Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް މައްސަލަ

ޕީޕީއެމްގެ ފިކުރަކީ އެންމެ މީހެއްގެ ފިކުރެއް ނޫން:ރައީސް ޔާމީން

ޕާޓީގެ ފިކުރު އެންމެ މީހަކަށް މާނަ ނުކުރެވޭނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2017 | ހުކުރު 01:54
ޕީޕީއެމްގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ޕީޕީއެމްގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ޕީޕީއެމްގެ ފިކުރަކީ އެންމެ މީހެއްގެ ފިކުރެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގުގައި ޕީޕީއެމްގެ އާ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެޕާޓީގެ ފިކުރަކީ އެންމެ މީހެއްގެ ފިކުރެއް ނޫން ކަމަށާއި އެ ފިކުރު އެންމެ މީހަކަށް މާނަ ނުކުރެވޭނެ ކަމަށެވެ. ޕީޕީއެމްގެ އަސާސީ ގަވައިދުގައި ލިޔެވިފައިވާ ފިކުރު މާނަ ކުރެވޭނީ އެޕާޓީގެ ކައުންސިލް މެމްބަރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުނގަނޑުމެންގެ ޕާޓީގެ ވިސްނުމަކީ ފިކުރެއް ކަމަށް އަޅުގަނޑުމެން ދަންނަވަމުން އެބަ ގެންދަވަން، އެފިކުރަކީ އެންމެ މީހެއްގެ ފިކުރެއްނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދަކީ އެންމެ މީހެއްގެ ސިކުނޑިން ކޮށްފައިވާ މަސެއްކަތެއް ނޫން ކަމަށެވެ. އެހެންކަމުން އެޕާޓީގެ އަސާސީ ގަވާއިދުގެ މުސައްނިފަކީ ވަކި މީހެއް ކަމަށް ބުނެ އޭގެ މާނަ ތަރުޖަމާ ކުރެވޭނެ މީހެއް ނުހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއްވެސް މީހަކަށް މީގެ މުސައްނިފަކީ ތިމަންނައޭ ކިޔާފައި އޭގެ ތަރުޖަމާ އެންމެ ރަނގަޅަށް ދެވޭނީ ވަކި މީހަކަށޭ ބުނުމުގެ ހައްގެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްގެ ފިކުރަނީ އެންމެ މީހެއްގެ ފިކުރެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނަން އިޝާރަތްކުރައްވައެވެ. ޕީޕީއެމް ހިންގަނީ އެޕާޓީގެ އަސާސީ ގަވައިދާ ހިލާފަތް ކަމަށާއި އެޕާޓީ އަކީ ރައީސް މައުމޫންގެ ފިކުރު ކަމަށް ރައީސް މައުމޫންގެ ފެކްޝަނުން ދަނީ ބުނަމުނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާން ވެސް ޕީޕީއެމް އުފެއްދުމަށް ބުރަ މަސައްކަތަކެއް ކުރެއްވި ކަމަށެވެ. ޕީޕީއެމް އުފެއްދުމަށް ފަހު އާންމު މެމްބަރުން ހޯދުމަށް އަތޮޅުތެރޭގެ ގިނަ ރަށްތަކަށް އެމަނިކުފާން ދަތުރުފުޅު ކުރެއްވި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަކީ މި ޕާޓީ، ޕާޓީއަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތަކެއް އަމިއްލަ ގޮތުން ކޮށްފަ ހުރި މީހެއް، ހަމައެކަނި ފައިސާ ހޯދާދިން މީހެއް ވެސް ނޫން، އަމަލީ ގޮތުން ޕާޓީގެ މެމްބަރުން ހޯދަން އަޅުގަނޑަށް ދަތުރު ނުކުރެވޭ ދާއިރާއެއް ވެސް ނޯންނާނެ" ރައީސް ޔާމިން ވިދާޅުވި އެވެ.

ޕީޕީއެމްގެ ހިންގުމަށް އެޕާޓީގެ ރައީސް މައުމޫން އުޒުރުވެރިވާކަމަށް ބުނެ، މުސްތަޝާރާ ޕާޓީ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމާއެކު، ޕާޓީގެ ހިންގުން ޙަރުދަނާވެފައިވާ ކަމަށެވެ. މިއަދު ޕީޕީއެމްއަކީ އާންމު ރައްޔިތުންގެ ޕާޓީ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް މި ހުކުމަކީ އިޖުރާތްތަކާ ހިލާފު، އަދި އިންސާފުން ބޭރު ނިންމުމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޕީޕީއެމްގެ އެތެރޭގައި ހިޔާލުތަފާތުވުން އެފެދި އެޕާޓީގައި ވަނީ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްސަނާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނަން ތާއިދު ކުރާ ފެކްސަނެން އުފެދިފައެވެ. ރައީސް މައުމޫންގެ ފެކްޝަނުން ދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި ފާޑުކިޔަމުނެވެ. އަދި މިނިވަން މުވައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ރައީސް މައުމޫންގެ ފެކްޝަނުން ގޮވާލަމުން ދާއިރު ޕާޓީގެ މުސްތަޝާރު ޕާޓީ ހިންގަމުން ދަނީ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ވެސް ތަކުރާރުކޮށް ބުނަމުނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު