Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް 2019

މިފެންނަ ކަންކަމަކީ ހަރުކަށި، ދީނީ ފިކުރެއް ނޫން، މިއީ ޖަންގަލީގެ އުސޫލު : މީކާއިލް

މީކާއިލް ވިދާޅުވީ ފެނިގެން މިދަނީ އިލްމީ ގޮތުން ޚިޔާލެއް ފާޅުކޮށްލާއިރަށް ލޭ ހުއްދަ ކުރާތަން ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2019 | ހޯމަ 09:30
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމް

މިފެންނަ ކަންކަމަކީ ހަރުކަށި، ދީނީ ފިކުރެއް ނޫން ކަމަށާއި އެއީ "ޖަންގަލީ"ގެ އުސޫލު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހަނގުރާމަވެރި ޖަމާޢަތުގެ މީހުން ކަމަށް ބެލެވޭ ބަޔަކު ށ. މާއުނގޫދޫއަށް އެރުމާއި 13 އަހަރުގެ ކުއްޖަކު ޤަވާއިދާ ޚިލާފަށް ކައިވެނި ކޮށްގެން އުޅޭ މައްސަލަ އާއި ގުޅިގެން މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން މީކާއީލު ވިދާޅުވީ މިއަދު ފެނިގެން މިދަނީ އިލްމީ ގޮތުން ޚިޔާލެއް ފާޅުކޮށްލާއިރަށް ލޭ ހުއްދަ ކުރާތަން ކަމަށެވެ. މީކާއިލް ވިދާޅުވީ ދިވެހި ރާއްޖޭގައި ޤާއިމުވެފައި އޮތް އިސްލާމީ ހަޟާރާތް ނައްތާލާ މިތާގައި ޖާހިލު އުސޫލު ޤާއިމު ކުރުމަށްޓަކައި ބަޔަކު މީހުން ރާވައިގެން އިންތިޒާމުކޮށްގެން ކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަމަކަށް ޖާގައެއް ނުދެވޭނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މެމްބަރު މީކާއިލް މިހެން ވިދާޅުވެފައިވާއިރު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ސައުތު އީސްޓް އޭޝިއާއަށް އައިސިސް އަތްގަދަކުރުމަށް މަސައްކަތްކުރަނީ ސީރިއާގައި އައިސިސް ފަތަހަ ކުރެވުމުން ކަމަށެވެ. އިވާ ވިދާޅުވީ މި ޤައުމު މިއޮތީ ހަނގުރާމައިގެ ތުންފަތުގައި ކަމަށެވެ. އީވާ ވިދާޅުވީ މި ދިވެހި ޤައުމު އޮތީ ހަގުރާމައިގެ ތުންފަތް މަތީގައި ކަން ރައްޔިތުންނަށް އޮޅިގެނެއް ނުވާނެ ކަމަށެވެ. އީވާ ވަނީ ވަގުތުން ވަގުތަށް އެ ފަދަ ކަންތައްތައް ކުރަމުންދާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުއެޅުމަށް ގޮވާލާފައެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ދިވެހިން ހަނގުރާމައަށް ފޮނުވުމާއި ކުއްލި މައްސަލައިގައި އަލި އަޅުވާލާފައިވާ ކަންކަމުގެ ވާހަކަ ދައްކަނީ ދީނީ ވިސްނުމެއްގައި ނޫން ކަމަށެވެ.

މެމްބަރު ވިދާޅުވީ މިއަދު މިވާހަތައް ދައްކަން ޖެހެނީ ޤާނޫނާއި ޤަވާއިދާ ޤާނޫނޫ އަސާސީން ކަނޑައެޅިގެން މަނާކޮށްފައި އޮތް ކަންކަން ރާއްޖޭގައި ހިނގަމުން ދާތީ ކަމަށެވެ. އަދި އެކަންކަން ނުހުއްޓުވައިފި ނަމަ އައިސިސްގެ ވަރު ދައްކާލާނެ ކަމަށެވެ. އަދި ފެނިގެންމިދަނީ އެ ކަންކަން ކަމަށް އާޒިމް ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ އެފަދަ އަމަލުތައް ހުއްޓުވުމަށް ބޭނުން ޤަވާއިދެއް ހެދުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ކުއްލި މައްސަލައިގައި ވަނީ މީހުން މަރާ، އެހެނިހެން ޖަރީމާތައް ހިންގާ ސެލްއެއް ކަމަށް ބެލެވޭ ބަޔަކު ށ. މާއުނގޫދޫއަށް އަރާ، އެރަށް ފަތަހަ ކުރި ކަމުގެ އަމަލުތައް ހިންގާ، އަދި އެރަށުގެ އެތަންމިތަނުގައި އައިސިސްގެ ނިޝާނާއި ލޯގޯ ރަށުގެ އެކި ސަރަހައްދުތަކުގައި ހަރުކޮށް، ރައްޔިތުންނަށް ބިރުވެރިކަން ފަތުރާފައިވާކަމަށެވެ.

ދާދި ފަހުން ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯނީގައި އުޅުނު ރ. މަޑުއްވަރީ މީހަކަށް އަނިޔާކޮށް ކަނޑަށް އެއްލާލި މައްސަލައާއި ގުޅިގެން ފެންމަތިވި، އުމުރުން 13 އަހަރުގެ ކުއްޖަކު ޤަވާއިދާ ޚިލާފަށް ކައިވެނި ކޮށްގެން އުޅޭ މައްސަލައާއި ގުޅިގެން ކުއްލި މައްސަލައިގައި ވަނީ ކުޑަކުދިންނަކީ ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި މީހުންނާއި އެއް މިންވަރަށް ހެދި ބޮޑުވެފައިވާ ބައެއް ނޫން ކަމަށެވެ. އަދި އެ ކުދިންނަކީ އާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްސަ އެހީތެރިކަމާއި ޚާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބައެއް ކަމުގައި ޤާނޫނު އަސާސީގައި ކަނޑައެޅިފައިވީނަމަވެސް ކުޑަކުދިންގެ ނާޖާއިޒު މަންފާ ނަގާ އެކުދިންނާއި ޖިންސީ ގޮތުން ގުޅުން އުފައްދާ ނުރައްކަލުގެ ތެރެއަށް ކުޑަކުދިން ހުށަހެޅުމުގެ އަމަލުތައް ފެތުރިފައިވާ ކަމަށް ވެސް ކުއްލި މައްސަލައިގައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދީނީކަންކަން ކުރިއަރުވާ ފަންޑުގެ އެއް މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ!

ދީނީކަންކަން ކުރިއަރުވާ ފަންޑުގެ އެއް މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ!

22 ޖޫން 2017
ދީނީ ދަރުސް ދިނުމުގެ ހުއްދަ ޝައިޚް އިލްޔާސަށް އަލުން ދީފި

ދީނީ ދަރުސް ދިނުމުގެ ހުއްދަ ޝައިޚް އިލްޔާސަށް އަލުން ދީފި

04 ޖޫން 2017
ސުޕްރީމް ކޯޓުގެ ހުކުމާއެކު މިފެންނަނީ މަޖިލިސް ވާވެފައި އޮތް ތަނެއްގެ ގޮތުގައި:މާރިޔާ

ސުޕްރީމް ކޯޓުގެ ހުކުމާއެކު މިފެންނަނީ މަޖިލިސް ވާވެފައި އޮތް ތަނެއްގެ ގޮތުގައި:މާރިޔާ

24 މެއި 2017
ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ

ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ

20 މެއި 2017
ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު