Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ސުންގަޑި އިތުރުކޮށްފި

28 ނޮވެމްބަރު 2019 | ބުރާސްފަތި 07:26

ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމް ހުސްވުމާއި ގުޅިގެން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 28 ނޮވެމްބަރު 2019 | ބުރާސްފަތި 07:26
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިތުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މަޤާމު ހުސްވުމާއި ގުޅިގެން 21 ނޮވެމްބަރު 2019 ގައެވެ. އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި އެކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ފަނޑިޔާރު ކަމުން ވަކިކުރުމަށް މަޖިލީހުން ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ވަނީ ފާސްްކޮށްފައެވެ. އަދި ސިއްޙީ ޙާލަތު ހުރިގޮތުން ފަނޑިޔާރު ޢަބްދުﷲ އަރީފު ވަނީ ރިޓަޔަރ ކުރައްވާފައެވެ.

Advertisement - newsAdvertisement

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން 21 ނޮވެމްބަރުގައި ކޮށްފައިވާ އިއުލާނުގައި ވަނީ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއަކުން 28 ނޮވެންބަރު 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަނަށް ހުށަހެޅުމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ މެންދުރު ޖޭއެސްސީން ކޮށްފައިވާއިއުލާނެއްގައިބުނެފައިވަނީ، ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓަށް ފަނޑިޔާރުން އައްޔަނުކުރުމަށް ކޮށްފައިވާއިއުލާނުގެސުންގަޑި 28 ނޮވެމްބަރު 2019 ގެ 16:00 އަށް އިތުރުކޮށްފައިވާކަމަށެވެ. މިހާރު މިވަނީ ކުރިމަތިލުމަށް އިތުރު 4 ގަޑިއިރު އުތުރުކޮށްފައެވެ.

ޖޭއެސްސީން ކޮށްފައިވާ އިއުލާނުގައި މަގާމުތަކަށް ކުރިމަތިލާ މީހުންގެ ތައުލީމީ ފެންވަރުގެ ޝަރުތެއްކަމަށް ބުނެފައިވަނީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ އޮތުމެވެ. ތަޖުރީބާގެ ޝަރުތެއް ކަމަށް ބުނެފައިވަނީ ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުރުން ކަމަށެވެ. އަދި އުމުރުން 30 އަހަރު ފުރިފައިވާ މީހަކަށްވެސް ވާންޖެހެއެވެ.

ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އަދި ޖޭއެސްސީން ގެންދަނީ، ޖުޑީޝަރީގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ގެނައުމަށާއި، ކޯޓަށް ހުށަހެޅޭ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި، ނިންމުމަށްޓަކައި ކޯޓުތަކަށް ބޭނުންވާ ކަންކަން ފޯރުކޮށް ދެމެންނެވެ. އަދި ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރާ މިދަނޑިވަޅުގައި ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ފެންމަތިވެ، ބައެއް ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ މަސައްކަތްވެސް ޖޭއެސްސީއާއި ރައްޔިތުންގެ މަޖިލީހުން ދަނީ ކުރަމުންނެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުލް ޣަނީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ވަނީ ފޮނުވާފައެވެ.

ފަނޑިޔާރު ޣަނީ މަޤާމުން ވަކި ކުރަން ނިންމައި ޖޭއެސްސީން ވަނީ އޭނާ 60 ދުވަހަށް ސަސްޕެންޑުކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުން ޣަނީ ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާއިރު ޖޭއެސްސީން އަންނަނީ ފަނޑިޔާރު ޣަނީގެ ސުލޫކީ ތިން މައްސަލަ އެއް ބަލަމުންނެވެ.

ފަނޑިޔާރު ޣަނީ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިނަމަ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ބަދަލުވީއެވެ. މީގެކުރިން ރައްޔިތުންގެ މަޖިލީހުން ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ މަޤާމުން ވަކިކޮށްފައެވެ. މިދިޔަ އޯގަސްޓް މަހު ފަނޑިޔާރު ޢަބްދުﷲ ދީދީ ވެސް ވަނީ މަޤާމުން ވަކިކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ފަނޑިޔާރު ޢަބްދުﷲ އަރީފް ވަނީ އަމިއްލަފުޅު އިސްތިޢުފާ ދެއްވާފައެވެ. އެހެންކަމުން މިހާރު ސުޕްރީމް ކޯޓު ވަގުތީ ގޮތުން ހިންގުމަށް ޙަވާލުކޮށްފައިވަނީ ޑރ. އަޒްމިރަލްދާ ޒާހިރަށެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެކޯޓަށް ޢައްޔަނުކުރުމަށް ފާސްކުރި ތިން ފަނޑިޔާރުންނެވެ. އެއީ ޑރ އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވަންޖެހެ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް