާކަން މިވަނީ ހާމަވެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކެއް ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވި ދުވަސްވަރު، އޭރު ވަނީ ރައީސް އޮފީހުން ބިޝާމް ނުކުންނަވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ.

އެފޮޓޯ އާ ގުޅިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ބިޝާމް ހާޒިރުކުރެއް އެ ބައްދަލުވުގައި މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ބިޝާމް ވިދާޅުވެފައިވަނީ، ރައީސް އޮފީހަށް ވަޑައިގަންނަވަންޖެހޭ ހަމައެކަނި ބޭނުމަކަށް އޮންނަނީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ބައްދަލުވުމެއް އޮވެއްޖެ ނަމަ ކަމަށެވެ. ޕީޖީގެ ހައިސިއްޔަތުން ބިޝާމަކީ އެ ކައުންސިލްގެ މެމްބަރެކެވެ. އެކައުންސިލްގެ ބައްދަލުވުމަކަށް ނޫން ގޮތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވަން ނުޖެހޭ ކަމަށްވެސް ބިޝާމް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ވަނީ އެ މުއްދަތުގެ ތެރޭގައި ރައީސް އޮފީހުގައި ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ބައްދަލުވުމެއް ބާއްވާފައިވޭތޯ ބަލާފަ އެވެ. ރައީސް އޮފީހުން ވަނީ އެ ކައުންސިލްގެ ބައްދަލުވުމެއް އެ މުއްދަތުގެ ތެރޭގައި ބާއްވާފައި ނުވާކަން ރައްޔިތުންގެ މަޖިލީހަށް ހާމަ ކޮށްދެއްވާފަ އެވެ.

މީގެއިތުރުން، ޖުޑީޝަރީ ކޮމެޓީގެ އެ ބައްދަލުވުމުގައި، ބަޔަކު މީހުން ވެގެން ވަގަށްނެގި ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ނުކުރެއްވީ ކީއްވެތޯ މެމްބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން ބިޝާމް ވިދާޅުވެފައިވަނީ، ރިލްވާންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާކަމަށެވެ. އަދި އެއީ މައުލޫމާތުގެ އޮޅުމެއް ކަމަށް ވެސް ބިޝާމް ވިދާޅުވެފައި ވެއެވެ.

ނަމަވެސް ޖުޑީޝަރީ ކޮމެޓީން ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާއަށް ލިޔުމަކުން އެކަން ސާފުކޮށްދިނުމަށް އެދިވަޑައިގެންނެވުމުން އޭގެ ޖަވާބުގައި ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ ވިދާޅުވެފައިވަނީ ރިލްވާންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްޓަކައި ޕީޖީގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަން ކްރިމިނަލް ކޯޓުގެ ރެކޯޑްތަކުން ނުދައްކާ ކަމަށެވެ.

ޖިނާއީ އަދުލުގެ ނިޒާމުގެ ދަށުން، ޕްރޮސެކިއުޓަރ ޖެނަރަލަކީ ޖިނާއީ ދައުވާތައް ކޯޓުތަކުގައި އުފުލާ ފަރާތެވެ. ތަހުގީގީ އިދާރާތަކުން، ތަހުގީގުކުރުމަށްފަހު، ޕީޖީގެ އޮފީހަށް ފޮނުވާ މައްސަތައް ދިރާސާ ކުރުމަށްފަހު، ދައުވާ ކުރުމާއި ނުކުރުން އޮންނަނީ ޕީޖީގެ އަތްމަތީގަ އެވެ.

ދައުލަތުގެ އެފަދަ މުހިއްމު މަގާމެއްގައި ބިޝާމް ހުންނަވައި، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލުމަށްފަހު، ހުކުމް ކުރަން އޮތް ދުވަހު ބިޝާމް އިސްތިއުފާ ދެއްވި ދެއްވުމާއި، އަދި ޕީޖީގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން، ރައީސް ޔާމީންގެ މައްސަލަ ޝަރީއަތުގައި ހިނގަހިނގާ އޮތްވައި، ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންނާ ބައްދަލުކުރެއްވިކަމުގެ އަޑުތަކެއްވެސް މިވަނީ ފެތުރިފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
19 ފެބުރުއަރީ 2017

މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ

19 ފެބުރުއަރީ 2017
މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް