Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެޑްމިންޓަން އަތޮޅު ލީގު

ބެޑްމިންޓަން އަތޮޅު ލީގުގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޮޅުދޫއަށް

ހޮޅުދޫއިން ޗެމްޕިއަންކަން ހޯދީ އައްޑޫ ސިޓީ ބަލިކުރުމަށްފަހު

އަތޫފް އާތިފް
އަތޫފް އާތިފް | 27 ނޮވެމްބަރު 2019 | ބުދަ 14:14
ހޮޅުދޫ ޓީމް

ހޮޅުދޫ ޓީމް

12 ވަނަ ބެޑްމިންޓަން އަތޮޅު ލީގުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ނ. ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ އިން ހޯދައިފިއެވެ.

ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޮޅުދޫއިން ހޯދީ އަންގާރަ ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗުގައި އައްޑޫ ސިޓީ ވެލްތް އެންޑް ރެކްރިއޭޝަން ކްލަބާއި ވާދަކޮށް 16-9 ޕޮއިންޓް އިން މެޗު ކާމިޔާބުކޮށްގެންނެވެ.

ފައިނަލްގައި ފުރަތަމަ ސިންގަލްސް އަދި ފުރަތަމަ ޑަބަލްސް މެޗު ކާމިޔާބުކުރީ ހޮޅުދޫއިންނެވެ.ފުރަތަމަ ސިންގަލްސްގައި ހޮޅުދޫގެ މުހައްމަދު ރަވީން ވަނީ 24-22 އިން އައްޑޫ ސިޓީގެ އިބްރާހިމް ނަޝީދު ބަލިކޮށްފައެވެ. އަދި ފުރަތަމަ ޑަބަލްސްގައި ހޮޅުދޫގެ ރަވީން އާއި އިބްރާހިމް ސިރާޖުގެ ޕެއާ ބަނީ އައްޑޫ ސިޓީގެ ނަޝީދާއި އަހުމަދު ފަވާޒްގެ ޕެއާ އަތުން 2-1 ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-12، 21-13 އަދި 21-19 އިންނެވެ.

ނަމަވެސް އައްޑޫ ސިޓީން ވަނީ ދެވަނަ ޑަބަލްސް މެޗާއި ސިންގަލްސް މެޗު ކާމިޔާބުކޮށްފައެވެ. އެހެންކަމުން މުބާރާތުގެ ޗެމްޕިއަންކަން ތިންވަނަ ޑަބަލްސް މެޗުން މޮޅުވާ ޓީމަކަށް ލިބެން އޮތްއިރު ހޮޅުދޫގެ އަޒުހާން އިޒުހާމާއި މުހައްމަދު އާމިރުގެ ޕެއާ ވަނީ އައްޑޫ ސިޓީގެ ފައްވާޒާއި އަހުމަދު ދީދީގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޮޅުދޫ އަށް ހޯދައިދީފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-16 އަދި 21-19 އިންނެވެ.

މިއަހަރުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޮޅުދޫއިން ހޯދިއިރު އެޓީމު ވަނީ 2015 ވަނަ އަހަރުގެ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު